ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
10 Jan 2023
"ހުކުމާއި ދެކޮޅަށް ބަޔާން ނުނެރުމަށް އެންގި ސިޓީއަށް ބޯ ނުލަނބާނަން"
ވ. އާރަށުގެ މައްސަލައާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވަނީ "ހަރާން ހުކުމެއް" ކަމަށް ބުނެ ބަޔާން ނުނެރުމަށް ކައުންސިލްތަކަށް އަންގާ ލޯކަލް ގަވަމަންޓު އޮތޯރިޓީއިން ފޮނުވި ސިޓީއަށް ބޯ ނުލަނބާނެކަމަށް މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލު ވިދާޅުވެއްޖެ އެވެ.
10 Jan 2023
"ޕޯޑިއަމްއެއް އަތުގައި ޖެހުނީމާ މޮޅު ވާހަކަ ދައްކަވާނެ ރައީސް ޞާލިހު"
ޕޯޑިއަމްއެއް އަތުގައި ޖެހުމުން ޑިމޮކްރަސީ އޭ ކިޔައި މޮޅެތި ވާހަކަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދައްކަވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ރައީސް ޞާލިހަށް ފާޑުވިދާޅުވެއްޖެއެވެ.
09 Jan 2023
"އަސާސީ ކަންކަމުގަވެސް ދައްތަޔަށް މިހާރު އަތުން މަސައްކަތެއް ކުރެވޭ ވަރެއްވެސް ނޫން"
"އަސާސީ ކަންކަމުގަވެސް ދައްތަޔަށް މިހާރު އަތުން މަސައްކަތެއް ކުރެވޭ ވަރެއްވެސް ނޫން"
09 Jan 2023
ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އިދިކޮޅުގެ ގައުމީ ކޮންފަރެންސްއެއް!
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެ ކޯލިޝަންގެ ގައުމީ ޖަލްސާ ޖެނުއަރީ 19 އިން 20 އަށް މާލޭގައި ބާއްވަން ނިންމައިފި އެވެ.
09 Jan 2023
އުމުރުން ދުވަސްވީ އަންހެނެއް ހައްޔަރު ކުރި ގޮތުން ޑރ. ޝަހީދުގެ ނުރުހުން ފުލުހުންނަށް
އުމުރުން ދުވަސްވީ އަންހެނެއް ހައްޔަރު ކުރި ގޮތުން ޑރ. ޝަހީދުގެ ނުރުހުން ފުލުހުންނަށް
08 Jan 2023
ރައީސް ޔާމީންގެ ކެމްޕެއިން ޖަލްސާއެއް މިރޭ
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ގެ ކެންޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
08 Jan 2023
"މުޒާހަރާއިން އަންހެންބޭފުޅުން ހައްޔަރު މިކުރަނީ ކޮން ރޭވުންތެރިކަމެއްގެ ތެރެއިންތޯ؟"
ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބާއްވާ މުޒާހިރާތަކުން މިހާރު އާދަޔާޚިލާފަށް އަންހެންބޭފުޅުން ހައްޔަރުމިކުރަނީ ކޮން ނުލަފާ ރޭވުންތެރިކަމެއްގެ ތެރެއިންތޯ ހޯމް މިނިސްޓަރު ޢިމްރާން އަރިހުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ.
07 Jan 2023
އިދިކޮޅުގެ މުޒާހަރާއަށް ހުރަސްއަޅާ 11 މީހުން ހައްޔަރުކޮށްފި
ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ކުރަމުންދާ މުޒާހަރާއަށް ފުލުހުން ހުރަސްއަަޅައިފި އެވެ.