ރިޕޯޓް
29 May 2023
އެތައް ގޮންޖެހުންތަކާއިއެކު އައިޔޫއެމް އިން ގްރެޖުއޭޓްވި ލޯފަން 9 ދަރިވަރުން؛ ރާއްޖެއަށް ނަމޫނާއެއް!
ފާއިތުވި ބުރާސްފަތި ދުވަހު ބޭއްވުނު އިސްލާމިކް ޔުނިވަސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބަލަމުންދިޔައިރު، އެންމެ ޝައުގުވެރިވި އެއް ކަމަކަށް ވެގެންދިޔައީ ސްޓޭޖު މަތިން ދަސްވެނިވުމުގެ ސަނަދު ލިބިގަތުމަށް އެހެން މީހުންގެ އެހީތެރިކަމާއިއެކު ދިޔަ ދަރިވަރުންނެވެ. އާދެ! ލޯފަން ދަސްވެނިންނެވެ. އެދުވަހު ޖުމުލަ 9 ލޯފަން ދަރިވަރުން ދަސްވެނިވި ކަމުގެ ސަނަދު ހާސިލްކޮށްފައިވެއެވެ.
06 May 2023
ބަލިމީހާގެ އިނގިލިތައް ބުރިކޮށްލަން ޖެހުމާއި ނިޔާވުން: އިހުމާލުގެ ތުހުމަތު
މާޗރް މަހުގެ 25 ވަނަ ދުވަހު އައިޝާ އަލީ (އަސްލުނަމެއް ނޫން)ގެ ދައްތަ ފާޚާނާގައި އުޅުމުގެ ތެރޭގައި ފާހާނާއަށް ވެއްޓުނެވެ. އަދި ބޯފަޅައިގެން ދިޔައެވެ. އެހެންކަމުން ރަށު ހޮސްޕިޓަލަށް ގެންދިއުމުން ޑިކްޓަރު ބެލުމަށްފަހު ފެޅިފައިވާތަން ފަހައި އެކްސްރޭ ނެގިއެވެ. އަދި ހުރިހާކަމެއްވެސް ރަނގަޅު ކަމަށް ބުންޏެވެ. އެހެންކަމުން ބޭސް ދިނުމަށްފަހު އައިޝާގެ ދައްތަ ގެއަށް ފޮނުވާލީއެވެ.
17 Apr 2023
ހިޔާ ނެތި، ފަނުން ހަދާފައިވާ ގެއެއްގައި ދިރިއުޅޭ ޢާއިލާއަށް އެހީވަމާ!
ޒަމާނާއި އެއްވަރަށް މީހުންގެ ދިރިއުޅުމާއި، ދިރިއުޅުމަށް ބިނާ ކުރަމުންދާ ގެދޮރާއި، ކެއިން ބުއިމާއި އަދި އެނޫންވެސް ކަންކަން ބަދަލުވެ، ތަރައްގީވެ، ފަހި ދިރިއުޅުމަކަށް ދިވެހިންވެސް މިސްރާބު ޖަހާފައިވާއިރު، ރާއްޖޭގައި މަދުން ނަމަވެސް، ދަތި ހާލުގައި ދިރިއުޅެމުންދާ ޢާއިލާތައް އެބަތިއްބެވެ.
15 Apr 2023
މި ފަހު ދިހައިގައި ފެންވަޅެއް ބިނާ ކުރަން އެހީވާން ބޭނުންތަ؟
"ނަސޭހަތް" ޖަމިއްޔާއިން "އާބާރް އެމްވީ" އާއި ގުޅިގެން ފަގީރު މުސްލިމު ޢާއިލާތަކަށް ފެންވަޅު ބިނާ ކުރުމަށް ހިންގާ ފެންވަޅު ޕްރޮޖެކްޓަކީ ވެސް އެފަދަ ދެމެހެއްޓެނިވި ޞަދަޤާތެއް ކުރުމަށް ހުޅުވިފައިވާ ދޮރެކެވެ.
11 Apr 2023
އެންޑީއޭއިން މަސްތުވާތަކެއްޗާއި ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ބަދަލުތަކެއް
2021 ވަނަ އަހަރުގެ މޭ މަހުގެ 21 ވަނަ ދުވަހު ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ހިިންގުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މިނިސްޓްރީ އޮފް ހެލްތްގެ ދަށަށް ބަދަލުކުރައްވާފައެވެ. މިއާއިއެކު މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ރާއްޖޭއަށް ހައްލެއް ހޯދުމަށްޓަކައި އެންޑީއޭގެ ވިސްނުން މުޅިން އެއްކޮށް ބަދަލުކޮށްލިއެވެ.
