ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
12 Aug 2023
ރައީސް ޔާމީންގެ އިންތިޚާބީ ހައްގު ގެއްލިގެންދިޔައީ ފަނޑިޔާރުގެއިންތަ؟
މިއޯގަސްޓް މަހުގެ 6 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕީއެމާއި އެޕާޓީގެ ލީޑަރ ޖަލުގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރި އެއްލައްކައަށްވުރެ ގިނަ ދިވެހި ރައްޔިތުންނަށް ވަރަށް ފުން އަސަރުތަކެއް ލިބިގެންދިޔަ ހުކުމަކަށް ވާނެއެވެ. އެ ހުކުމާއެކު ރައީސް އަބްދުﷲ ޔާމީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ދޮރު ބަންދުވެގެންދިޔައީއެވެ.
12 Aug 2023
ދިވެހި ތާރީޚުގައި މިފަހުން އެންމެ އަނިޔާ ލިބުނު ވެރިޔަކީ ރައީސް ޔާމީން: ޑރ ޖަމީލް
ދިވެހި ތާރީޚުގައި މިފަހުން އެންމެ އަނިޔާ ލިބުނު ވެރިޔަކީ  ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
10 Aug 2023
ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާމެދު ގޮތެއް ނިންމުން އާދީއްތާގައި!
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލާގައި ދައުލަތުން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އާދީއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށް އެކޯޓުން ބުނެފި އެވެ.
10 Aug 2023
"އެޑްމިޓްވެގެން ފަރުވާ ނުހޯދަނީ އާއިލާ ތަހަންމަލުކުރާނެ ހިތްދަތިކަން އިހުސާސްކުރެވޭތީ"
ބަލިހާލުކޮޅު ހުރިގޮތުން ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް އެކަން ނުކުރައްވާ ޖަލުގައި ހުންނަވަނީ ހޮސްޕިޓަލުގައި އެޑްމިޓުވެގެން ފަރުވާ ހޯއްދަވާ ނަމަ އާއިލާއިން ތަހަންމަލުކުރާނެ ހިތްދަތިކަން އިހުސާސްކުރެވޭތީ ކަމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
09 Aug 2023
"ރައީސް ޔާމީން ޖަލުން ނެރުމަށް މަގުމަށްޗަށް ނުކުންނާނަން"
އިދިކޮޅުު ލީޑަރ، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޖަލުން ނެރެން ޖެހޭނެ ކަމަށާ، އެމަނިކުފާނު ޖަލުން ނެރުމަށް ޕީޕީއެމްގެ ލީޑަރުންނާއިއެކު މަގުމައްޗަށް ނުކުންނަވާނެ ކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Aug 2023
"ސިޔާސީ ކަސްތޮޅުން ޔާމީން މިނިވަންކުރާނީ ސިޔާސީ ބާރުވެރިކަން ހޯދައިގެން"
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހައްޔަރުކޮށްފައި ހުންނެވީ، ސިޔާސީ ހުކުމެއްގައި ކަމަށާއި، އެ ހުކުމުން އެމަނިކުފާނު މިނިވަންކުރާނީ ސިޔާސީގޮތުން ބާރުވެރިކަން ހޯދައިގެން ކަމަށް، ރިޔާސީ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
09 Aug 2023
"އަނިޔާދެމުން ދާއިރު ވެސް ރައީސް ޔާމީން އިސްކުރެއްވީ ޤައުމު"
ސަރުކާރުން ކެނޑިނޭޅި އަނިޔާދެމުން ދާއިރު ވެސް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސްކުރެއްވީ ޤައުމާއި ރައްޔިތުންކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުން ވިދާޅުވެއްޖެ އެވެ.
08 Aug 2023
ޔާމީންގެ އިސްތިއުނާފް އަޑު އެހުން ބުރާސްފަތި ދުވަހަށް!
ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވާތީ އެމައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ތާވަލް ކޮށްފައިވާކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަލީމް އަހްމަދު ވިދާޅުވެއްޖެއެވެ.