ރިޕޯޓް
28 Aug 2023
އަލަށް އަޅާ ހަނިމާދޫ އިންޓަރަނޭސަނަލް އެއާޕޯޓް: އިވުނު އަޑާއި ދުއްތަން
އަލަށް އަޅާ ހަނިމާދޫ އިންޓަރަނޭސަނަލް އެއާޕޯޓް: އިވުނު އަޑާއި ދުއްތަން
17 Aug 2023
ފ އަތޮޅު ވޮލީބޯޅައިގައި ފީއަލީން ކުރަމުން އައި ތާރީޚީ ރަސްކަން ނިމުމަކަށް!
މެދުރާއްޖެ ސަރަހައްދުގެ ވޮލީބޯޅައިގައި ފީއައްޔަކީ އެންމެ ނަން ވިދާނެ އެއްރަށެވެ. އެ ސަރަހައްދުގެ ނިސްބަތުން ވޮލީގެ ހުނަރުވެރި ކުޅުންތެރިން އެއް ފަސްގަނޑެއްގައި އެންމެ ގިނަ އެއްރަށްވެސް މެއެވެ. ވަކިން ޚާއްސަކޮށް ފ އަތޮޅު ވޮލީ ބޯޅައިގެ ރަސްކަމުގެ ތަޚުތުގައި ޒަމާނުއްސުރެ ރަސްކަންވެސް އަދި ރަނިކަންވެސް ކުރަމުން އައީ ފީއަލީގެ އަންހެން އަދި ފިރިހެން ވޮލީޓީމުތަކެވެ. އެހެން ނަމަވެސް އެއީ އިއްޔެއާއި ރޭ ކުޅެވުނު ފ އަތޮޅު ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ފައިނަލާއި ހަމައަށެވެ. އަތޮޅުވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަން ގެ ޗެމްޕިއަންކަން ނިލަންދޫއިން، އަދި އަންހެން ޑިވިޜަން ގެ ޗެމްޕިއަންކަން މަގޫދޫއިން ހޯދުމާއެކު ފ އަތޮޅު ވޮލީގައި ފީއަލީން ކުރަމުން އައި ރަސްކަން ނިމުމަކަށް އައީއެވެ.
12 Aug 2023
ވާދަވެރިޔާ ބަންދުގައި 1000 ދުވަސް!
ދުނިޔޭގެ ތަހުޒީބު ޤައުމުތަކާއި ފައިހަމަކުރުމަށް ރާއްޖެއަށް އުފަންކުރި ޒަމާނީ ޑިމޮކްރަސީ ޅަފަތުގެ ދައުރު ކަޑައްތުކޮށް ޒުވާންކަމުގެ ދައުރަށް މިއޮތީ އަޅާފަ އެވެ.
12 Aug 2023
ރައީސް ޔާމީންގެ އިންތިޚާބީ ހައްގު ގެއްލިގެންދިޔައީ ފަނޑިޔާރުގެއިންތަ؟
މިއޯގަސްޓް މަހުގެ 6 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕީއެމާއި އެޕާޓީގެ ލީޑަރ ޖަލުގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރި އެއްލައްކައަށްވުރެ ގިނަ ދިވެހި ރައްޔިތުންނަށް ވަރަށް ފުން އަސަރުތަކެއް ލިބިގެންދިޔަ ހުކުމަކަށް ވާނެއެވެ. އެ ހުކުމާއެކު ރައީސް އަބްދުﷲ ޔާމީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ދޮރު ބަންދުވެގެންދިޔައީއެވެ.
11 Aug 2023
ތާރީޚީ އިންތިހާބެއް! 8 ކެނޑިޑޭޓެއްގެ ކުރިމަތިލުމަކަށް!
ހުރިހާ ގޮތަކުންވެސް މިއަހަރުގެ ރިޔާސީ އިންތިހާބު ލިޔެވިގެންދާނީ ރިޔާސީ ތާރީޚުގައި، ތަރީޚީ އިންތިހާބެއްގެ ގޮތުގައެވެ. އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ އަދަދުން ފެށިގެން އެ ކެންޑީޑޭޓުންގެ ތަމްސީލީ ހައިސިއްޔަތާއި ހަމައަށް މިއަހަރުގެ ރިޔާސީ އިންތިހާބު ތާރީޚީވެފައި، ފާހަގަ ކޮށްލެވިގެންދާނެއެވެ.
