މެމްބަރު އީސަ މަޖިލީހުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
މެމްބަރު އީސަ މަޖިލީހުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު 20 Sep 2022 | 18:50

މި ވެރިކަން ނިންމާނީ ބާނާ މަސް ކަނޑަށް އެޅުން ހުއްޓުވާފަ: އީސަ

މި ވެރިކަމުގެ ދައުރު ނިމޭއިރު، މަސްވެރިން ބާނާ މަސް ކަނޑަން އަޅަން ނުޖެހޭ ވަރަށް އެ ސިނާއަތު ފުޅާކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

އީސަ މިފަދައިން ވިދާޅުވެފައިވަނީ މަސްވެރިކަން ތިޔާގިވެފައި ވީ ނަމަވެސް، ބާނާ މަސްކޮޅު ނުކެރި ކަނޑަށް އަޅަން ޖެހިފައިވާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

ސައީދު ވިދާޅުވީ، މަސްވެރިންނަށް ވީ ވައުދު ފުއްދުމުގައި ސަރުކާރު ފެއުލުވެފައިވާކަމަށެވެ. އަދި މިއަދު ބާނާ މަސްކޮޅަށް ހަމަ އަގު ނުލިބޭ ތާގައި ކިރޭނެ ގޮތެއް ނެތިގެން މަސްވެރިންނަށް ބާނާ މަސްކޮޅު ކަނޑަށް އަޅަން މަޖުބޫރުވެފައިވާކަމަށެވެ.

ސައީދުގެ ވާހަކަތަކަށް އީސަ ވަނީ ރައްދުދެއްވާފައެވެ.

އެގޮތުން އޭނާ ވިދާޅުވީ، ސައީދު އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރުވެސް މަސްވެރިން ކަނޑަށް މަސް އަޅަމުން ދިޔަކަމަށެވެ. ރައީސް ޔާމީންގެ ދައުރު ނިމުނު އިރުވެސް މަސްވެރިންނަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވާއިރު، މިއަދު މަސްވެރިން މަސްކަނޑަށް އަޅާ ވާހަކަދެއްކުމަކީ ލަދުވެތި ކަމެއްކަމަށް އީސަ ވިދާޅުވިއެވެ.

އަދި އެއާއި ގުޅުވާ ވިދާޅުވީ މި ސަރުކާރު ނިމެންވާއިރަށް އެ މައްސަލައަށް ހައްލު ހޯއްދަވާދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

"އަޅުގަނޑުމެންގެ މި ވެރިކަމުގެ ފަސް އަހަރު ނިމުނީމަ ދެން ރާއްޖޭގެ މަސްވެރިން ދެން ދުވަހަކުވެސް މަސް ކަނޑަށް އަޅާކަށް ނުޖެހޭނެ. އަޅުގަނޑުމެން ފަސް އަހަރު ނިންމާ މަސް ކަނޑަށް އެޅުން ހުއްޓުވާފަ"

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ

އީސަ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ނިމުނު އިރު މަސްވެރިން ކިރި މަހަށް ނުދައްކާ 40 މިލިއަން ރުފިޔާ އޮތްކަމަށެވެ. އަދި އެ ފައިސާ މަސްވެރިންނަށް ދިނީ މި ސަރުކާރުންކަމަށް އީސަ ވިދާޅުވިއެވެ.

އެވާހަކައާއި ގުޅުވާ އީސާ ވިދާޅުވީ މަސްވެރިން ބާނާ މަހަށް ފައިސާ ނުދީ ބިލު ކަރުދާސްކޮޅު ދޭ ބަޔަކަށް މި ސަރުކާރު ނުވާނެކަމަށެވެ. މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައްވެސް މި ދައުރު ނިމެންވާއިރަށް ހައްލުކޯށްދެއްވާނެކަމަށް އީސަ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

މަސްވެރިކަން ރާއްޖޭގައި ތިޔާގިވެފައިވާއިރު، މަސްވެރިން ބާނާ މަސް ނުކިރޭކަމުގެ ޝަކުވާތައް އުތުރާއި ދެކުނުގެ މަސްވެރިް ދަނީ ކުރަމުންނެވެ.

