ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
09 Sep 2023
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު ވޯޓު ލައްވައިފި
ޕީޕީއެމް ޕީއެންސީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އިންތިހާބުގައި ވޯޓު ލައްވައިފިއެވެ.
08 Sep 2023
"ޤައުމަށް ޚިދުމަތްކޮށް ޤައުމުގެ ކަރާމާތް ނެގެހެއްޓުމަށް ވައުދުވަން"
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް އިންޚާބު ވެވަޑައިގެންފި ނަމަ، ރެޔާދުވާލު ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކޮށް ޤައުމުގެ ކަރާމާތް ނެގެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.
08 Sep 2023
ޕީޕީއެމް/ޕީއެންސީގެ ބަދަހި ލަޝްކަރުން މަގުތައް ފުރާލައިފި
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ސަޕޯޓަރުންނާއި އެކު އެ ކޯލިޝަންގެ ބަދަހި ލަޝްކަރު މާލޭގެ މަގުތައް ފުރާލައިފިއެވެ.
08 Sep 2023
"ސިފައިންނާއި ފުލުހުންނަކީ ރާއްޖޭގެ ފަޚުރުކަން އިހްސާސް ވާނެ"
ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި، ފުލުހުންނާއި ސިފައިންނަކީ ދިވެހިރާއްޖޭގެ ފަޚުރު ކަމުގައި އެބޭފުޅުންނަށް އިހްސާސް ވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
08 Sep 2023
"ވިލިމާލޭ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނަން"
މާދަމާ ބާއްވާ ރިޔާސީ އިންތިހާބުކޮށް ވެރިކަން ލިބިވަޑައިގެންފި ނަމަ ހާއްސަ އިސްކަމެއް ދެއްވައިގެން ވިލިމާލެ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެޑައިގެންފިއެވެ.
08 Sep 2023
ޑރ މުއިއްޒުގެ މެނިފެސްޓޯގައި އަންހެނުންނަށް ޚާއްސަ ގިނަ ވައުދުތަކެއް!
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހުރި އަންހެނުންނަށް ޚާއްސަ ވައުދުތައް އިއުލާނުކޮށްފި އެވެ.
08 Sep 2023
މުޢިއްޒުގެ ކެންޕެއިން ނިންމާލުމަށް ބާއްވާ ހިނގާލުން މިއަދު!
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ކެންޕެއިން ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
08 Sep 2023
"އެހެން ގައުމެއްގެ ބާރު ހިނގާ ހިސާބަށް ދިޔުމުން ވިސްނަންޖެހޭ"
ދިވެހިރާއްޖޭގައި އެހެން ގައުމެއްގެ ބާރު ހިނގަމުންދާ ކަމަށާ، އެކަމަކީ، މާދަމާ ރިޔާސީ އިންތިހާބުގެ ވޯޓުލާން ދާއިރު ވިސްނަންޖެހޭ ކަންކަން ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.