ވޮލީ ބޯޅަ
05 Aug 2024
ވާދަވެރި ކުޅުމަކަށްފަހު ފާރުފުށި ބަލިކޮށް ރީތިފަރުން ފެށުން ރަނގަޅުކޮށްފި
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގެ ދެވަނަ މެޗުގައި ގުރޫޕް ބީގެ އެމަރަލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާއި ރީތިފަރު ރިސޯޓް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް ދެ ސެޓުން މޮޅުވެ ރީތިފަރުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
04 Aug 2024
ކުޑަފުށި ބަލިކޮށް ޗެންޕިއަން ޖޯލި ބީންގ މުބާރާތް ފެށީ އިތުބާރާއެކު
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބީންގ އާއީ ރަނަރަޕް ކުޑަފުށި ކުޅުނު މެޗު، ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް އެއް ސެޓުން މޮޅުވެ ޖޯލިން މުބާރާތް ފެށީ އިތުބާރާއެކުއެވެ.
21 Jul 2024
"އިތާ ވޮލީބޯޅަ މުބާރާތް 2024" ޗެންޕިއަން ޖޯލި ބީއިންގ އާއި ކުޑަފުށި އެއް ގުރޫޕެއްގައި
ރ. މީދޫގެ ކުލަބު ޖަމުއިއްޔާއެއް ކަމަށްވާ އެކުވެރި ކްލަބުން އިންތިޒާމުކޮށްގެން، އެ އަތޮޅުގައި ހިމެނޭ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2024" ގެ ގުރުއަތުލުން ބޭއްވިއިރު، އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބީއިންގ އާއި ރަނަރަޕް ކުޑަފުށި އެއް ގުރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.
17 Feb 2024
ވާދަވެރި ކުޅުމަކަށްފަހު އެފްސީ ފްރިގޭޓާ ބަލިކޮށް ހިޔާ ބޮޓްލިން ޗެންޕިއަންކަން ހޯދައިފި
ހޯރަފުށީގައި މިހާރު ކުރިއަށްދާ "ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ފައިނަލް މެޗުގައި ޓީމު ހިޔާ ބޮޓްލިން އާއި އެފްސީ ފްރިގޭޓާ ވާދަކުރި މެޗު ފޯރިގަދަ ކުޅުމަކަށް ފަހު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށް ޓީމު ހިޔާ ބޮޓްލިން މުބާރާތްގެ ޗެންޕިއަންކަން ހޯދައިފި އެވެ.
15 Feb 2024
ފަސޭހަކަމާއި އެކު ޕޮލިސް ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ޓީމު ހިޔާ ބޮޓްލިންއަށް
ހޯރަފުށީގައި މިހާރު ކުރިއަށްދާ "ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ޕްލޭއޮފް މެޗުގައި ޓީމު ހިޔާ ބޮޓްލިން އާއި ހޯރަފުށީ ޕޮލިސް ކުލަބު ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ޓީމު ހިޔާ ބޮޓްލިން ވަނީ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފިއެވެ.
14 Feb 2024
ސީދާ ތިން ސެޓުން ފެނަކަ ބަލިކޮށް ޓީމު ހިޔާ ސެމީ ފައިނަލަށް
ހޯރަފުށީގައި މިހާރު ކުރިއަށްދާ "ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ހަވަނަ މެޗުގައި އަންގާރަދުވަހުގެ ރޭ ޓީމު ހިޔާ ބޮޓްލިން އާއި ފެނަކަ ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ޓީމު ހިޔާ އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
13 Feb 2024
ފަހަތުން އަރައި ޕޮލިސް ކުލަބުން އެފްސީ ފްރިގޭޓާ ބަލިކޮށްފި
ހޯރަފުށީގައި މިހާރު ކުރިއަށްދާ "ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ފަސްވަނަ މެޗުގައި މިއަދު އެފްސީ ފްރިގޭޓާ އާއި ހޯރަފުށީ ޕޮލިސް ކުލަބު ވާދަކުރި މެޗު ފަހަތުން އަރައި ތިން ސެޓު އެއް ސެޓުން ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި އެވެ.
13 Feb 2024
ސީދާ ތިން ސެޓުން ފެނަކަ ބަލިކޮށް އެފްސީ ފްރިގޭޓާ އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި
ހޯރަފުށީގައި މިހާރު ކުރިއަށްދާ "ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ހަތަރުވަނަ މެޗުގައި ހޯމަ ދުވަހުގެ ރޭ އެފްސީ ފްރިގޭޓާ އާއި ފެނަކަ ވާދަކުރި މެޗު ފަސޭހަކަމާއި އެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް އެފްސީ ފްރިގޭޓާ އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.