18 Oct 2022
ރައީސް ޔާމީން ރައީސް ނަޝީދަށް: ތިވަރަށް ނޫންތޯ ނަގޫ ފިތޭނީ؟
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ "ނަގޫ ފިތިފައި" ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ.
18 Oct 2022
"ކޯލިޝަންގައި ތިބީ ހީލަތްތެރިން، އެބޭފުޅުންނަށް ދެން ޖާގަ ނުދެއްވާތި"
ވެރިކަން ދިފާއުކުރައްވަމުން ގެންދަވާ ހުރިހާ ސިޔާސީ ލީޑަރުންނަކީ ހީލަތްތެރިންކަމަށާއި، ދެން އެބޭފުޅުންނަށް ރައްޔިތުން ޖާގަ ނުދެއްވުމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އެދިލައްވައިފިއެވެ.
17 Oct 2022
ރައީސް ޔާމީންގެ ހއ ދަތުރުފުޅުގެ ފަހު މަންޒިން ދިއްދޫއިންވެސް ހޫނު މަރުހަބާއެއް!
ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބޮޑުތިލަދުންމއްޗަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލްކަމަށްވާ ހއ ދިއްދޫއަށް ވަޑައިގެންފިއެވެ.
17 Oct 2022
"އެމްއެމްޕީއާރުސީގެ ހަރާން ލާރި އަޅުގަނޑެއް ނުގެންގުޅެން"
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތުގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ހިންގި ކޮރަޕްޝަންގެ ތެރެއިން ހޯދި ލާރީގައި ޖެހިވަޑައިގެންފައި ނުވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
17 Oct 2022
"މި ގައުމުގައި ސެކިއުލާ ވެރިކަމެއް ކުރާކަށް ޖާގައެއް ނުދޭނަން"
ދިވެހިރާއްޖޭގައި ސެކިއުލާ ނުވަތަ އަލްމާނީ ދައުލަތެއް ހިންގުމަށް ޖާގަ ނުދެއްވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
17 Oct 2022
ރައީސް ޔާމީނަށް ބާރަށުންވެސް ބޮޑު ތަރުހީބެއް!
ވާދަވެރި ސިޔާސީ ލީޑަރު އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމިން އަބްދުލްގައްޔޫމު ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ހއ ބާރަށަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
17 Oct 2022
ދެން ވެރިކަމަށް އަޔަސް އިންޑިއާ އާއި ބާއްވާނީ ގާތް ގުޅުމެއް: ރައީސް ޔާމީން
އިންޑިއާ އާއި އެއްވެސް ޒާތީ ކަމެއް ނެތް ކަމަށާ، ދެން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް އެގައުމާއި އެކު ބާއްވަވާނީ ގާތް ގުޅުމެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
17 Oct 2022
"ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ދޭނަން"
ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ފުރިހަމަ ބާރު ރަށްތަކުގެ ކައުންސިލްތަކާއި ރައްޔިތުންނަށް ދެއްވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވައުދުވެވަޑައިގެންފިއެވެ.