ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
19 Sep 2023
"ރައްޔިތުން ކުރިމަތީ ތިބީ ނަތީޖާ ނެރެދިން ބަޔަކާއި ފެއިލްވެފައި ތިބި ބައެއް"
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރުމަށް ރައްޔިތުންގެ ކުރިމަތީގައި ތިބީ ފަސް އަހަރުގެ ކާމިޔާބު ވެރިކަމެއް ކޮށް، ތަރައްގީގެ ކަންކަމުގައި ނަތީޖާ ނެރެދީފައިވާ ބަޔަކާއި، ފަސް އަހަރުދުވަހުން ތަރައްގީގެ މަޝްރޫއުތައް އެކަށީގެންވާ ދުވެލީގައި ނުގެންދެވި ފެއިލްވެފައި ތިބި ބައެއްކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
18 Sep 2023
"ގޯއްޗަށް ލާއިރު އަތުގައި އޮތް ކުޑަ ބިންކޮޅު ދޫކޮށްލާން ނުޖެހޭގޮތް ހަދާނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުތަކަށް ކުރިމަތިލާއިރު އަތުގައި އޮތް ކުޑަ ބިންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް އުސޫލުތައް ބައްޓަންކުރައްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
18 Sep 2023
މުއިއްޒުގެ ވެރިކަމެއްގައި އެސްއީޒެޑް ގާނޫނު ތަންފީޒުކުރަނީ
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ނަމުގައި 2015 ވަނަ އަހަރު އިއުލާނު ކުރި މަޝްރޫއު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ކުރިއަށް ގެންދާނެ ކަމަށާއި، އެކަމަށްޓަކައި ހަދާފައިވާ ގާނޫނު ތަންފީޒުކުރާނެ ކަމުގައި އެ ކޯލިޝަންގެ ލީޑަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
18 Sep 2023
ވާދަވެރިޔާ ވެއްޓުނު ދަރަޖަ އަށް ވެއްޓިގެން ނުވާނެ: މުޢިއްޒު
ވާދަވެރި ކެންޑިޑޭޓަށް ރައްދު ދިނުމުގެ ގޮތުން، އެ ފަރާތުން ވެއްޓުނު ދަރަޖައަށް ނުދިޔުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވަައިފިއެވެ.
18 Sep 2023
"ކެނޑިޑޭޓުންނާއި ގުޅިގެން ދޮގު ވާހަކަ ފެތުރުމަކީ ޖަލަށް ލެވޭ ކުށެއް"
ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކެނޑިޑޭޓާއި ބެހޭ ގޮތުން ހަޤީގަތާއި ޚިލާފު ވާހަކަތައް ފަތުރައި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ އިންތިހާބީ ކުށެއް ކަމަށާ އޭގެ އަދަބަކަށް ޖަލަށްވެސް ލެވޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
17 Sep 2023
މުއިއްޒުގެ ވެރިކަމެއްގައި ވައިކަރަދޫއަށް ސްކޭޓް ޕާކެއް!
އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ހދ ވައިކަރަދޫގައި ސްކޭޓް ޕާކެއް ތަރައްގީކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
17 Sep 2023
ކުމުންދޫއަށް އެރަށު ރައްޔިތުން އެދޭ ކަހަލަ އައު ބަނދަރެއް!
ކުމުންދޫ ބަނދަރުގެ ހާލަތު ނުހަނު ރަނގަޅަށް އެނގޭ ކަމަށާއި ވުމާއެކު ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި ހދ ކުމުންދޫ ރައްޔިތުން ބޭނުންވާ ކަހަކަ އައު ބަނދަރެއް ގާއިމްކޮށްދޭނެ ކަމުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
17 Sep 2023
ރީ-ރަޖިސްޓްރޭޝަން ކަންކަން ރަނގަޅަށް ބެލުމަށް ގޮވާލައްވައިފި
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަން ޕްރޮސެސްއާއި މެދު ފާރަވެރިވެ، އެކަން ކުރަމުންދާގޮތް ސިޔާސީ ޕާޓީތަކުންނާއި، ރިޔާސީ އިންތިޚާބުގެ މޮނިޓަރުންނާއި، އޮބްޒާވަރުން ގާތުން ބައްލަވާދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
16 Sep 2023
"30 ސެޕްޓެމްބަރުގެ ވޯޓު ޤައުމީކަމަށް ހައްދަވާ، މުއިއްޒަށް ވޯޓުދެއްވާ"
30 ސެޕްޓެމްބަރުވާ ދުވަހު ލާ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަކީ ޤައުމީ ކަމަށް ހައްދަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ވޯޓުދެއްވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް އެދިވަޑައިގެންފި އެވެ.
16 Sep 2023
"ރައީސް އޮފީހުގައި ވޯޓުން ވައްކަންކުރަން ރާވާން ފަށައިފި"
ރައީސް އޮފީސްތެރެއިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ދިމާކޮށް "ބޮޑު ވައްކަމެއް" ކުރުމަށް ރާވަމުންދާކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ތުހުމަތުކުރައްވައިފި އެވެ.