13 Sep 2022
ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ރައީސް ޞާލިހް ވަޑައިގަންނަވަނީ
ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަޑައިގަންނަވަން ނިިންމަވައިފިއެވެ.
13 Sep 2022
ޕްރިންސް އެންޑްރިއު އަކީ ޖިންސީ ކުށްވެރިއެއްކަމަށް ބުނި މީހަކު ހައްޔަރުކޮށްފި
މަންމާފުޅު ރާނީ އެލިޒަބަތު ދެވަނައިގެ ހަށިކޮޅުގެ ފަހަތުން ވަޑައިގަންނަވަނިކޮށް ސްކޮޓްލޭންޑުގެ އެޑިންބަރާގައި ޕްރިންސް އެންޑްރިއު އަކީ ޖިންސީ ކުށްވެރިއެއްކަމަށް ބުނި މީހަކު ހައްޔަރުކޮށްފިއެވެ.
12 Sep 2022
ރާނީ އެލިޒަބަތުގެ ހަށިކޮޅު އެޑިންބަރާއަށް ގެންގޮސްފި
އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ހަށިކޮޅު ސްކޮޓްލޭންޑުގެ އެޑިންބަރާއަށް ގެންގޮސްފިއެވެ.
10 Sep 2022
ރާނީ އެލިޒަބަތުގެ ޖަނާޒާ މި މަހު 19 ގައި
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ދެވަނައިގެ ޖަނާޒާ މި މަހު 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަން އިނގިރޭސި ޝާހީ އާއިލާއިން އިއުލާން ކޮށްފިއެވެ.
10 Sep 2022
ރަސްގެފާނު ޗާލްސް ރަސްމީކޮށް އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގެންފި
ލަންޑަންގެ ސެއިންޓް ޖޭމްސް ގަނޑުވަރުގައި މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރަސްގެފާނު ޗާލްސްއާއި ރަސްމީކޮށް ރަސްކަން ހަވާލުކުރައްވާފައިވަނީ އެސެޝަން ކައުންސިލް ގެ މެންބަރުންނެވެ.
09 Sep 2022
ރައްޔިތުން ރަސްގެފާނާއި އެކު އެއްބައިވަންތަކަން ދައްކަންޖެހޭ
ރައްޔިތުން ރަސްގެފާނާއި އެކު އެއްބައިވަންތަކަން ދެއްކުމަށް އިނގިރޭސިވިލާތުގެ ޕްރައިމް މިނިސްޓާ ލިޒް ޓްރަސް ގޮވާލައްވައިފިއެވެ.
09 Sep 2022
މިއީ ޝާހީ އާއިލާގެ އެންމެ ހިތާމަވެރި ދަނޑިވަޅު: ރަސްގެފާނު ޗާލްސް
މިއީ އިނގިރޭސި ޝާހީ އާއިލާއަށް ކުރިމަތިވި އެންމެ ހިތާމަވެރި ދަނޑިވަޅު ކަމަށް އެގައުމުގެ ރަސްކަމާއި ދެން ހަވާލުވެވަޑައިގަންނަވާނެ ރަސްގެފާނު ޗާލްސް ތިންވަނަ ވިދާޅުވެއްޖެއެވެ.
08 Sep 2022
އިނގިރޭސި ރާނީ ގެ ހާލުކޮޅު ސީރިއަސް ވެއްޖެ
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނައިގެ ސިއްހީ ހާލަތު ސީރިއަސްވެ އިތުރު ފަރުވާދީ މޮނީޓާ ކުރުމަށް އެޑްމިޓްކޮށްފިއެވެ.