20 Feb 2025
އަލަށް އުފެއްދި ބަސް: ހާރުކެއުމަށް ދެން ކިޔަން ޖެހޭނީ ސުހޫރު!
ހާރުކެއުމަށް ސުހޫރުގެ ނަމުން ނަންދީ އާ ބަހެއް އުފެއްދިއިރު އަރަބި ބަހުގައި ރޯދައަށް ހުރުމަށްޓަކާ ފަތިސް ވުމުގެ ކުރީން ކާ ކެއުމަށް ކިޔަނީ “ސުހޫވްރު” އެވެ.
14 Jan 2025
ވިލާ ހަކަތަ؛ ސިނާއީ ޚިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމުގައި
ވިލާ ހަކަތައިން މެދުކެނޑުމެއްނެތި ދިވެހިންނަށް ފެންވަރު ރަނގަޅު ޚިދުމަތް ދެމުންދާތާ 25 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މިއީ ކުރިއެރުމާއި، ތަރައްގީގާއި، އައު އީޖާދީ އުފެއްދުންތައް ތަޢާރަފް ކުރުމަށް އެ ކުންފުނިން ކުރަމުންއަންނަ ބުރަ މަސައްކަތަށް ދިވެހިންގެ އިތުބާރު ލިބިފައިވާ ކަމުގެ ހެއްކެކެވެ.
14 Jan 2025
މަހިބަދޫގެ ފުރަތަމަ ހާފިޒު، އުމުރުން 12 އަހަރުގެ ޒަލަފް
ޒަލަފަކީ ޤުރުޢާން ހިތުދަސް ކުއްޖަކަށް ވުމަށް އޭނާގެ މަންމަ އާއި ބައްޕަ ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އޭނާގެ މައިންބަފައިންނާއި އޭނާ ކުރި ބުރަ މަސައްކަތް އޭނާގެ މަންމަ ހުޝާމާ މުޙައްމަދު ”ވޮއިސް“ އަށް ވަނީ ކިޔައިދީފައެވެ.
02 Dec 2024
ޓްވީޓްކޮށްގެން ފުލުހަށް ހާޒިރުކުރުން: އައު ކަމެއް ނޫން
މި ދެދުވަހަކު އެންމެ ގަދަޔަށް ދެކެވެމުންދާ އެއް ވާހަކައަކީ އެމްޑީޕީގެ މީސްމީޑިއާ އެކްޓިވިސްޓް، ހުސެއިން ޝާފިއު (ތުއްތު) އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވި މައްސަލައެވެ.
12 Nov 2024
އެންމެ ފާހަގަކޮށްލެވެނީ، ސަބްސިޑީ ދޭ އުސޫލަށް ގެންނަ ހެޔޮ ބަދަލު
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ ސަބްސިޑީ ދެމުން އަންނަ އުސޫލަށް ގެނައުމަށް ނިންމާފައިވާ ބަދަލެވެ.
09 Nov 2024
ނޫސްވެރިކަމުގެ އަޚްލާގީ މިންގަޑާއި މިފަހަރު ޚިލާފް މިވީ، ސީދާ މީޑިއާކައުންސިލުން؟
މޯލްޑިވްސް މީޑިއާ ކައުންސިލުން އޮކްޓޫބަރ މަހުގެ 30 ވަނަ ދުވަހުގެރޭ ބޭއްވި އެވޯޑް ހަފްލާގައި ތަހްގީގީ ނޫސްވެރިކަމުގެ ކެޓަގަރީގެތެރެއިން ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ދިން އެވޯޑްގެ މައްސަލާގައި އެކައުންސިލުން ދެ އިރު ދެދަޅައަށް ނޫސްބަޔާން ނެރެ އަމަލުކުރަމުންދާގޮތުން ރާއްޖޭގެ ނޫސްވެރިކަމުގެ އެންމެ މަތީ އެތިކްސް ދަމަހައްޓާ ދައުލަތުގެ ރެގިއުލޭޓްރީ ބޮޑީގެ ކްރެޑިބިލިޓީއާމެދު ސުވާލު އުފެދޭ ދަރަޖައަކަށް ކަންކަން މިހާރުވަނީ ގޮސްފައެވެ.
28 Oct 2024
ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަންޖެހުނީ ކީއްވެ؟
ސަރުކާރުން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިއިރު އޭގެ ތެރެއިން ރިކަރަންޓް ހަރަދަކީ 1.5 ބިލިއަން ރުފިޔާ އެވެ. ބަޖެޓްގެ ބޮޑު ބަޔަކީ ކެޕިޓަލް ހަރަދެވެ. އެއީ 3.6 ބިލިއަން ރުފިޔާއެވެ.
24 Oct 2024
ބްރިކްސް ސަމިޓުން އިސްރާއީލްގެ މީޑިއާއަށް ހަޖަމް ނުވި މަންޒަރު
ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 5 ޤައުމު ކަމަށްވާ، ޗައިނާ، ރަޝިއާ، އިންޑިއާ، ބްރެޒިލް އަދި ދެކުނު އެފްރިކާ އެކުވެގެން އުފައްދާފައިވާ "ބްރިކްސް ސަމިޓް" ރަޝިއާގެ ކަޒާންގައި ފެށިގެން ކުރިއަށްދާއިރު، ދުނިޔޭގެ ލީޑަރުންގެ އެންމެބޮޑު ސަމާލުކަމެއް މިވަގުތު ލިބިފައި ވަނީ މި ސަމިޓަށެވެ.