09 Feb 2026
ނުކުޅެދުންތެރިކަން ހުންނަ އެތްލީޓުންނަށް ރޯކޮށްދިން އުއްމީދުގެ ހުޅުކޮޅު
ކުޅިވަރަކީ ހަމައެކަނި ހަށިހެޔޮކަމާއި މުނިފޫހިފިލުވުމެއް ނޫނެވެ. އެއީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކޮށްދޭ މުހިންމު ވަސީލަތެކެވެ. އެއީ ވަކި ބަޔަކަށް ޚާއްސަ އެއްޗެއް ނޫނެވެ. އެކަމުގެ ހުނަރާއި ޝައުގުވެރިކަން ހުރި ކޮންމެ މީހަކަށްވެސް އެކަން ކުރެވޭނެއެވެ. އެއީ ކުޅެދޭ މީހެއް ނަމަވެސް، ނުކުޅެދޭ މީހެއް ނަމަވެސްމެއެވެ.