ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
13 Aug 2023
ޢިއްޒަތަށްޓަކައި މަޤާމު ބޭނުން މީހަކަށް މަޤާމެއް ނުދޭނަން
މަޤާމުގެ ޢިއްޒަތާއި ހައިބަތަށްޓަކައި މަޤާމު ބޭނުން އެއްވެސް މީހަކަށް އެއްވެސް މަޤާމެއް ނުދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
13 Aug 2023
ޑރ މުޢިއްޒު ޝަހީދު ހުސެއިން އާދަމްގެ އާއިލާއާއި ބައްދަލު ކުރައްވައިފި
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ބޮޑު ތިލަދުން މައްޗަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި ތިނެއް ނޮވެމްބަރުގެ ޤައުމީ ބަޠަލު ޝަހީދު ހުސެއިން އާދަމްގެ މަންމަ އާއި ބައްޕައާއި ބައްދަލުކުރައްވައިފިއެވެ.
13 Aug 2023
މަކުނުދޫއިން ޑރ މުޢިއްޒަށް ހޫނު މަރުޙަބާއެއް
އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުޢިއްޒު ހދ މަކުނުދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން މުޢިއްޒު އަށާއި އޭނަގެ ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
13 Aug 2023
"މަކުނުދޫ އެއާޕޯޓު މަޝްރޫއު، ރައްޔިތުން އެދޭގޮތަށް ބަދަލުކުރާނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނީ އެ ރަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯދާ، ރައްޔިތުން އެދޭގޮތަށް ކަމަށް މި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަން ތަމްސީލުކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
13 Aug 2023
"ޔާމީންގެ ފޮޓޯ ކެންޕެއިންގައި ބޭނުންކުރުން ގާނޫނުން މަނާއެއް ނޫން"
ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ލީޑަރ، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ފޮޓޯ ބޭނުންކޮށްގެން ކެންޕެއިން ކުރުމަށް ގާނޫނު ހުރަސް ނާޅާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
13 Aug 2023
ކުޅުދުއްފުށްޓަށް ޑރ. މުޢިއްޒުގެ ގިނަ ވަޢުދު ތަކެއް!
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް އިންތިޚާބުވެވަޑައިގެންފި ނަމަ، ހދ. ކުޅުދުއްފުށީ ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
13 Aug 2023
ނޮޅިވަރަމުގައި ޒަމާނީ ފެންވަރުގެ ސްކޫލެއް ޤާއިމް ކޮށްދީ ދަނޑުވެރިކަން ތަރައްޤީ ކޮށްދޭނަން
ހދ ނޮޅިވަރަމުގައި ޒަމާނީ ފެންވަރުގެ ހުރިހާ ޚިދްމަތެއް ލިބޭ ސްކޫލެއް ޤާއިމްކޮށްދީ ދަނޑުވެރިކަން ތަރައްޤީ ކޮށްދެއްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
12 Aug 2023
މިސަރުކާރުން ފަށައިފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢު އެއް ހުއްޓައިނުލާނަން
މިސަރުކާރުން ފަށައިފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢުތައް ހުއްޓައިނުލާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.