ސައީދު މަޖިލީހުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
19 Sep 2022 | 10:21
އެއަރޕޯޓުގައި ޖާސޫސުކުރަން އުޅުނު މައްސަލަ ދެފުށް ފެންނާނެހެން ތަހުގީގުކުރުމަށް ގޮވާލާ ހުށައެޅި މައްސަލަ ބޭރުކޮށްލައިފި!

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖާސޫސުކުރަން އުޅުނު މައްސަލަ ދެފުށް ފެންނާނެެހެން ތަހުގީގުކޮށް، އެއަރޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. 

ކުއްލި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. 

ބަޓަން ކެމެރާ ބޭނުންކޮށްގެން އެއަރޕޯޓުގައި ޖާސޫސުކުރަމުން ދިޔަ އިންޑިއާގެ ދެމީހަކު ވަނީ މިދިޔަ މަހުގެ 28 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

ސައީދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވާފައިވަނީ އެ މައްސަލަ ތަހުގީގުކުރުމުގައި އޮޅުވާލުންތައް އޮޅުވާލަމުންދާކަމަށް ތުހުމަތުކުރައްވަމުންނެވެ. 

ސައީދު ވިދާޅުވީ އެ މައްސަލަ ހުށައެޅުއްވީ އެއަރޕޯޓުގެ ސަލާމަތަށް ނުރައްކާވާފަދަ ހާދިސާއެއް ހިނގާފައިވާއިރު ބައިނަލްއަގުވާމީ މީޑިއާތަކުން އެ ހާދިސާއާއި ގުޅޭގޮތުން ކަންބޮޑުވާފަދަ ބިރުވެރި ވާހަކަތަކެއް ޝާއިއުކޮށްފައި ވާތީއާއި އެ މައުލޫމާތުތަކަށް ބަލާއިރު އެ ހާދިސާ ހިނގުމުގެ ކުރިން ރާއްޖޭގައި އެކަމުގެ ބައިވެރިން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި، އެ ހާދިސާ ހިނގުމަށްފަހު އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ރާއްޖެއައިސް ހައްޔަރުކޮށްފައިވާ ދެމީހުން ދޫކޮށްލުމަށް އެދިފައިވާކަމަށާއި އަދި މި ބައްދަލުވުމަށްފަހު ފުލުހުން އެ ހާދިސާގެ އަސްލު ރިޕޯޓުގެ ބަދަލުގައި އެހެން ރިޕޯޓެއް ނެރެފައިވާތީ އަދި އެއީ ރޭވިގެން ހިންގާފައިވާ ނުރައްކާތެރި އަމަލެއްކަމަށާއި، އެކަމުގެ ނުރައްކާތެރިކަން އަވައްޓެރި ގައުމުތަކަށް ވެސް އޮތުމުން، އެ މައްސަލަ ޚާއްސަ މައްސަލައެއްގެ ގޮތުގައި ބެލުމަކީ މުހިންމުކަމެއްކަމަށް ދެކެވަޑައިގަންނަވާތީކަމަށެވެ. 

ސައީދު ހުށައެޅުއްވި މައްސަލައިގައި ވަނީ އެ މައްސަލަ ދެފުށް ފެންނާނެހެން ތަހުގީގުކުރުމަށްފަހު އެ މައުލޫމާތު މަޖިލީހާއި ހިއްސާކުރުމަށް ގޮވާލާފައެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މިފަދަ މައްސަލައެއްގައި ފުލުހުން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފަ އެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު ނެގި ވޯޓުގައި 34 މެންބަރުން ވަނީ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. މައްސަލައާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ ހަ މެންބަރުންނެވެ.

އެއާއެކު އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