ތިލަމާލެ ބުރިޖް
02 May 2023
ބްރިޖު ހަދާ ބާޖުގެ ނަގިލި ކަހާލީ؛ ފަރަކަށް ނާރާ: އެފްކޮންސް
ބްރިޖު ހަދާ ބާޖެއް ފަރަށް އެރި ކަމަށް ބުނެ މީސް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް، އެ މަޝްރޫއުގެ މަސައްކަތް ކުރަމުންދާ އެފްކޮންސް އިން ދޮގު ކޮށްފި އެވެ.
14 Mar 2023
ތިލަމާލެ ބްރިޖު ޝެޑިއުލް ހާމަކުރެވޭކަށް ނެތް: މިނިސްޓްރީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ފަށާފައިވާ އެންމެ ބިޔަ މަޝްރޫޢު، މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ، ތިލަމާލޭ ބްރިޖު މަޝްރޫއުގެ މަސައްކަތުގެ ޝެޑިއުލް ހާމަކޮށްދެވެން ނެތް ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.
19 Dec 2022
ނާޤާބިލުކަމުގެ އަގު، ބޮޑު ދަރަންޏަށްވުރެވެސް ބޮޑު: ސައީދު
ނާޤާބިލުކަމުގެ އަގަކީ ދަރަންޏަށްވުރެ ވެސް ބޮޑު އަގެއްކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
14 Dec 2022
"އެފްކޮންސް އިން ކުރި މަސައްކަތައް އަގު ދީފައި، ކަމަށް އެކަށީގެންވާ ބަޔަކު ހޯދާ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކަާރުގެ އެންމެ ބިޔަ އެއް މަޝްރޫއު ކަމުގައިވާ ތިލަމާލެ ބުރިޖުގެ މަސައްކަތް ހަވާލު ކޮށްފައި އޮތް އިންޑިއާގެ އެފްކޮންސް ކުންފުނިން މިހާތަނަށް ކުރި މަސައްކަތައް އަގު ދީފައި، ބުރިޖު އަޅަން އެކަށީގެންވާ ބަޔަކު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) އެދިއްޖެއެވެ.
12 Dec 2022
އެފްކޮންސްއަށް ކުރި 69 މިލިއަން ރުފިޔާގެ ޖޫރިމަނާ އިސްތިއުނާފުކޮށްފި
ބްރިޖު ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، އިންޑިއާގެ އެފްކޮންސް ކުންފުނިން ދައުލަތަށް 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން ނިންމި ނިންމުން އިސްތިއުނާފުކޮށްފިއެވެ.
09 Dec 2022
"މިސަރުކާރުން އަޅާ ބްރިޖާއި އެއްގޮތަށް ތަރައްޤީވެސް އޮތީ އޮޔާ ގޮސްފައި"
ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން އަޅާ ބްރިޖެކޭ އެއްފަދައިން މިސަރުކާރުގެ ތަރައްޤީވެސް އޮތީ އޮޔާ ގޮސްފައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
08 Dec 2022
"ދެދުވަހުން އެއްދުވަހު ބްރިޖު ޕްލެޓްފޯމު އެ އޮންނަނީ ގޮނޑުދޮށަށް ލައްގާފައި"
ސަރުކަާރުން އަޅަން ފަށާފައިވާ ތިލަމާލެ ބްރިޖު ހަދަން ބޭނުން ކުރާ ޕްލެޓްފޯމް އޮންނަނީ ދެދުވަހުން އެއްދުވަހު ގޮނޑުދޮށަށް ލައްގާފައި ކަމަށް ބުނެ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފާޑު ވިދާޅުވެއްޖެއެވެ.
06 Dec 2022
"ބުރިޖު ހަދަން ބޭނުންކުރާ ކެރޭން ވެއްޓުމާއި ގުޅިގެން އަސްލު އޮޅޭ ގޮތަށް ޚަބަރު ފަތުރަމުންދޭ"
ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތްކުރާ އެފްކޯންސް ކުންފުނިން ބޭނުންކުރަމުން އަންނަ ކެރޭނެއް ކަނޑަށް ވެއްޓުމާއި ގުޅިގެން ބައެއް ފަރާތްތަކުން މިކަމުގެ އަސްލު އޮޅޭގޮތަށް ހަބަރު ފަތުރަމުން ގެންދާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.