ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
30 Jan 2023
"މި ސަރުކާރު ކުޑަކަކުލަށް ތިރިކުރާނަން"
މާތްﷲ ގެ ވާގިފުޅާއެކު މިހާރު ވެރިކަން ކުރަމުން މިދާ ކޯލިޝަން ސަރުކާރު ކުޑަކަކުލަށް ތިރިކުރާނެކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
29 Jan 2023
"ރައީސް ޞާލިހު ބަދަލުވަމުން އެ ދަނީ ޑިކްޓޭޓަރަކަށް"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބަދަލުވަމުން އެދަނީ ޑިކްޓޭޓަރަކަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
29 Jan 2023
ޕީޕީއެމްގެ އިންތިޚާބު ބާއްވަން ސުކޫލުތައް ދިންކަން ސާބިތުކޮށްދޭން މިނިސްޓަރު ދެއްކީ މާ ކުރީގެ ވީޑިއޯއެއް!
ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަންވެސް ސުކޫލުތައް ދީފައިވާކަން ހާމަކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޓްވީޓާގައި ހިއްސާ ކުރީ މީގެ އަހަރުތަކެއް ކުރިން ނަގާފައިވާ ވީޑިއޯއެއްކަން ހާމަވެއްޖެ އެވެ.
28 Jan 2023
"މިއަދު މި އެނގުނީ ގައުމު ހަމަ މަގަށް އެޅުވޭނީ ރައީސް ޔާމީންއަށް ކަން"
މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރިމައިރީގެ ވޯޓުގައި ހިނގައިދިޔަ ކަންތަކަށް އެކަނި ބަލާލިޔަސް، މި ގައުމު މިހާރު މި އޮތް ހާލަތު ހަމަޔަކަށް އެޅުވޭނެ ހަމައެކަނި ސިޔާސީ ލީޑަރަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުކަން އެނގިގެންދާކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
28 Jan 2023
ޕީޕީއެމްގެ އިންތިޚާބުތައް ބަލައިގެން ޑިމޮކްރަސީ ދަސްކުރަން ގޮވާލައިފި
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ އެތެރޭގެ އިންތިޚާބުތައް ބަލައިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޑިމޮކްރަސީއަކީ ކޮންއެއްޗެއްކަން ފުރަތަމަ ދަސްކުރުމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.
27 Jan 2023
"އަޑު ކަނޑުވާލާނެ ކަމުގެ އިންޒާރު ރައީސް ޞާލިހު ވަނީ ދެއްވާފައި"
ދާދި ފަހުން ކުރިއަށް ގެންދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޕްރައިމަރީގެ ކެމްޕެއިން ޙަރަކާތެއްގައި ވާހަކަ ދައްކަވަމުން، ޕީޕީއެމް/ޕީއެންސީ ގެ ޙަރަކާތްތައް ހުއްޓުވައި އަޑު ކަނޑުވާލާނެ ފަދަ މޭރުމަކުން ވާހަކަ ދައްކަވާ އިންޒާރު ދެއްވާފައިވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.
27 Jan 2023
އިދިކޮޅުގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފި
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅުން މާލޭގައި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށްފި އެވެ.
26 Jan 2023
ސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ބާކީކުރަން: އިދިކޮޅު
މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީ އެކަހެރިކޮށް ބާކީ ކުރުމަށްކަމަށް އިދިކޮޅުން ބުނެފިއެވެ.