ރައީސް މުޙައްމަދު ނަޝީދު
04 Jul 2023
ރައީސް ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ މައްސަލަ ޝަރީއަތަށް ހުށައަޅަންޖެހޭ: ޝަރީފް
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ބައިވެރިން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ މައްސަލަ ޝަރީޢަތަށް ހުށައަޅަން ޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
03 Jul 2023
"ނަޝީދު މަސައްކަތް ކުރަނީ ވީހާ ވެސް ގިނަ ދުވަހު މަޤާމުގައި ދެމިހުރުމަށް"
ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކަކަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ޤަބޫލުކުރެވޭތީ މައްސަލަ ހުށައެޅުއްވި ނަމަވެސް، އެކަން ކުރިއަށް ގެންދެވުމަށް ހުރަސް އަޅުއްވަމުން ގެންދަވަނީ މަޤާމުގައި ގިނަ ދުވަހު ހުންނެވުމަށް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
02 Jul 2023
"އަޅުގަނޑު، ޑިމޮކްރެޓްސް އުފައްދާ ޖަލްސާއަށް ދާނަން"
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން އުފައްދާފައިވާ ޕާޓީ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާއަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
22 Jun 2023
ރައީސް ނަޝީދު ހޯމަދުވަހު މުރައިދޫގެއިން ނުކުންނަވަނީ
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރުން އެމަނިކުފާނަށް ހަމަޖައްސައިފައި ހުންނަ ރަސްމީ ގެކޮޅު ކަމަށްވާ މ މުރައިދޫގެއިން ނުކުމެ ވަޑައިގަންނަވާނެ ކަން އަންގަވައިފިއެވެ.
22 Jun 2023
"ރައީސް ނަޝީދު ބޭނުންފުޅުވި ނަމަ ކުރިންވެސް ޖަލްސާތައް ބޭއްވުނިސް"
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބޭނުންފުޅުވެލެއްވި ނަމަ މަޖިލީހުގެ ޖަލްސާތައް ނުހުއްޓާ ކުރިއަށް ގެންދެވުނީސްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުޙައްމަދު ވިދާޅުވެއްޖެ އެވެ.
22 Jun 2023
"މަރުތަޅު" މައްސަލާގައި އަސްލަމްގެ ރައްދެއް ރައީސް ނަޝީދަށް!
ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވި، މަޖިލިސް ހުއްޓުމަކަށް އައީ، މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ވެއްދުމުން ކަމަށާ، އެކަން ހައްލުކުރަން މަޖިލީހުގެ މެޖޯރިޓީ، އަދި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން އެއްބާރުލުން ނުދޭ ކަމަށް އެ ޕާޓީން އިއްޔެ ވަކިވެވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، މެޖޯރިޓީ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރައްދު ދެއްވައިފިއެވެ.
22 Jun 2023
"މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ވަޑައިގަތީ ވާޖިބެއް ވީމަ"
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ދެ ދުވަސް ވުމަށްފަހު، މިއަދަށް ޖަލްސާއެއްް އެޖެންޑާކޮށް، ޖަލްސާ ފަށައިފި އެވެ.
21 Jun 2023
"ހިތާމަވެރި ދުވަހެއް، ނަމަވެސް ނަޝީދު ވަކިވުމަކީ ކުރިއަށް ދިއުމަށް ފަހިވި މަގެއް"
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމަކީ ހިތާމަކުރައްވާ ކަމަކަށް ވީ ނަމަވެސް، އެމަނިކުފާނުގެ އެ ނިންމެވުމުގެ ސަބަބުން ޕާޓީ ހިންގުމަށް މަގުފަހިވެގެން ގޮސްފިކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.