22 Dec 2025
ދަޢުވަތުގައި މިހާރު ކުރިމަތިވާ ހުރަސްތައް ތަފާތު؛ އެކަމަކު ފަސްޖެހުމެއް، ހުއްޓުމެއް ނެތް: އަލީ ރަމީޒް
"އިންޝާﷲ މި މަސައްކަތުގައި އިއްޔެއަށް ވުރެ ބާރަށް ކުރިއަށްދާން މި ހުރީ ތައްޔާރަށް. ކުރިއަށް ވުރެ މާ ގަދަ ހިތްވަރުގައި އިރާދަކުރެއްވިއްޔާ މި މަސައްކަތުގައި ދެމި ހުންނާނަން. އަޅުގަނޑުގެ ދުޢާއަކީ އެކަމުގެ ހެޔޮ ތަޢުފީޤު ﷲ ދެއްވުން" އަލީ ވިދާޅުވި އެވެ.
21 Dec 2025
ރަށްތަކުގައި ކްރިސްމަސް ފާހަގަކުރުން ހުއްޓުވައިދޭން އިލްމުވެރީންގެ ގުޅުމުން އިދާރާތަކުގައި އެދިއްޖެ
މިކަމުގައި އެންމެ ނުރައްކާތެރި އެއް ކަމަކީ، މިފަދަ ކަންކަން ކުރާއިރު ދިވެހި މުވައްޒަފުން ވެސް އެކަންކަމުގައި ބައިވެރިކުރުވައިގެންނާއި ޢާންމުން ދިރިއުޅޭ ރަށްތަކުގައި އެކަންކަން ކުރިއަށްގެންދިއުން ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.
19 Dec 2025
ޓްރެފިކް ގަވާއިދު ތަކާ އެއްގޮތަށް ޢަމަލު ކުރުމަކީ ވާޖިބެއް: ޚުތުބާ
ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓްރެފިކް ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަކީ ވާޖިބެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
19 Dec 2025
މޮނިއުމަންޓާ ގުޅޭގޮތުން ހުރާ ކައުންސިލްގެ ފަރާތުން ދެއްކި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެއްޖެ
18 Dec 2025
މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުން ރަނގަޅެއް ނޫން: ފަތުވާ
ފަތުވާ މަޖިލީހުގެ މެންބަރުން ބުރަވަނީ ސަލަފުއްސާލިހުންގެ ޒަމާނުގައި ނުކުރައްވާ ކަމެއް މި ދުވަސްވަރު ވެސް އަދި މީގެ ފަހުން ވެސް ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމުގައި ބަޔާންކޮށްފައިވެ އެވެ.
15 Dec 2025
ހިތްވަރު ގަދަ ޝެއިޚަށް އެހީ ހޯދަން ޚާއްސަ މަސައްކަތެެއް، ބައިވެރިވަމާ
ޝައިޚް މުހައްމަދު އިބްރާހީމަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް އާންމުންގެ އެހީތެރިކަން ހޯދުމަށް "އެހީ" ޖަމިއްޔާއިން މިހާރު ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ. "އެދިހަ" ނަމުގައި ހާއްސަ ޕޯޓަލެއް ވެސް ވަނީ ހަދާފަ އެވެ.
12 Dec 2025
މަހަށްފަރަށް ދިއުމަކީ، ދަށުދަރަޖައިގެ ކަމެއް ނޫން
ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުމާއި، ދިރިއުޅުމަށް މަސައްކަތްކުރުމަކީ ދަށުދަރަޖައިގެ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
11 Dec 2025
އައްޑޫ ހައި ސުކޫލް ހާދިސާ؛ ޝެއިޚް ފިކުރީގެ މި ވާހަކަކޮޅާމެދު ފިކުރުކޮށްލަން ޖެހޭ
ޝެއިޚް ވިދާޅުވި ގޮތުގައި ސްކޫލްތަކުގައި ހިނގާ ކަންކަން ނުފެންނަ ކަމަށް ހަދައި، އެއީ ނުހިނގާ ކަންކަމަށް ހަދައި އޮއްބާލައިގެން އެކަަންކަން ފޮރުވުމަކީ ކުރިޔަށް އޮތް ޖީލު ހަލާކުކޮށްލުމެވެ.