11 Apr 2023
ދިވެހިން ބޮޑެއްނުވޭ! ބުލީކުރަން ކުޑަކުއްޖެއް މުސްކުޅިއެއް ނޯވޭ!
ދިވެހިން ބޮޑެއްނުވޭ! ބުލީކުރަން ކުޑަކުއްޖެއް މުސްކުޅިއެއް ނޯވޭ!
30 Mar 2023
"ބަލިވުމުން ބޭސްފަރުވާކޮށެއް ނުދޭ، ދައްކަނީ ބިރު"
ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން މަޝްރޫޢުގެ މަސައްކަތްކުރާ މަސައްކަތްތެރިޔަކު ބަލިވިޔަސް ބޭސް ފަރުވާކޮށް ނުދޭ ކަމަށާއި، ބަދަލުގައި ދައްކަނީ ބިރުކަމަށް އެމީހުން ބުނެފި އެވެ.
29 Mar 2023
ދިވެހި ތާރީޚުން މޫނު ބުރުގާ
މޫނު ބުރުގާ ނުވަތަ ނިޤާބަކީ ދިވެހިންނަށް އައު އެއްޗެއް ކަމަށް ބަޔަކަށް ހީވެފައި އޮވެދާނެއެެވެ. އަދި އެއީ މިފަހުން ރާއްޖެއިން ޢަރަބި ޤައުމުތަކަށް ކިޔަވަން ގޮސް އެނބުރި އައި "ފަހު ޒަމާނުގެ ދަންނަބޭކަލުން" ގެނައި އައު ވާހަކަތަކެއް ކަމަށް ޤަބޫލު ކޮށް އެވާހަކަ އެހެން ބުނާ ދިވެހިން އަދިވެސް މަދެއްނޫނެވެ.
19 Mar 2023
އެންޑޯމެޓްރިއޯސިސް؛ ފަރުވާ ކުޑަކޮށްލާ ވަރަށް ވުރެ މާ ބޮޑުކަމެއް
މައްސަރު ކަންތައް ދިމާވާން ފެށުނީއްސުރެ، ކޮންމެ މަހެއްގެ އެދުވަސްވަތަކީ ވަރަށް ވޭނުގައި އުޅެންޖެހުނު ދުވަސް ވަރެކެވެ. ދަށް ބަނޑުގައި އަޅާ ވޭނުގެ ސަބަބުން ތެދުވެ އުޅެންވެސް، އޮށޯވެ އޮންނަންވެސް އުނދަގުލެވެ. ތަދު ކަނޑުވާ ބޭސް ކައިގެން ނޫނީއެ ވޭނަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. އެކަން ޢާއިލާގެ މީހުންނާއި ރަހުމަތްތެރިންނާއިވެސް ހިއްސާ ކުރެވުނެވެ. އެންމެންގެ ޖަވާބަކީވެސް ވީ ތިއީ ވަރަށް އާދައިގެ ކަމެކޭ، އެންމެންވެސް ތިވޭން ތަހައްމަލް ކުރެއޭ، ތިބާ ކަންތައް ބޮޑުކޮށްލަނީއޭ އެވެ.
08 Mar 2023
އަމިއްލަ މަސައްކަތުން ދިރިއުޅެމުން އަންނަ ފިސާރި ކަނބަލެއް
މީހުން ބުނެ އުޅޭތީ އަހަމެވެ. މައިންނަކީ އަޖައިބެއް ފަދަ ބައެކެވެ. ދިރިއުޅުމުގެ މައިދާނުގައި އަންނަ ކަޅު ވިލާގަނޑުގެ ތެރޭގައި، އެއް ރާޅު މައްޗަށް އަނެއް ރާޅު ނަގަމުން އަންނައިރުވެސް އަމިއްލަ ދަރިންގެ ހައްގުގައި ސާބިތުވެ، ފަހަތަށް ނުޖެހި ކުރިއަށް ދިޔުމުގެ ހިތްވަރު އެ މައިންގެ ހުރެއެވެ. ދަރިންގެ އުފަލަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސް ވުމަށް މައިން ތިބޭނީ ތައްޔާރަށެވެ.