ރިޕޯޓް
02 Nov 2022
ޗާގޯސްގެ ވަޒަންވެރިންނަކީ މޮރިޝަސް މީހުންކަމަށް ރާއްޖެއިން ގަބޫލުކުރުމަކީ އާ އަޅުވެތިކުރުވުމެއް
ޗާގޯސް އައިލެންޑު މައްސަލާގައި ދިވެހި ސަރުކާރުން ގިނަ އަހަރު ތަކެއް ވަންދެން ދަމަހައްޓަމުން އައި ސްޓޭންޑް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ބަދަލުކުރުމުގެ މައްސަލާގައި ސަރުކާރަށް ދަނީ ވަރަށް ގިނަ ފާޑުކިއުންތަކެއް ކުރިމަތިވަމުންނެވެ. މިއީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ހަމަ އެންމެ ދުވަހެއްގެ ތެރޭގައި 90 ޑިގްރީއަށް އަނބުރުވާލުން ފަދަ ބޮޑު ބަދަލެއްގެ ގޮތުގައި ސިފަ ކުރެވެއެވެ. ދިވެހި ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަކީ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި އެގައުމަށް ދޫކޮށްލަން އދގައި މޮރިޝަސްގެ ކޮޅަށް ވޯޓް ދިނުމެވެ.
30 Oct 2022
ރަށްގިރުމުގެ މައްސަލަ: ތުލުސްދޫގެ ރައްޔިތުންނަށް އެތައް ގެއްލުމެއް!
ތުލުސްދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި ގުޅިގެން އިޖތްިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ރައްޔިތުންނަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.
14 Oct 2022
ތުއްތު އަލްސަންގެ އާއިލާ އާއްމުންގެ އެހީއަށް ބޭނުންވެފައި!
ހއ. އުލިގަމުގައި ދަތިހާލުގައި ދިރިއުޅެމުންދާ ޢާއިލާގެ ތުއްތު ދަރިފުޅު، އަލްސަން، އޭނާގެ މަންމައަށްޓަކައި ކުރާ އުއްމީދުތައް ހާސިލްކޮށްދީ، މި އާއިލާ އުޅެމުންދާ ދަތި އުނދަގޫ ތަކަށް ލުުއެއް ހޯދައި ދިނުމަށް އެހީ ޖަމިއްޔާއިން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
10 Oct 2022
މިދައުރުގައި ނަފްސާނީ ދުޅަހެޔޮ މުޖުތަމައެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް
މިއަދަކީ ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ދުނިޔޭގައި ފާހަގަ ކުރަމުންދާ ދުވަހެވެ. "މެންޓަލް ހެލްތު ޑޭ" ނުވަތަ ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހެއް ފާހަގަކުރަމުންދާއިރު، އެއީ ނަފްސާނީ ބައްޔެއް ޖެހިފައިވާ މީހެކޭ ބުނެފިނަމަ، އެކަން ގަބޫލުކޮށް، ޖިސްމާނީ ބައްޔެއް ޖެހިފައިވާ މީހުންނަށްވެސް ދޭ ފަދަ އަޅާލުމާއި އޯގާތެރިކަންދޭ މީހުން އަދުގެ މުޖުތަމަޢު އިން ފެންނަ ނަމަވެސް، ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މީގެ އަހަރު ތަކެއް ކުރިން ކަން އޮތީ އެގޮތަކަށް ނޫން ކަމަށެވެ.
30 Sep 2022
ޖޯގްރަފީގޮތުން ދިވެހިރާއްޖެ، މަލިކު، އަދި ފޯޅަވަހި
ޖޯގްރަފީގޮތުން ދިވެހިރާއްޖެ، މަލިކު، އަދި ފޯޅަވަހި
27 Sep 2022
މުހައްމަދު ތަކުރުފާނު ހުންނެވި ނަމަ؟
މިއަދު މުހައްމަދު ތަކުރުފާނު ދުނިޔޭގައި ހުންނެވި ނަމަ ޔަގީނުންވެސް ގައުމީ ދިފާއީ ބާރުގެ އިސް ބޭކަލުންގެ ކަންފަތްޕުޅުގައި ހިތްޕަވާ ގައުމަށް އިހުމާލު ނުވުމަށް ނަސޭހަތްތެރި ވާނެއެވެ.
