05 Oct 2023
ބިޝާރާ: ދާއިރާގައި 18 އަހަރު ވީއިރުވެސް ހިތުގައި ޖަހަނީ ތައުލީމީ ވިންދު
2005 ވަނަ އަހަރު ތައުލީމީ ދާއިރާއަށް ޓީޗަރެއްގެ ގޮތުގައި ގުޅުނު ރ އިނގުރައިދޫއަށް ނިސްބަތްވާ ބިޝާރަ އަލިފުޅު (41އަހަރު) އަކީ މި ވަގުތު ދަރުމަވަންތަ ސްކޫލުގައި ސެކަންޑްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހުނަރުވެރި މުދަރިއްސެކެވެ. ދާއިރާގައި މިހާތަނަށް 18 އަހަރު މަސައްކަތް ކުރެވިފައިވާއިރު ބިޝާރާ އަކީ މިހާރު ޒިންމާދާރު އަނތްބެއްގެ އިތުން 2 ފިރިހެން ދަރިންގެ މަންމައެއްވެސްމެއެވެ. ތައުލިމީ ދާއިރާގައި 18 އަހަރު ހޭދަކުރެވުނު އިރުވެސް އޭނާގެ ހިތުގައި ތައުލީމަށް އަދިވެސް އެންމެ ތާޒާ ވިންދު ޖަހަމުން އަންނަކަން ވޮއިސްއަށް ބިޝާރާ ހިއްސާކުރި ވާހަކަތަކުން އެނގެއެވެ.