ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
16 Oct 2022
"ތެލުގެ އަގު ބޮޑުވިޔަސް 20 ރުފިޔާއަށް މަސް ކިލޯއެއް ގަންނާނަން"
މަސް ކިލޯގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނޫން އަގެއްގައި ހިފަހައްޓާނެކަމުގެ ޔަގީންކަން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލްގައްޔޫމު ދެއްވައިފިއެވެ.
16 Oct 2022
ވާނުވާ ޖަހާފައި ތިބި މީހުން މިނިވަން ކުރާނަން: ރައީސް ޔާމީން
މާތް ރަސްކަލާނގެ ގެ ވާގިފުޅާއި ރައްޔިތުންގެ ތާއިދާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކަމިޔާބުވެ ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ، ފުރަތަމަ 10 ދުވަހުގެ ތެރޭގައި ވާނުވާ މުއްދަތު ޖަހާފައި ޖަލުތަކުގައި ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
16 Oct 2022
"އަޅުގަނޑަކީ ރިއެކްޓު ކުރާ މީހެއް، ރައްޔަތުން ކަމަކު ބުނީމަ 3 ދުވަހު ނިދާކަށް ނޯވެވޭ"
ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމުގެ ވާހަކަ ހިއްސާކުރުމުން، އެކަން ހައްލުކޮށްނުދީ ރިއެކްޓު ނުކޮށް ހުންނަވަން ދަތިފުޅުވާކަމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
15 Oct 2022
އިހަވަންދޫއިން ރައީސް ޔާމީންއަށް ހޫނު ބަރުހަބާއެއް، މިރޭ ބޮޑު ޖަލްސާ ބާއްވަނީ!
ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ހއ އިހަވަންދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
12 Oct 2022
ރައީސް ޔާމީން ހއ އަށް ކުރައްވާ ދަތުރު ފަސްކޮށްފި
ރައީސް ޔާމީން ހއ.ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު މޫސުން ގޯސްވުމާއި ގުޅިގެން ފަސްކުރައްވައިފިއެވެ.
10 Oct 2022
ރައީސް ޔާމީން ހއ އަތޮޅުގެ 5 ރަށަކަށް ވަޑައިގަންނަވަނީ!
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ހއ.ގެ 5 ރަށަކަށް ދަތުރުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
07 Oct 2022
"ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން ގާސިމާއި އިމްރާނާއި ނާޒިމްވެސް ބޭނުމެއްނުވި"
އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގުން އަތުލުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް ބޭނުން ނުވި ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
07 Oct 2022
ރައީސް ޔާމީންގެ މައްޗަށް ހުށަހެޅި އައު ހެކިތަކަށް އިޖުރާއަތު ތަންނުދޭ: ނިޝާން
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ މަައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އައު ހެކިތަކެއް ހުށަހަޅާފައިވާއިރު، އެގޮތަށް ހެކި ހުށަހެޅުމަށް އިޖުރާއަތުގެ ޤާނޫނު ހުއްދަ ނުކުރާކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛް މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.