10 Oct 2022
އެފްކޮންސް އިން ބޭނުންވަނީ އަމިއްލަ ސާވޭއެއްކުރަން
ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމުން އެ ފަރަށް ލިބިފައިވާ ގެއްލުން ބަލަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި ސާވޭއާ މެދު އެ ކުންފުނިން ހިތްހަމަނުޖެހިގެން، އެފްކޮންސް އިން އަމިއްލައަށް ސާވޭ ކުރަން އެދިފައިވާ ކަމަށް އީޕީއޭ އިން މިއަދު ބުނެފި އެވެ.