19 Mar 2025
24 ގަޑިއިރުތެރޭ ޣައްޒާގެ 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި!
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރުވެ، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 408 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން މަޢުލޫމާތު ދީފިއެވެ.
19 Mar 2025
ޔަހޫދީންނަކީ އެއްބަސްވުންތަކާ ޚިލާފްވާ މުނާފިގުންކަން ހާމަކޮށްދީފި!
2023 ވަނައަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުންފެށިގެން މި އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަދުވަހާ ހަމައަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޖަމާޢަތް، އިސްރާއިލުން ޣައްޒާގައި ހިންގަމުންދިޔަ ޤަތުލްޢާއްމު މެދުކަނޑާލަން އެ ޖަމާޢަތުން އެއްބަސްވެފައިވަނީ ގިނަ މަޝްވަރާތަކެއް އަރަބި ގައުމުތަކާއި އެމެރިކާއާއި ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާޢަތާއެކު ކުރުމަށްފަހުގައެވެ.
19 Mar 2025
އިސްރާއިލްގެ ގައިދީންތައް ދޫކުރަންދެން ޣައްޒާއަށް ހަމަލާދޭނަން: ނަތަންޔާހޫ
ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ދަށުގައި ތިބި އިސްރާއީލްގެ ގައިދީން ބަންދުން ދޫކުރަންދެން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އިސްރާއީލްގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ.
18 Mar 2025
ޓައިވާން ކައިރީގައި ހިންގާ އަސްކަރީ ތަމްރީނުތަކަކީ ވަކިވެގަތުމުގެ އަދަބެއް: ޗައިނާ
ޓައިވާނު ކައިރީގައި އިއްޔެ ބޭއްވި އަސްކަރީ ތަމްރީނުތަކަކީ ޓައިވާނުން 'ވަކިވެގަތުމަށް' ކުރާ މަސައްކަތުގެ އަދަބެއް ކަމަށް ޗައިނާއިން ބުނެފިއެވެ.
18 Mar 2025
ކެންސަރަށް މަގުފަހިވާ ކެމިކަލްއެއް ހުރެގެން ކްރީމްތަކެއް ވިއްކުން ހުއްޓުވައިފި
ކެންސަރަށް މަގުފަހިވާ ކެމިކަލްއެއް ހުރެގެން ހަމުގެ ކްރީމްތަކެއް އެމެރިކާގައި ވިއްކުން ހުއްޓުވައިފިއެވެ.
18 Mar 2025
އިސްރާއިލުން އަނެއްކާވެސް ޣައްޒާއަށް ބޮން އަޅަން ފަށައިފި
ޤަތުލުޢާއްމު ހުއްޓާލުމަށް އިސްރާއީލުން ވި އެއްބަސްވުން ނިމުމަކަށް ގެނެސް، ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
17 Mar 2025
އީޔޫ-ޗައިނާ ސަމިޓަށް ޝީ ވަޑައިނުގަންނަވާނެ!
ޔޫރަޕިއަން ޔޫނިއަންއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ބާއްވާ ޚާއްސަ ސަމިޓަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް އަށް ދައުވަތު އެރުވިނަމަވެސް ޝީ ވަޑައިނުގަންނަވާނެކަމަށް އަންގަވައިފިއެވެ
17 Mar 2025
އެމެރިކާއިން ޔަމަނަށް ދިން ހަމަލާތަކުގައި މަރުވިމީހުންގެ އަދަދު 53 ކަށް އަރައިފި
އެމެރިކާއިން ޔަމަނަށް ދިން ހަމަލާތަކުގައި މަރުވިމީހުންގެ އަދަދު 53 ކަށް އަރައިފިކަމަށް ޔަމަނުގައި ވެރިކަންކުރާ ހޫޘީން ބުނެފިއެވެ.