ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
06 Aug 2023
ނިގުޅައިގެނެވިގެން މި ދިޔައީ ދިވެހި ގައުމު ތަރައްގީގެ އައު މަންޒިލަކަށް ގެނެސްދިން ލީޑަރެއްގެ ހައްގު: ޑރ ޖަމީލު
ސުޕްރިމް ކޯޓުގެ ނިންމުން މުޅި ދިވެހިރާއްޖެވެސް އަހައިފިކަމަށާއި މިއަދު ފެނިގެން މިދިޔައީ އިސްތިއުނާފީ މަރުހަލާގައި ރައީސް ޔާމީނަށް ހައްގު ހޯދައި ނުދެވި ހިފެހެއްޓުމުގެ ނަތީޖާ ކަމުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ ޖަމީލް ވިދާޅުވެއްޖެއެވެ.
06 Aug 2023
ޔާމީންގެ ކެންޑިޑެސީ ބާތިލް ކަމަށް ސްޕްރީމް ކޯޓުން ނިންމައިފި!
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީ ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުންވެސް ތާއީދު ކޮށްފިއެވެ.
06 Aug 2023
ރައީސް ޞާލިޙަށް އޮތް ތާއީދު ދަނީ ބޮޑުވަމުން، ޕީޕީއެމް އޮތީ ޑިޕްރެޝަންގައި
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އޮތް ތާއީދު އެއްދުވަހުން އަނެއްދުވަހަށް އަންނަނީ ބޮޑުވަމުން، ފުޅާވަމުން އިތުރުވަމުން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ
05 Aug 2023
ރައީސް ޔާމިންގެ ކެންޑިޑެސީގެ މައްސަލަގެ ޙުކުމް އިއްވުން މާދަމާ
ރައީސް ޔާމިންގެ ކެންޑިޑެސީގެ މައްސަލަގެ ޙުކުމް އިއްވުން މާދަމާ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމްގެ ކެންޑިޑެސީ މައްސަލައިގެ ޙުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.
05 Aug 2023
ޕްލޭން ބީ ނުވަތަ ސީ އަކާއި މެދު ވިސްނާނީ ރައީސް ޔާމީނަށް ވާދަނުކުރެވޭނަމަ
ޕީޕީއެމުން ޕްލޭން ބީ ނުވަތަ ޕްލޭން ސީ އަކާއި މެދު ވިސްނާނީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ވާދަ ނުކުރެވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
04 Aug 2023
"ކެންޑިޑެސީ މުއްދަތު އިތުރުކޮށްފިނަމަ އިންތިހާބު ލަސްވާނެ"
ކުރީގެ ރައީސް، އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވުމުގެ ފުރުސަތު ގެއްލޭ ހާލަތެއްގައި، އެ ޕާޓީން އެހެން ކެންޑިޑޭޓެއް ނެރެން އިތުރު ވަގުތު ދީފި ނަމަ ގާނޫނުގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ކުރަން ހުރަސް އެޅިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
04 Aug 2023
ރައީސް ޔާމީންގެ ޝަރީއަތް މިރޭވެސް ކުރިއަށް ގެންދަން ނިންމައިފި
މިވަގުތު ސްޕްރީމް ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ، ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ ޝަރީއަތް މިރޭ ލަސްވަންދެން ކުރިއަށްގެންދަން އުއްތަމަ ފަނޑިޔާރު ނިންމަވައިފިއެވެ.
04 Aug 2023
ޔާމީންގެ ކެންޑިޑެސީ މައްސަލަ 3:45 އަށް ފަސްކޮށްފި!
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީ އާއި ގުޅޭ މައްސަލައިގެ އަޑުއެހުމުގެ ވަގުތު ޖެހިފައި ވަނިކޮށް ސްޕްރީމްކޯޓް ސަރަހައްދުން ކަރަންޓް ކެނޑުމުން، މައްސަލަ ބާއްވާ ގަޑި ފަސްކޮށްފިއެވެ.