ޑަބްލިޔުއެޗްއޯ ގެ އޮފީސް
ދުނިޔެ
06 Oct 2022 | 11:17
ގެމްބިއާގެ ތުއްތު ކުދިންތަކެއް ނިޔާވީ އިންޑިއާގެ "ކޮފް ސިރަޕް" އެއް ބޮއިގެން: ޑަބްލިއުއެޗްއޯ

ގެމްބިއާގެ ތުއްތު ކުދިންތަކެއް ކިޑްނީ މައްސަލަ ތަކެއް ކުރިމަތި ވުމަށްފަހު ނިޔާވީ އިންޑިޔާގެ ކުންފުންޏަކުން އުފައްދާފައިވާ ކަފް ސިރަޕް އެއް ނުވަތަ ރޯގާ އަށާއި ކެއްސާތީ ދޭ ބޭހެއް ބޮއިގެން ކަމަށް ބެލެވޭ ކަމަަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ. 

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އެދަނޮމް ވިދާޅުވީ، އެ އިދާރާއިން އެގޮތަށް ނިންމާފައިވަނީ، ދެކުނު އެފްރިކާގެ ކުޑަ އަވަށެއް ކަމަށްވާ ގެމްބިއާގައި 66 ތުއްތު ކުދިންތަކެއް ކިޑްނީ މައްސަލަ ތަކެއް ކުރިމަތި ވުމަށްފަހު ނިޔާވި މައްސަލައިގައި، އެކަމަށް ޝައްކުކުރެވޭ އެތައް ސިރަޕް އެއް ޓެސްޓް ކުރުމަށް ފަހުގައި ކަމަށެވެ. 

އަދި، ޔޫއެން އިން މިވަގުތު އަންނަނީ އެ ކަފް ސިރަޕް އުފެއްދި ކުންފުންޏެއް ކަމަށްވާ އިންޑިއާގެ ނިއު ދިއްލީގެ "މެއިޑެން ފާމަކިއުޓިކަލްސް" ތަހުލީލުތަކެއް ހަދަމުން ކަމަށްވެސް ޓެޑްރޯސް ވިދާޅުވިއެވެ. އަދި އިންޑިއާގެ މެއިޑެން ފާމަސީއިން އުފައްދާފައިވާ އެންމެހައި އުފެއްދުންތަކެއް އެ ތަކެތި ހުރި ތަން ތަނުން ނަގައި، އެ ފާމަސީ ގެ އުފެއްދުންތަކާއި މެދު ސަމާކު ވުމަށްވެސް ޑަބްލިޔުއެޗްއޯ އިން ވަނީ އިއްޔެ އަންގާފައެވެ. 

މެއިޑެން ފާމަސީގެ އުފެއްދުންތައް އަދި މިހާތަނަށް ފެނިފައިވާނީ ގެމްބިއާ އިން އެކަނި ކަމުގައި ވީނަމަވެސް، ނުރަސްމީ އެކި ގޮތްގޮތުން އެތަކެތި އެހެން ސަރަހައްދު ތަކަށްވެސް ފޯރާފައި ވުމީ ވެދާނެ ކަމެއް ކަމަށްވެސް ޑަބްލިއުއެޗްއޯ އިން ބުނެއެވެ. 

މި މައްސަލަ އާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ސަމާލު ނެރެފައިވާ ބޭސް ތަކަކީ:

• ޕްރޮމެތައިޒިން އޯރަލް ސޮލިއުޝަން Promethazine Oral Solution

• ކޮފެކްސްމަލިން ބޭބީ ކޮފް ސިރަޕް Kofexmalin Baby Cough Syrup
• މެކޮފް ބޭބީ ކޮފް ސިރަޕް Makoff Baby Cough Syrup
• މެގްރިޕް އެން ކޯލްޑް ސިރަޕް Magrip N Cold Syrup.

މި ކޮފް ސިރަޕް ތަކުގައި "ޑައިތިލީން ގްލައިކޯލް" އާއި "އެތިލީން ގްލައިކޯލް" އެކަށޭނެ މިންވަރަށް ވުރެ ގިނައިން ހުރި ކަމަށް ލެބޯޓަރީ ޓެސްޓް ތަކުން ކަށަވަރުވެފައިވާއިރު، އެ މިންވަރަށް މި މާއްދާތައް ހުރުމަކީ ނުރައްކާތެރި ކަމެއް ކަމަށާ، އަދި އޭގެ ސަބަބުން ކިޑްނީ މައްސަލަ ތައް ކުރިމަތިވުމަކީ ވެދާނެ ކަމެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ.