މަސްކިރާ ތަންތަނުގައި ކިއުގައި ޖެހިގެން ގިނަ އިރު އޮންނަން ޖެހޭއިރު، ފަސް ފިނިކުރާނެ އައިސް އެކަށީގެންވާ މިންވަރަށް ނުލިބޭކަމުގެ ޝަކުވާތައްވެސް މަސްވެރިން ދަނީ ކުރަމުންނެވެ. އަދި އައިސް ނުލިބުމުގެ ސަބަބުން މަސްތައް ނުކިރި ހަލާކުވުމާއި ގުޅިގެން 20 ޓަނު 30 ޓަނުން ކަނޑަށް އުކާލަމުންދާކަންވެސް މަސްވެރިން ފާހަގަކުރައްވައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބްރިޖު ހައިވޭގައި ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވި ހާދިސާ: ދެ މީހެއްގެ ފޮޓޯ އާންމުކޮށްފި
17 Oct 2026 ހަބަރު

ބްރިޖު ހައިވޭގައި ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވި ހާދިސާ: ދެ މީހެއްގެ ފޮޓޯ އާންމުކޮށްފި

މި ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ. 

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ؛ 4 މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް
17 Oct 2026 ހަބަރު

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ؛ 4 މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް

ފުލުސް އޮފިސަރަކަށް ސައިކަލުން ޖެއްސި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެއެވެ. އޮފިސަރުގެ ހާލަތު އަދި ހާމައެއް ނުކުރެއެވެ.

ސީރިއަސް ޒަހަމްތަކެއް ލިބުނު ފުލުސް އޮފިސަރުގެ ގާތަށް ދާހިލީ ވަޒީރު އަލީ އިހްސާން
17 Oct 2026 ހަބަރު

ސީރިއަސް ޒަހަމްތަކެއް ލިބުނު ފުލުސް އޮފިސަރުގެ ގާތަށް ދާހިލީ ވަޒީރު އަލީ އިހްސާން

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި އެ އޮފިސަރު ފަސްޖެހުމެއްނެތި ދެއްކެވި ހިތްވަރާއި ސާބިތުކަމަށް ވަޒީރު ވަނީ ސާބަސް ދެއްވާފައެވެ

ހެންވޭރުކޮޅުގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
17 Oct 2026 ހަބަރު

ހެންވޭރުކޮޅުގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި މަގުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް އެކި ގޮތްގޮތުން އުނދަގޫކުރަމުންދާ މި މީހާގެ މައްސަލަ މީގެކުރިންވެސް އެތައް ފަހަރަކު ފުލުހަށް ހުށަހަޅާފައިވާއިރު، ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ވަނީ އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މިއަދުވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.

ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ: ޝިޔާމް
17 Oct 2026 ހަބަރު

ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ: ޝިޔާމް

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައްޑޫސިޓީ މީދޫގައި ބޭއްވި ޚާއްޞަ ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާގައި މީދޫއަކީ ފާހަގަކޮށްލެވޭ ފަދަ ދިގު މާޒީއެއް އޮތް ރަށެއް ކަމަށެވެ.

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި
17 Oct 2026 ހަބަރު

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި

މާލެ ސަރަހައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރެވިދާނެތޯ ބެލުމަށް އެމްޑަބްލިއުއެސްސީން ދިރާސާއެއް ފަށައިފިއެވެ. މި ޓެކްނޮލޮޖީން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިން 50 އިންސައްތައަށް ދަށްކުރެވޭނެއެވެ.

ޒަކާތާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު 250 މިލިއަން ރުފިޔާ ހޯދުމަށް އަމާޒުހިފައިފި
17 Oct 2026 ހަބަރު

ޒަކާތާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު 250 މިލިއަން ރުފިޔާ ހޯދުމަށް އަމާޒުހިފައިފި

އިސްލާމިކް މިނިސްޓްރީން ބުނީ އެ އެ އިންވެސްޓްމަންޓްތަކުން ލިބޭ އާމްދަނީ ބޭނުންކުރާނީ މުވައްޒަފުންގެ މުސާރަ ނުހިމަނައި، މިނިސްޓްރީގެ އިދާރީ ހިންގުމާއި އިސްލާމީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ. މި ތަސައްވުރުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް ވަގުފްގެ 8 މަޝްރޫއެއް ނިންމުމަށް ރާވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ އެކްސިޑެންޓް
17 Oct 2026 ހަބަރު

މިއަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ އެކްސިޑެންޓް

ފުލުހުންގެ ވެބްސައިޓުގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 2،379 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ. މި އަހަރު ފުލުހުންނަށް ރިޕޯޓުކުރި ޖުމްލަ 9،912 މައްސަލައިގެ ތެރޭގައި ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތަކެވެ. އެންމެ ގިނަ މައްސަލަތަކަކީ ވައްކަމުގެ ކުށުގެ މައްސަލަތަކެވެ. އެގޮތުން، ވައްކަމުގެ 2،753 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.