ތިލަމާލެ ބުރިޖް
21 Sep 2023
"ތިލަމާލެ ބްރިޖު އަޅާ ނިންމާނީ އަޅުގަނޑުމެން"
ތިލަމާލެ ބްރިޖު އަޅާ ނިންމާ، އެ ބްރިޖުގެ ޚިދުމަތް ރައްޔިތުންނަށް ދޭން ފަށާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
02 Sep 2023
ބުރިޖުގައި އިތުރު ލޭނެއް އަޅަން ވައުދުވުމުން ސައީދު ފާޑުވިދާޅުވެއްޖެ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެވަނަ ދައުރެއްގައި ސިނަމާލޭ ބްރިޖުގައި އިތުރު ލޭނެއް އަޅުއްވަން ވަޢުދުވެވަޑައިގެންފައި ވާއިރު، އެމަނިކުފާނު ވެރިކަމަށް ވަޑައިގަންވަން ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވަޢުދު ކަމުގައިވާ ތިލަމާލޭ ބްރިޖުގެ މަޝްރޫއު އަށް ވާނުވާވެސް އެނގިވަޑައި ނުގަންނަވާ ކަމަށް، ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
18 Aug 2023
"ބްރިޖުގެ ތަނބުން ފެށިގެން ފެންނަނީ ސަރުކާރުގެ 'ސްލޯކަން'"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މިސަރުކާރުން ހިންގާ މަޝްރޫއުތަކާއި، ދެމުންދާ ޚިދުމަތްތަކުގެ ލަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސަޢީދު ފާޑުވިދާޅުވެއްޖެއެވެ.
05 Aug 2023
ބްރިޖްގެ މަސައްކަތް ކުރުމަށްޓަކައި އިތުރު ޕްލެޓް ފޯމެއް ގެނެސްފި
މާލެ-ވިލިނގި-ގުޅީފަޅު ގުޅުވާލާ، ތިލަމާލެ ބްރިޖް ގެ މަސައްކަތް ކުރުމަށްޓަކައި "މަހަރާޖާ" ކިޔާ އިތުރު ޕްލެޓްފޯމެއް ގެނެސް މަސައްކަތް ފަށައިފިއެވެ.
08 Jul 2023
ބްރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމެންޓްތައް ބޭނުންކުރެވިގެންދާނެ
ތިލަމާލެ ބްރިޖްގެ މަސައްކަތުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓޤ ސެގްމެންޓްތައް ބޭނުން ކުރެވިގެން ދާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.
02 Jul 2023
"ތިލަމާލެ ބްރިޖު އަންނަ އަހަރަށް ނިންމާ ބޭނުން ކުރަން ފެށޭނެ"
މާލެއާއި ތިލަފުށު ގުޅާލުމަށް އަޅާ ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމާ އަންނަ އަހަރު ބޭނުން ކުރަން ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
17 Jun 2023
ގުޅީފަޅުގައި އެފްކޮންސް ތަކެއްޗާއި ވެރިންނަށް ހަމަލާދީ ހާލަތު ގޯސްވެއްޖެ
ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސްގެ މުވަޒަފަކަށް އިހުމާލުވެ މަރުވުމާއި ގުޅިގެން އެފްކޮންސް މުވަޒަފުން ނިކުމެ ގުޅީފަޅުގައި ހަމަ ނުޖެހުން ހިނގައި ތަކެއްޗައް ގެއްލުންދޭންފަށައިފިއެވެ. އެގޮތުން މި މަޝްރޫއުގެ މަސައްކަތުގައި އުޅުއްވާ އޮފިޝަލަކު 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މީހާ ވަރަށް ބޮޑަށް ހުން އައިސްގެން ފަރުވާއަށް އެދުންތާ 10 ދުވަސް ވެފައިވާ ކަމަށެވެ. އެހެންނަމަވެސް ފަރުވާއަށް އެދުމުންވެސް ފަރުވާ ނުލިބުމުން ހިފައްޓަމުން އައިސްފައިވަނީ ޕެނަޑޯލް ގުޅަ ކައިގެން ކަމަށެވެ.
17 Jun 2023
ތިލަމާލެ ބްރިޖް މަޝްރޫއުގެ މުވައްޒަފަކު ފަރުވާ ނުލިބިގެން ނިޔާވެއްޖެ
އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލު ކޮށްގެން ތަރައްގީ ކުރަމުންދާ ތިލަމާލެ ބްރިޖްގެ މަސައްކަތުގައި އުޅުނު މުވައްޒަފަކަށް ފަރުވާ ނުލިބިގެން ނިޔާ ވެއްޖެއެވެ.