ރިޕޯޓް
26 Feb 2024
އިސްރާއީލުގެ އެމްބެސެޑަރާއެކު ދުނިޔޭގެ ސުލްހައިގެ ވާހަކަދައްކައިގެން މާރިޔާދިދީ މިކުރެއްވީ މަލާމާތެއްނޫންތަ؟
ފަލަސްތީނު ރައްޔިތުންގެ ގަތުލު އާއްމުތައް ހިންގައި ބަނޑަށް ޖައްސައި މަރަމުންދާ ހައްދު ފަހަނައަޅައިފައިވާ އިސްރާއީލުން އިންޑިއާއަށް ކަނޑައަޅާފައިވާ އެމްބެސެޑަރު ބައިވެރިވެވަޑައިގެން ސުލްހައާއި އަމާންކަމަމުގެ މައްޗަށް ވާހަކަދެއްކި ފޯރަމެއްގައި ރާއްޖޭގެ ކުރީގެ އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ.
22 Feb 2024
އިންޑިއާއިން ފާރަލަމުންދިޔަ ޗައިނާގެ ރިސާޗް މަނަވަރު ރާއްޖެވަދެއްޖެ
އެމަނަވަރެއް ރާއްޖެއާއި ކައިރިކުރާތީ އަވަށްޓެރި އިންޑިއާއިން ނުތަނަވަސްވެގެން އުޅުނު ޗައިނާގެ ރިސާޗް މަނަވަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިއަދު ވަދެއްޖެކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. 4300 ޓަނުގެ ޝިއާންގ ޔަންގ ހޮންގ ކުޑައިރުކޮޅެއްގެތެރޭގައި ރާއްޖޭގައި ބަނދަރުކުރާނެ ކަމަށްވެސް ބުނެއެވެ.
20 Feb 2024
ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑީތަ؟
ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއީޒު ވެރިކަމުން އަޒުލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގުނާ އަދަދު ބަދަލުކުރަން މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން އުޅުނު ހުށަހެޅުމުގައި ދުސްތޫރީ މައްސަލަތަކެއް ފާހަގަކޮށް އެކަން ހުއްޓުވައިދޭން ބަންޑާރަ ނާއިބް ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލާގައި ކޯޓުން ވަކިގޮތަކަށް އަމުރު ނެރެފައިވަނިކޮށް އަމުރަށް ތަބާނުވާނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މަޖިލީހުގައި އިއުލާންކޮށް އަދި ސުޕްރީމް ކޯޓުގެ އަމުރާއި ޚިލާފަށް މަޖިލީހުން ނިންމުމެއް ނިންމުމުން އެއީ މިއަދު ބަހުސްކުރަންޖެހޭ ކަމަކަށް ވެގެންގޮސްފިއެވެ.
18 Feb 2024
އެމެރިކާގެ ޚާރިޖިއްޔާގެ އިސްވެރިއަކު ރާއްޖެއަށް ވަޑައިގަންނަވަނީ
އެމެރިކާގެ ޚާރިޖިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ރިޗަރޑް ވަރުމާ ދިވެހިރާއްޖެއާއި އިންޑިއާއާއި ސްރީލަންކާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. އިންޑިއާ ދަރިކޮޅުގެ މިސްޓަރ ވަރުމާގެ މިދަތުރުފުޅު އޮތީ މިއަދުންފެށިގެން މިމަހުގެ 23 އަށެވެ.
18 Feb 2024
ކެއްސާކެއްސާ މިއޮތް މަރުވަނީއެވެ!
މިކެއްސުމެއް ނުހުއްޓުނެވެ. މިރޯގާއެއް ނުފިލިއެވެ. މިހުމަކުން އަރައިނުގަތެވެ. އަހަރެން އެކަންޏެއް ނޫނެވެ. އަނބިމީހާއި ދަރިންވެސް މެއެވެ. ކެއްސަމުން ކެއްސަމުންގޮސް ބައެއް ފަހަރު ހޯއް ގޮވެން އުޅޭހެން ވެސް ހީވެއެވެ. ހޯއްގޮވާ ކެއްސުން ބަލި މިހާރު ރާއްޖޭގައި އުޅޭކަމަށް ކިޔައެވެ.
12 Feb 2024
ސުޕްރީމްކޯޓަށް ގޮންޖަހައި ދައުލަތް ހިންގުމުގެ ނިޒާމާއި މަޖިލިސްތެރެއިން ކުޅެން އެމްޑީޕީން ހުށަހަޅައިފި
ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމަށް އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓުން ރައްޔިތުންގެ މަޖިލީހުގެތެރޭގައި ކުޅެމުންދާ ގޭމަށް އާބޮޅެއް މިއަދު އިތުރުކޮށްފިއެވެ. މިއަދު އެމްޑީޕީން ކުރިކަމަކީ ވަޒީރުންނާއި ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެތެރޭގައި ކަނޑައަޅާފައި އޮންނަ ނިޒާމު ރޫޅާލައި ރައީސުލްޖުމްހޫރިއްޔާއާއި ނާއިބް ރައީސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދާރީކުރުމުގެ އިސްލާހެއް ހުށަހެޅުމެވެ.
06 Feb 2024
މަޖިލިސް ރައީސް އަސްލަމްގެ އިންޒާރުގެ ފަހަތުގައިވަނީ ކޮންކަމެއް؟
ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތުގައި މިއީ ވަރަށް އާ އަދި އާދަޔާއި ޚިލާފް ނިންމުމެކެވެ. ރައްޔިތުން ވޯޓުދީގެން އެމީހުންގެ ރައީސަކު އިންތިޚާބު ކޮށް އެރައީސުލްޖުމްހޫރިއްޔާއަށް އަދި ރިޔާސީ ގަނޑުވަރަށް ވެދެވަޑައިނުގެންނެވިގެން އުޅުއްވަނިކޮށް ރައްޔިތުންގެ މަޖިލީހުގެތެރެއިން އެމަނިކުފާނު ވަކިކޮށް ރައްޔިތުންގެ ނިންމުމަށް ޗެލެންޖު ކުރުމެވެ.
01 Feb 2024
މޯލްޑިވްސް ބޮއިކޮޓް ކެމްޕެއިނުން ދިވެހިރާއްޖެއަށް ފިލާވަޅެއް ދެވިއްޖެ
އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ޔުނިއަންޓެރެޓަރީއެއްގެ ގޮތުގައި އޮތް ލަކްޝައްދީބުގެ ދިވެހިރާއްޖޭގެ ރަށެއްކަހަލަ ރަށަކަށް ވަޑައިގެން ގޮނޑުދޮށުގައި ހިންގަވައި މޫދަށް އެރިވަޑައިގެން މޫނުމައްޗެއް އަޅުއްވައި ކުޑަކޮށް މޫދުތެރެ ބައްލަވައިލައްވައި އަދި ދޮންވެލިގޮނޑުދޮށުގައި ގޮނޑިއެއްގައި އިށީނދެވަޑައިގެން އިންނެވި ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވުމާއެކު ކުއްލިގޮތަކަށް ބީޖޭޕީގެ ސޯޝަލް މީޑިއާ އިންފުލުއެންސަރުން ރާއްޖެ ބޮއިކޮޓްކުރުމަށް ގޮވައިލައި ފެށި ކެމްޕެއިނުން ދިވެހިރާއްޖެއަށް ފިލާވަޅެއް ދެވިއްޖެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.