ރިޕޯޓް
15 Jul 2022
ދަނގެތީ ޖަމިއްޔަތުލް ގަލަމްގެ "ޢީދު އުފާ": ތަފާތު އަދި އެހާމެ އުފާވެރި
އދ. ދަނގެތީ ޖަމިއްޔަތުލް ގަލަމް އިން އިސްނަގައިގެން ބަރަކާތްތެރި އަޟުހާ ޢީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ "ޢީދު އުފާ"ގެ ހަރަކާތްތައް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
13 Jul 2022
ނާސާގެ ވެބް ޓެލެސްކޯޕު ފޮޓޯތައް ހާއްސަވާގޮތް!
13 Jul 2022
ގޮތަބަޔާއަށް އަބަދު ރާއްޖޭގައި ފިލާ ނޯވެވޭނެ: މުޒާހަރާގެ ބައިވެރިއެއް
ލަންކާގައި ކައްކާ ގޭހާއި ތެލާއި ބޭސް ފަދަ ޒަރޫރީ މުދަލުގެ ދަތިކަން ކުރިމަތިވުމުން އެގައުމުގެ ރައްޔިތުން ސިލްސިލާ މުޒާހަރާތައް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
11 Jul 2022
އަމީނީ މަގު މަޝްރޫއު ބޮޑެތި ބަނދަރުތަކަށްވުރެވެސް އަގުބޮޑީތަ؟
މާލޭގެ މަގުތަކަކީ ޒަމާންވީ ދުވަސްވީ މަގުތަކެކެވެ. އަޑިގުޑަން ގިނަ މަގުތަކެކެވެ. މީގެ އެތައް އަހަރެއް ކުރީން ރައީސް މައުމޫންގެ ދައުރުގައި މާލޭގައި މަގުތަކުގައި ގައު އަތުރާ މަގުތައް ހެދި ފަހުން މާލޭގެ މަގުތަކަށް ގެނައި އެންމެ ބޮޑު ބަދަލެއް ފެންނަން ހުރީ މާލޭގެ މައި މަގު، މަޖީދީ މަގުންނާއި ބޮޑުތަކުރުފާނު މަގުންނެވެ. މާލޭގެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނުގެ މަގުގެ އެއްބައިގައި މިހާރު ވަނީ ތާރު އަޅާފައެވެ.
04 Jul 2022
ނޫސްވެރިން ބޭނުންކޮށްގެން ވެރިކަމަށް އައި އެމްޑީޕީން ނޫސްވެރިކަން "މަރާލަން" ކުރާ މަސައްކަތް
މޮކްރަސީގެ އެންމެ މުހިއްމު އެއް ތަނބު ކަމުގައިވާ ނޫސްވެރިކަމަށް މިއަދު ސަރުކާރުން ކުރިމަތިކުރުވާ ހުރަސްތަކަކީ ގަސްދުގައި ރާވައިގެން ސަރުކާރުން ހިންގަމުން އަންނަ ބޮޑު ޖަރީމާއެކެވެ. ސަރުކާރުގެ ފުރިހަމަ އަޣްލަބިއްޔަތު ލިބިފައިވާ ޤާނޫނު ހަދާ މަޖިލިހާއި ސިޔާސީ ނުފޫޒު ފޯރާފައިވާ ފަނޑިޔާރުން ބޭނުންކޮށްގެން ދައުލަތުން މިއަދު އަންނަނީ ނޫސްވެރިން ފިއްތާލައި އޮބަހައްޓައިގެން ބިރުވެރިކަމެއްގެ ތެރެއަށް ފައްތާލަމުންނެވެ. މިއީ ސަރުކާރުގެ ޚުދުމުހުތާރުކަން ފޮރުވައި ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކުރަމުން އަންނަ ކަމެއް ކަމުގައި ދެކެމެވެ."
28 Jun 2022
މަހުލޫފް އާއި ހަމީދު ވެގެން، ދުނިޔެއިން ރާއްޖެއަށް ކުރި އިތުބާރު ގެއްލުވާލައިފި!
މި ޖޫންމަހުގެ 21 ވީ އަންގާރަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޔޫތް އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ގުޅިގެން ހިންގަން ރޭވި ބޮޑު ޔޯގާ ހަރަކާތަކީ އެ ހަރަކާތް ބާއްވާނެ ކަން އިއުލާން ކުރި ހިސާބުން ފެށިގެންވެސް އެކަމާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން އައި ހަރަކާތެކެވެ.
21 Jun 2022
ޔޯގާ ހަމަނުޖެހުން: ފުލުހުންގެ ބޮޑު ފެއިލްވުމެއް، އަނެއްކާވެސް އިންޓެލިޖެންސާމެދު ސުވާލު!
ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުމުގެ އެންމެ މަތީ ވާޖިބު ކޮނޑުގައި އެޅިފައިވާ އެއް މުއައްސަސާއަކީ ދިވެހި ފުލުހުންގެ މުއައްސަސާއެކެވެ. ނަމަވެސް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ހަމަނުޖެހުން ހިންގައި އާއްމުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ދިން ފަހަރުވެސް މަދެއް ނޫނެވެ. މިއަދުވެސް ފެނިގެން ދިޔައީ އެ މަންޒަރެވެ.
16 Jun 2022
އާރްޓީއެލް ބަހުގެ ހިދުމަތާއެކު ދަރިވަރުުންގެ ބޮޑު ކިއުތަކަށް ނިމުމެއް
ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ މިއަދު 30،000 ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ސަހަރެކެވެ. އެތަނުގައި އަޅާފައިވާ 25 ބުރީގެ 16 ޓަވަރުގައި އެތައް ސަތޭކަ އާއިލާއެއް ދިރިއުޅެމުން އަންނައިރު، ހިޔާ ސަހަރަށް ބޭނުންވާ އަސާސީ ގިނަ ކަންކަން އަދިވެސް ފުރިހަމަވެފައެއް ނުވެއެވެ. ކުޑަކުދިން ހިތްހަމަޖައްސާލަންދާނެ ޕާކެއް، ފައިސާ ނަގާނެ އޭޓީއެމްއެއް، ރަނގަޅު ރެސްޓޯރެންޓެއް ނެތެވެ. އެންމެ ބޮޑު ދައްޗަކަށް އޮތީ، ޕަބްލިކް ޓްރާންސްޕޯޓުގެ ދަތިކަމެވެ.