27 Jul 2023
ނަޝީދާއި ސޯލިހްގެ ސިޔަސީ ދުޝްމަންކަން ދެން ނިމުމެއް ނެތެވެ
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީ ދެކެފައިވާ ޕާޓީގެ އެތެރޭގެ އެންމެ ބޮޑު ގަޑުބަޑު އުފެދި، އެޕާޓީ މިވަނީ ދެބައިވެގެން ގޮސްފައެވެ.
24 Jul 2023
އައްޑޫ ކައިރީގައި އަޅުގަނޑުމެންނަށް އެންމެ ބޮޑު ހަގުރާމަކޮށް މިނިމުނީއެވެ.
އިޓްލޮސްއިން ދިވެހި ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުން ފުށުއަރާ ސަރަހައްދީ އިންކަމަށް ކަނޑައަޅައި ދެގައުމަށް ފުށުއަރާ ސަރަހައްދު ބަހަން ނިންމުމުން އަޅުގަނޑުމެންގެތެރެއިން އެއްބަޔަކު އެކަމާ އުފާކޮށް ސަރުކާރަށް ތާރީފްކުރަމުންދާއިރު އަނެއްބަޔަކު ރުޅިއައިސްގެން ސަރުކާރަށް އެއްޗެހި ގޮވަމުންދާ މައްސަލަ މިއަހަރު ސެޕްޓެންބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ އެންމެ ވަރުގަދަ މައްސަލައަށް ވެގެންދާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ.
21 Jul 2023
ފާތުންގެ "ތުއްތު އިސްލާމީ ވެށި" އިން ތަރުބަވީ އެތައް ފިލާވަޅުތަކެއް!
އަލަށް މަންމަ އަކަށްވާ ކޮންމެ މީހަކަށްވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ވާނީ ލިބުނު ދަރިފުޅު އިސްލާމީ ރިވެތި އުސޫލު ތަކުގެ މަތީގައި ތަރުބިއްޔަތު ކުރެވޭނެ ގޮތެވެ. ބަވަނަ ވެފައިވާ މި ދުނިޔޭގައި، އިސްލާމް ދީނާއި ބީރަށްޓެހި، ހުޅަނގުގެ ތަފާތު ފިކުރުތަކާއި، ޕްރޮޕެގެންޑާތަކުގެ އަސަރު ރާއްޖެއަށް ވެސް ނުހަނު ބޮޑަށް ކޮށްފައިވާއިރު، އެފަދަ ކަންކަމަށް ހޭލުންތެރިވެ، އެފަދަ ފިކުރުތަކަށް ނޫނެކޭ ބުނެ، އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓާ ދަރިންތަކެއް ތަރުބިއްޔަތު ކުރުމުގެ އެދުމަކީ މުސްލިމު ކޮންމެ މަންމައެއްގެވެސް އެދުމެވެ.
05 Jul 2023
އިސްމާޢީލް؛ ނަމޫނާ ވިޔަފާރިވެރިއެއް އަދި ލީޑަރެއް!
ކާމިޔާބީ އަކީ މަސައްކަތް ކުރާ މީހުންގެ ހައްގެކެވެ. އެއީ މާލީ ގޮތުން ތަނަވަސް މަހުޖަނަކަށް ވީތީ ލިބޭ އެއްޗެއް ނޫނެވެ. ނުވަތަ ފަސޭހަ ދިރިއުޅުމެއް އުޅޭތީ ލިބޭ އެއްޗެއްވެސް ނޫނެވެ. އެހެނެއް ކަމަކު އެކަމަށްޓަކައި ބޭނުންވަނީ، ވަރުގަދަ ޢަޒުމަކާއި، މިންނެތް މަސައްކަތެވެ. އެކަން ކުރުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ފަސް ނުޖެހި, އެކަމަށް ކުރިމަތި ލުމުގެ ހިތްވަރެވެ.
12 Jun 2023
ހަގީގަތުގައިވެސް މަޖިލީހުގެ މަސައްކަތްތައް އެއްކޮށް ހުއްޓި "މަރުތަޅު" އެޅުނީތަ؟
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله، އެމްޑީޕީން ވަކިވެ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމާއެކު، މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން އީވާ ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ވަނީ ފަށާފައެވެ. އެގޮތުން އެޕާޓީގެ 50 މެންބަރުންގެ ސޮޔާއެކު އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މެއި 23 ވަނަ ދުވަހު މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.