ވޯލްޑް ކަޕް 2022
11 Dec 2022
މެޗުން ލިބުނު ކާމިޔާބީ މޮރޮކޯ ޓީމުން ފާހަގަކުރީ ޢާއިލާއާއި އެކު
ޤަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ގެ ކުއާޓާ ފައިނަލުގައި، ރޭ 1-0 އިން ގަދަފަދަ ޕޯޗުގަލް ޓީމުބަލިކޮށް މޮރޮކޯ އިން ހޯދި ކާމިޔާބީ އަށްފަހު މިފަހަރުވެސް އެންމެންގެ ސަމާލުކަން އެންމެ ބޮޑަށް ލިބިގެން ދިޔައީ މޮރޮކޯ ޓީމުގެ ކުޅުންތެރިން އެ ކާމިޔާބީ ފާހަގަކުރި ގޮތެވެ.
11 Dec 2022
ލިބުނު ހިތާމައިން ނޭމާގެ އިހްސާސްތައް ބަންޑުން ކޮށްލައިފި
ފީފާ ވޯލްޑްކަޕުގެ ކުއާޓާފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީން ބްރެޒިލްގެ މައްޗަށް ކްރޮއޭޝިއާ ކުރި ހޯދި މެޗުގައި ލިބުނު ނާކާމިޔާބީގެ ސަބަބުން، "ނަފްސާނީގޮތުން ހަލާކުވެއްޖެ" ކަމަށް ބުނެ ބްރެޒިލްގެ ހުނަރުވެރި ކުޅުންތެރިޔާ ނޭމާ ޖޫނިއަރ އޭނާގެ އިހްސާސްތައް ބަންޑުން ކޮށްލައިފިއެވެ.
10 Dec 2022
ގަތަރުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަން އުޅުނު ނޫސްވެރިޔާ މަރުވެއްޖެ
ޤަތަރުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުން މަސައްކަތް ކުރި އެމެރިކާގެ ކުޅިވަރު ނޫސްވެރިޔާ ގްރާންޓް ވޯލް، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އާއި ނެދަލޭންޑްސް ރޭ ބައްދަލުކުރި މެޗު ކަވަރު ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
10 Dec 2022
ރޮނާލްޑޯގެ ދިފާއުގައި އޮޒިލް ނުކުމެއްޖެ
ޕޯޗުގަލްގެ ހުނަރުވެރި ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، އާއި ގުޅިގެން މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކާއި ގުޅިގެން އޭނާގެ ދިފާއުގައި، ޖަރުމަނުގެ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ތަޖުރިބާކާރު މިޑްފީލްޑަރު މެސުޓް އޮޒިލް ނުކުމެއްޖެއެވެ.
10 Dec 2022
ތަރި އިތުރު ނުކުރެވި ބްރެޒިލްގެ ތަރި އަނެއްކާވެސް އޮއްސިއްޖެ
ފީފާ ވޯލްޑްކަޕުގެ ކުއާޓާފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީން ކުރިހޯދާ ފަސް ތަރީގެ ބްރެޒިލް ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް ކްރޮއޭޝިއާ ދަތުރުކޮށްފިއެވެ.
09 Dec 2022
މިރޭގެ މެޗުގައި މެސީ ހުއްޓުވާނެ ގޮތްތަކެއް ނެދަލޭންޑުން ވަނީ ރާވާފައި
ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި މުބާރާތުގެ އެއް ފޭވަރިޓުން ކަމަށްވާ އާޖެންޓީނާއާ ދެކޮޅަށް ނެދަލެންޑްސް މިރޭ ނުކުންނައިރު، އާޖެންޓީނާ ހުނަވެރި ކެޕްޓަން، ލަޔޮނަލް މެސީ ހުއްޓުވަން ރޭވުންތަކެއް ރާވާފައިވާކަން ހާމަކޮށްފިއެވެ.
09 Dec 2022
ޔުނެސްކޯގެ ޝުކުރު މެސީ އަށާއި އާޖެންޓީނާ ޓީމަށް
ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން އާޖެންޓީނާގެ ގައުމީ ޓީމަށާއި، އެ ޓީމުގެ ކެޕްޓަން މެސީއަށް ޝުކުރު އަދާކޮށްފިއެވެ.
09 Dec 2022
ކުޅުންތެރިން ދަނޑުމަތީގައި ނެށި ނެށުމާއި ގުޅިގެން މަޢާފަށް ނޭދޭނަން: ޓީޓޭ
މިހާރު ގަތަރުގައި ކުރިއަށްދާ ފީފީ ވޯލްޑްކަޕްފެ ދެ ވަނަ ބުރުގައި ބްރެޒިލް އާއި ސައުތު ކެރެއާ ބައްދަލުކުރި މެޗުގައި ސައުތު ކޮރެއާ ކޮޅަށް ގޯލި ޖެހި ކޮންމެ ފަހަރަކު އުފާ ފާޅުކުރުމުގެ ގޮތުން ބްރެޒިލްގެ ކުޅުންތެރިން "ސަމްބާ ޑާންސް" އަށް ނެށި ކަމަށްޓަކައި މަޢާފަށް ނޭދޭނެ ކަމަަށް ބްރެޒިލްގެ ކޯޗު އެޑެނޯ ލިއޮނާޑޯ ބަޗީ (ޓީޓޭ) ބުނެފިއެވެ.