މިއަހަރުގެ ޖުލައި މަހުގައި ގެމްބިއާގެ ފަސް އަހަރުން ދަށުގެ ތުއްތު ކުދިންތަކަކަަށް ކިޑްނީ މައްސަލަ ތަކެއް ކުރިމަތިވެ ނިޔާވުމާއި ގުޅިގެން އެ ސަރަހައްދުގެ ސިއްހަތާބެހޭ އިދާރާތަކުން ވަނީ އެކަން ސަމާލުކަމަށް ގެނެސްފައެވެ. އަދި އެގޮތުން ކިޑްނީ މައްސަލަ ދިމާވި ކުދިންތައް ނިޔާވެފައިވާއިރު، އެކުދިންނަށް އެ މައްސަލަ ތައް ކުރިމަތިވީ, އެ ސަރަހައްދުގައި ވިއްކަން ހުރި ރޯގާ ބޭހެއް ބޭނުންކުރިތާ 4 ނުވަތަ 5 ދުވަސް ފަހުންކަން އޭރުވަނީ ފާހަގަކުރެވިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ދައުލަތުން ގެއްލުނު މުދަލާއި ފައިސާ ހޯދަން މީގެ ކުރިން މަސައްކަތްކުރި ނިޔަތް ރަނގަޅެއްނޫން: ރައީސް
ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނިޒާމީ ގޮތެއްގައި މިކަން ހަރުދަނާކުރުމަށް ކަމަށެވެ
26 Aug 2026
އިގްތިސާދު ފުޅާކުރަން މިހާތަނަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ މި ސަރުކާރުން
ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ މި ސަރުކާރަކީ އިގްތިސާދު ކުރިއެރުވުމަށް ވަރަށް އިސްކަންދޭ އެކަމުގައި “ޕްރޯ” ސަރުކާރެއް ކަމަށެވެ
26 Aug 2026
ބޭރުފައިސާގެ މައްސަލާގައި އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް
ރައީސް ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ މަސައްކަތްތަކާ ގުޅޭގޮތުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކަކީ ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ޢާންމު ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ
26 Aug 2026
ލަންކާގެ ހައިކޮމިޝަނަރު އެމް. ރިޒްވީ، ފުވައްމުލަކު އަޙްމަދު ޢަލީ ދީދީ ކްރިކެޓް ދަނޑަށް
ދަނޑަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު އެމް. ރިޒްވީ ވަނީ ފުވައްމުލަކުގައި ކްރިކެޓް ކުޅިވަރަށް އޮތް ބޮޑު ޝައުޤުވެރިކަން ފާހަގަކުރައްވާފައެވެ.
26 Aug 2026
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
ރައީސް ވަނީ ހާދިސާގެ އަސަރުކޮށްފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެޖެންސީ ޓީމުތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ
26 Aug 2026
އެއްގަމު އުޅަނދުފަހަރު ދެން އެންމެ ގިނަވެގެން ދުއްވޭނީ 20 އަހަރުވަންދެން
ބިލުގައިވާ ގޮތުން އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެއެވެ
26 Aug 2026
މިސްކިތް ތަރައްޤީކުރުމަށް ސްރީލަންކާ ސަރުކާރުން 10 މިލިއަން ރުޕީސް ދެނީ
މިސްކިތްތައް ތަރައްޤީކުރުމަށް ސަރުކާރުން ފައިސާ ދިނުމަށް ނިންމާފައިވަނީ، ހާއްސަ މުނާސަބާއަކާ ގުޅިވައިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ލަންކާގެ ކަމާބެހޭ ވުޒާރާ އާއި މުސްލިމް ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓް ގުޅިގެންނެވެ.
26 Aug 2026
ފޯމްތައް އިސްލާހްކުރަން ދޭ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ނުވަތަ ސައްހަނޫން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހުކުރަން ޖެހޭނީ "ހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.