07 May 2025
އިންޑިއާއިން ޕާކިސްތާނަށް މިސައިލް ހަމަލާ ދީ 8 މީހުން ޝަހީދުކޮށްލައިފި
އިންޑިއާއިން ޕާކިސްތާނުގެ ކޮންޓްރޯލްގައިވާ ކަޝްމީރުގެ ސަރަޙައްދުތަކަށް ދިން މިސައިލް ހަމަލާތަކެއްގައި މަދުވެގެން 8 މީހުން ޝަހީދުކޮށްލައި، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. ރޭ ދިން މި ހަމަލާ ތަކުގައި ކުޑަކުއްޖަކުވެސް ޝަހީދުވެފައިވާ ކަމަށް ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.