ދުނިޔެ
25 Mar 2026
އީރާނާއެކު މަޝްވަރާތައް ކުރިއަށްދާކަމަށް ޓްރަމްޕް ބުނެފި
އެމެރިކާއާއި އިސްރާއިލުން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމަށްޓަކައި "ރަނގަޅު މީހުންނާ" ވާހަކަދައްކަމުންދާ ކަމަށާއި، އީރާނުން އޮތީ އެއްބަސްވުމަކަށް އައުމަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
24 Mar 2026
އިސްރާއީލަށް އީރާނުން ދިން ހަމަލާތަކުގައި ތިން އިމާރާތެއް މުޅިން ސުންނާފަތިވެއްޖެ
އިސްރާއީލުގެ ދިފާއީ ބާރުތަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ މިސައިލްތައް އިސްރާއީލުގެ ވައިގެ ދަތުރުފަތުރާއި ސަލާމަތީ ނިޒާމު ފޫއަޅުވާލުމަށްފަހު ވަނީ ތެލް އަވީވްގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް އަރާފައެވެ. މީގެ ސަބަބުން ބޮޑެތި އިމާރާތްތަކެއް ބިންމާހަމަވެ، އެ ސަރަޙައްދުގެ އެހެން ބައެއް ބިނާތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
24 Mar 2026
އީރާނުގެ ހަނގުރާމަ: ފިލިޕީންސްގެ މަތިންދާބޯޓުތައް ގްރައުންޑް ކުރަންޖެހިދާނެ
ރައީސް މާކޯސް ވިދާޅުވީ، ތެލުގެ ސަޕްލައި މެދުކެނޑިއްޖެ ނަމަ ފިލިޕީންސްގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އޭގެ ސީދާ އަސަރު ކުރާނެ ކަމަށެވެ. އަދި ބޯޓުތައް އުދުހުން ހުއްޓާލަންޖެހުމަކީ 'ސާފުކޮށް ފެންނަން އޮތް ފުރުޞަތެއް' ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިއީ ހަމައެކަނި ފިލިޕީންސަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށާއި، މުޅި ސަރަޙައްދުގެ އެއަރލައިންތަކަށް މިކަމުގެ ނޭދެވޭ އަސަރު ފޯރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
24 Mar 2026
ތެލުގެ އަގު އުފުލި، ވިއެޓްނާމް އެއާލައިންސްގެ ބައެއް ދަތުރުތައް މެދުކަނޑާލަނީ
ވިއެޓްނާމްގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ނިންމުމުގެ ދަށުން ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ޑިމާންޑް ކުޑަ އަދި ހިންގުމުގެ ޚަރަދު ބޮޑު އެތެރޭގެ ބައެއް ރޫޓުތަކަށެވެ. މީގެ މަގުސަދަކީ މި ދަތި ދަނޑިވަޅުގައި ކުންފުނީގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާއި، މައިގަނޑު ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކަމަށް ވިއެޓްނާމްގެ ސަރުކާރުން ބުނެއެވެ.
24 Mar 2026
އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރަން؛ ޓްރަމްޕް ހަދަނީ ދޮގު: އީރާން
އީރާނާއެކު ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ވާހަކަތައް އީރާނުގެ މަތީ ފަންތީގެ އޮފިޝަލުން ދޮގުކުރައްވައިފިއެވެ.
23 Mar 2026
ބައްޕަގެ ކުރިމަތީގައި ޣައްޒާގެ ތުއްތު ކުއްޖަކަށް އިސްރާއިލުން ކުރި އަނިޔާ
ނިރުބަވެރި އިސްރާއިލުން ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކުގެ ތެރެއިން، ފަލަސްތީނުގެ އެއް އަހަރުގެ ތުއްތު ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ދީފި ކަމަށް ފަލަސްތީން ޓީވީން ރިޕޯޓްކޮށްފިއެވެ.
22 Mar 2026
ޑިއޭގޯ ގާސިއާކަށް ހަމަލާ ނުދެން: އީރާން
22 Mar 2026
ތެލުގެ ބޭނުން ކުޑަކުރަން އައިއީއޭ އިން ގޮވާލައިފި
ހޮރްމޫޒް ކާރިސާ ބޮޑުވަމުންދާތީ ތެލުގެ ބޭނުން ކުޑަކުރަން އައިއީއޭ އިން ގޮވާލައިފި