25 Sep 2022
ތުލުސްދޫގައި އުފެދުނު ބޮޑު ވެލިގަނޑުގައި ޒުވާނުން އެޅީ މިސްކިތެެއް
ދިވެހިރާއްޖެއަށް ލޯކަލް ޓޫރިޒަމް ތަޢާރަފް ވުމުގެ ކުރިންވެސް ތުލުސްދޫ އަކީ ގުދުރަތީ ރީތިކަމަށް އާއްމުންގެ މެދުގައި މަގުބޫލްކަން ހޯދާފައިވާ ހިތްގައިމު ރަށެކެވެ. އެ ރަށުގެ ރައްޔިތުންނަކީ ދިވެހިރާއްޖޭގެ ޘަގާފަތަށް ލޯބިކުރާ، ހިތްހެޔޮ އަދި އެކުވެރި ބައެއްކަމީ، ރަށަށް ޒިޔާރަތްކުރާ ބީރައްޓެހިންގެ ފަރާތުންވެސް އަބަދުވެ އިވެމުންދާ ވާހަކަތަކެވެ.
25 Sep 2022
ޕާކިސްތާން: އެހީތެރިކަމަށް ނިހާއަތައް ބޭނުންވެފައި!
ކަމާބެހޭ އިދާރާތަކުން ފާހަގަކުރާ ގޮތުގައި ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ޕާކިސްތާނަށް ކުރިމަތިވި އެންމެ ބޮޑު އެއް ކާރިޘާ އަކީ މިއީއެވެ. ޕާކިސްތާނަށް ކުރަމުންދިޔަ ވިއްސާރައިގައި ޕާކިސްތާނުގެ ބައެއް ވިލެޖްތައް އެއްކޮށް ފެނުގެ އަޑިއަށް ގޮސްފައިވާއިރު 50000 ގާތްކުރާ އަދަދެއްގެ މީހުންގެ ގެދޮރު އެއްކޮށް ގެއްލި ވަންނާނެތަނެއް ނެތި ބިކަވެފައިވެއެވެ.
21 Sep 2022
ތުލުސްދޫ ކުނީގެ މައްސަލަ: ރައްޔިތުންނަށް އޮތް ތަކުލީފެއް! ލޯކަލް ޓުއަރިޒަމަށް އޮތް ހުރަހެއް!
ތުލުސްދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައަކީ ރަށުގެ ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަން ޖެހިފައިވާ މައްސަލައަކަށް ވާއިރު، އެއީ އެ ރަށުގައި ފުޅާވަމުން އަންނަ ލޯކަލް ޓުއަރިޒަމަށް އޮތް ހުރަހެއްގެ ގޮތުގައި ތުލުސްދޫ ކައުންސިލްގެ ރައީސް ފާހަގަކުރައްވައެވެ.
21 Sep 2022
މިއީ ބައިނަލްއަގުވާމީ 'އަލްޒައިމާރސް' މަސް؛ މި ބަލި އެނގެނީ ކިހާ މިންވަރަކަށް؟
އަލްޒައިމާރސް ބަލި ނުވަތަ ދިވެހި ބަހުންނަމަ ހަނދާންނެތޭ ބައްޔަކީ، ދިވެހިންގެ ތެރޭގައިވެސް އާއްމު ބައްޔެކެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި މި ބަލި ތަހައްމަލް ކުރަމުންދާ މީހުން ނުހަނު ގިނަ އިރު އެ ބަލީގެ ޢަލާމާތްތަކާއި ބައްޔާއި ގުޅުންހުރި އެހެނިހެން ކަންކަމާއި މެދު ހޭލުންތެރި މީހުން މި މުޖުތަމައުގައި މަދެވެ