ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
27 Aug 2023
މަޑަވެލިން މުއިއްޒުއަށް ހޫނު މަރުހަބާއެއް!
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަޑަވެއްޔަށް ވަޑައިގަތުމުން އެރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
27 Aug 2023
ދަ ކޮމަނާސް ޖަމިއްޔާގެ ތާއީދު ޑރ. މުއިއްޒަށް!
ފެށުނީއްސުރެ އިންޑިއާގެ ނުފޫޒުން ރާއްޖެ މިނިވަންކުރަން އަޑުއުފުލަމުން އައިސްފައިވާ ޕާޓީތަކަކީ ޕީޕީއެމް/ޕީއެންސީ ކަމަށާ، އެހެން ކަމުން 2023 ގެ ރިޔާސީ އިންތިހާބުގައި އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ތާއިދުކުރުމަށް ނިންމާފައިވާ ކަމަށް ދަ ކޮމަނާރސް ޖަމިއްޔާއިން ބުނެފިއެވެ.
27 Aug 2023
ގަމުގެ އިހްތިޞާސް ގައްދޫއަށް ބަދަލުކުރާނަން: މުޢިއްޒު
ގަމުގެ އިހްތިޞާސް ގދ ގައްދޫއަށް ބަދަލުކޮށް، އެ ރަށަކީ ގދ އަތޮޅަށް ނަފާވާނެ ވަރުގެ އިޤްތިޞާދަކަށް ހައްދަވާދެއްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑޮޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
27 Aug 2023
"ގައްދޫ ހޮސްޕިޓަލުގެ ހުވަފެން ހަގީގަތަކަށް ހަދައިދޭނަން"
ގދ ގައްދޫ ރައްޔިތުން ދެކެމުން އަންނަ ޒަމާނީ ހޮސްޕިޓަލުގެ ހުވަފެން ހަގީގަތަކަށް ހައްދަވާދެއްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
27 Aug 2023
ޕީއެސްއެމާއި އެމްއެންޔޫގެ ފްލެޓްތައް އަނބުރައި ހޯދައިދޭނަން
މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވެވަޑައިގެން ވެރިކަމަށް އާދެވިއްޖެނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިޔާ މަޝްރޫގެ ތެރޭގައި ހިމެނި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މުވައްޒަފުންނާއި ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް ދޭން ނިންމާފައިވާ ފްލެޓްތައް އަނބުރާ ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
27 Aug 2023
ރާއްޖޭގެ މައްޗަށް ބަސް ކިޔުމުގެ ހައްގު އެއްވެސް ގައުމަކަށް ނޯންނާނެ: ޑރ މުއިއްޒު
ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ މައްޗަށް ބަސް ބިޔުމާއި، ރާއްޖޭގެ މައްޗަށް އެއްވެސް ބާރެއް ފޯރުވުމުގެ އެއްވެސް ހައްގެއް އެއްވެސް ގައުމަކަށް ނޯނާނެ ކަމަށާއި، އެއިން ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ
26 Aug 2023
"ފުވައްމުލަކު ސިޓީ އެއާޕޯޓާއި ހޮސްޕިޓަލު އަޕްގްރޭޑް ކުރާނަން"
ފުވައްމުލަކު ސިޓީ ތަރައްގީކުރުމަށް ކުރާނެ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލަކު ސިޓީގެ އެއާޕޯޓާއި ހޮސްޕިޓަލު އަޕްގްރޭޑްކުރާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
26 Aug 2023
"އެކޮމޮޑޭޝަން ބްލޮކާއެކު، ފުވައްމުލައް ތައުލީމީ ހަބަކަށް ހަދާނަން"
ފުވައްމުލަކު ސިޓީ "ތައުލީމީ ހަބެއް" ގެ ގޮތުގައި ތަރައްގީ ކުރާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.