ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
15 Dec 2022
މިސްބާޙުގެ މައްޗަށް ދައުވާ ކުރަން ރައީސް ޔާމީން ނިންމަވައިފި
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް އާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފިއެވެ.
15 Dec 2022
"މަރު ކޮމިޝަނުން ކުރިން ބުނީ ރިޟްވާންގެ މައްސަލައާއި ރައީސް ޔާމީނާއި ގުޅުވޭނެ ހެއްކެއް ނެތްކަމަށް"
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި ގުޅުވޭނެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެންމެ ފުރަތަަމަ އެކުލަވައިލެއްވި މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެެއެވެ.
09 Dec 2022
"ޤައުމު ސަލާމަތްކުރަން ބޭނުންވާނަމަ ރައީސް ޔާމީންއާއި ޤައުމު ހަވާލުކުރަންޖެހޭ"
އިސްލާމް ދީނާއި ޤައުމުގެ މިނިވަންކަމާއި މެދު ވިސްނާ ޤައުމު ސަލާމަތްކުރަން ބޭނުންވާނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގަ ރައީސް ޔާމީންއަށް ޤައުމު ހަވާލުކުރަންޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
04 Dec 2022
"ރައީސް ޔާމީނާ ދެކޮޅަށް ބަޔާން ދިނުމުން ދައުވާނުކުރާނެކަމަށް ބައެއް ޚަޞްމުން ކައިރީ ބުނި"
އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން، ދައުވާކޮށްފައިވާ އެހެން ބައެއް ޚަޞްމުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދީފިނަމަ އެ ފަރާތްތަކާ ދެކޮޅަށް ދައުވާނުކުރާނެކަމަށް ފުލުހުންގެ އިސްވެރިން ވިދާޅުވެފައިވާކަމަށް ރައީސް ޔާމީނުގެ ވަކީލުން ތުހުމަތުކުރައްވައިފިއެވެ.
21 Nov 2022
އާރަށު މައްސަލަ: ނާޒިމްގެ ހެކިބަސް ވެސް ބަލައިނުގަންނަން ދިފާއުން އެދިއްޖެ!
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރި މައްސަލާގައި ދައުލަތުން ކުރާ ދައުވާ ސާބިތުކުރުމަށް ހެއްކެއްގެ ގޮތުގައި ހުށަހެޅި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ ހެކިބަސް ބަލައިނުގަތުމަށް ދައުވާ ލިބޭ ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.
20 Nov 2022
އާރަށު މައްސަލަ: އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް އެދިއްޖެ!
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރި މައްސަލާގައި ދައުލަތުން ކުރާ ދައުވާ ސާބިތުކުރުމަށް ހެކިންގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ދައުވާ ލިބޭ ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.
17 Nov 2022
ވ. އާރަށް މައްސަލަ: ހެނދުނުގެ އަޑުއެހުން މެންދުރަށް ފަސްކޮށްފި
ޔޫސުފް ނައީމު ހާޒިރުކޮށްގެން އަޑުއެހުން ކުރިއަށް ގެންދިއުމަށް މިއަދުގެ 13:00 އަށް އަޑުއެހުން ފަސްކޮށްފިއެވެ.
14 Nov 2022
ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ދިޔަ މުވައްޒަފަކު ސަސްޕެންޑްކުރި މައްސަލަ!
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ދާދިފަހުން އައްޑޫ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ދިޔަ ފެނަކައިގެ މުވައްޒަފަކު ސަސްޕެންޑްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.