ތިލަމާލެ ބުރިޖް
09 Feb 2024
އެންމެފަހުން އެފްކޮންސް ގުވައިގެން އީޕީއޭ އިން ކޯޓަށް ދަނީ
ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ އިންޑިއާގެ ކުންފުނި، އެފްކޮންސްއިން ބޭނުންކުރަމުން ގެންދިޔަ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ކުންފުނި ކޮށްފައިވާ ޖޫރިމަނާ ދައްކަށްޖޭހޭ މުއްދަތު ހަމަވިއިރު ވެސް ދައްކާފައި ނުވާތީވެ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ
29 Nov 2023
އެފްކޮންސްގެ ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނުދިން
އެފްކޮންސް ކުންފުނީގެ މައްޗަށް އެންވާރަމެންޓް މިނިސްޓްރީން ކޮށްފައިވާ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.
23 Nov 2023
"ކުރީ ސަރުކާރުން އޮތީ ބުރިޖް ނިންމުން 2026 އަށް ފަސްކޮށްފަ"
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް ތިލަމާލެ ބުރިޖުގެ އެއްބަސްވުން އައުކޮށް، އެ މަޝްރޫއު ނިންމާ ތާރީޚް 2026އަށް ފަސްކޮށްފައިވާ ކަމަށް މި ސަރުކާރުގެ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބުދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.
23 Nov 2023
މިހާތަނަށް ބެލި ބެލުމުން ބްރިޖުގެ ކޮލިޓީއާމެދު ކަންބޮޑުވުމެއް ނެތް
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން ފެށި ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލޭ ބުރިޖުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތާއި ގުޅިގެން މިހާތަނަށް ލިބިފައިވާ މަޢުލޫމާތު ތަކުން، އެ ބްރިޖްގެ ކޮލިޓީއާމެދު ކަންބޮޑުވާފަދަ ކަމެއް ފާހަގަވެފައިނުވާ ކަމަށް ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެ އެވެ.
22 Nov 2023
ރައީސް ބްރިޖުގެ މަސައްކަތް ބައްލަވާލެއްވުމަށް ޒިޔާރަތްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ގްރޭޓަރ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް"ގެ މަސައްކަތްތައް ކުރިއަށްދާ ސައިޓްތަކަށް ޒިޔާރަތްކުރައްވައިފިއެވެ.
19 Nov 2023
ތިލަމާލެ ބްރިޖުގެ ނިމުނީ 27 ޕަސެންޓް: ފިރުޒުލް
ތިލަމާލެ ބްރިޖުގެ މަސައްކަތުން މިއަދާ ހަމައަށް 77 ޕަސެންޓް މަސައްކަތް ނިމެންޖެހުނަސް ނިމިފައި ވަނީ 27 ޕަސެންޓް މަސައްކަތް ކަމަށް އާ ސަރުކާރުން ބުނެފި އެވެ.
19 Nov 2023
"ކުރީ ސަރުކާރަށް ނިންމުނީ ތިލަމާލެ ބްރިޖުގެ 27 އިންސައްތަ"
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ނިންމާލެވިފައިވަނީ ތިލަމާލެ ބްރިޖު މަޝްރޫއުގެ އެންމެ 27 އިންސައްތަ ކަމަށް ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
15 Nov 2023
އެފްކޮންސް ގެ ޖޫރިމަނާ މައާފު ނުކުރަން ނިންމައިފި
ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތުގައި ބޭނުންކުރަމުން ދިޔަ ބާޖެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުމާ ގުޅިގެން ޖޫރިމަނާ ކުރުމަސް ނިންމައިފައިވާ، އެ މަޝްރޫޢު ގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސް ކުންފުނިން ދައްކަންޖެހޭކަމަށްގެ ޖޫރިމަނާ މައާފުނުކުރުމަށް އެންވަޔަރަމެންޓު މިނިސްޓްރީން ނިންމައިފިއެވެ.