23 Oct 2022
ގަތަރުގެ ހޮޓާތަކާއި ގެސްޓް ހައުސްތަކުގައި ވޯލްޑްކަޕް ބެލުން ބޮޑު ތަކުލީފަކަށް
ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕް ފެށެން ދުވަސްތައް ކުޑަތަންވަމުން އަންނައިރު މުބާރާތަށް އެ ގައުމުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ހޮޓާތަކާއި ރެސްޓޯރަންޓުތަކުގެ އިތުރުން ގެސްޓް ހައުސްތަކުން މި މުބާރާތަށް އަންނަ މެހެމާނުންނަށް ހިދުމަތްދޭން ވަނީ ދުރާލާ ބޮޑެތި އިންވެސްޓުމަންޓް ތަކެއް ކޮށްފައެވެ.