އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
15 Jul 2024
ފެނަކައިގެ ކުރީގެ ވެރިންނަށް ތުހުމަތުކުރެވޭ ބޮޑު 6 މައްސަލައެއް ބަލަނީ
ކުރީ ސަރުކާރުގައި ފެނަކައިގެ އިސްވެރިންގެ މައްޗަށް ތުހުމަތުކުރެވޭ ބޮޑު 6 މައްސަލައެއް ބަލަމުންދާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފިއެވެ.
15 Jul 2024
ސަރުކާރުގެ ކުންފުނިތަކާ ގުޅޭ 896 މައްސަލައެއް އޭސީސީން ބަލަނީ
ސަރުކާރުގެ ކުންފުނިތަކާ ގުޅުންހުރި 896 މައްސަލައެއް ބަލަމުން އަންނަކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
14 Jul 2024
ޒިފްލީނާ ބައްލަވައިގަތް ފްލެޓުގެ މައްސަލަ އޭސީސީއަށް
ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފްލެޓެއް ބައްލަވައިގަތް މައްސަލަ، ބަލައިދޭން ދިވެހި ފުލުހުންގެ ޚިދުމަތުން, އެންޓި ކޮރަޕްޝަން ކޮމިޝަން, އޭސީސީއަށް ހުށަހަޅައިފިއެވެ. ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން, ހާމަ ކުރެއްވި ގޮތުގައި، ޒިފްލީނާ ފްލެޓް ގަތް މައްސަލައިގައި ކޮރަޕްޝަން ހިމެނޭ ކަަމަށް މީހަކު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި އެހެންކަމުން, އެކަން އިތުރަށް ތަޙްޤީގު ކުރުމަށް ވަނީ އޭސީސީއަށް ފޮނުވާފައެވެ.
10 Jun 2024
ފްލެޓު ކޮމެޓީގެ ކުރީގެ މެމްބަރުންގެ ގެތައް ފާސްކުރަނީ
ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓްތައް ދޫކުރުމުގައި އިސްކޮށް މަސައްކަތްކުރި ކޮމިޓީގައި ހިމެނޭ ބޭފުޅުންގެ ގޭގެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެ ބަލާ ފާސްކުރަން ފަށައިފިއެވެ.
30 Apr 2024
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ސަރވިސް ޗާރޓަރ އިފްތިތާހުކޮށްފި
އެންޓި- ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން މިއަދު ބުނީ އެ ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ބޭނުންވާ ފެންވަރުގައި ފޯރުކޮށްދެވޭ، ހިތްހަމަޖެހޭ ޚިދުމަތްތަކެއް ދެވޭ މުއައްސަސާއަކަށް ހެދުމުގެ މަޤުޞަދުގައި އެންޓި-ކޮރަޕްޝަންގެ ކޮމިޝަނުގެ ސަރވިސް ޗާޓަރ މިއަދު އިފްތިތާޙް ކޮށްފައިވާ ކަމަށެވެ.
25 Apr 2024
އޭސީސީގެ މަސައްކަތްތައް އަވަސްކުރުމަށް "ކާތިބު" އެޕް އިފްތިތާހުކޮށްފި
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މަސައްކަތް އަވަސްކުރުމަށް، "ކާތިބު" ނަމަކަށް ކިޔާ އެޕްލިކޭޝަނެއް އިފްތިތާހު ކޮށްފިއެވެ. އޭސީސީގެ މަސައްކަތްތައް ޑިޖިޓަލައިޒުކޮށް އޮޓޮމޭޓުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ފުރިހަމަކުރެވުނު އެއް މަސައްކަތް ކަމުގައިވާ ކާތިބު އެޕްލިކޭޝަނަކީ އޭސީސީ އިން ކުރިއަށްގެންދާ ތަޙުގީގުތަކާ ގުޅުންހުރި ބަޔާންތަކާއި ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަނެކެވެ.
18 Apr 2024
ދަޢުރުވަމުންދަނީ އޭސީސީން ފޮނުވި ފްލެޓް ލިސްޓު ނޫންކަމަށް އޭސީސީއިން ބުނެފި
މިއަދު ނެރުނު ނޫސްބަޔާނެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާކަމަށް އޭސީސީއިން ކަނޑައަޅާފައިވާ ކަމަށް ބުނާ ލިސްޓެއް މިހާރު މީސްމީޑިޔާގައި ދަޢުރުވަމުން ދާކަމަށާއި، އެ ލިސްޓަކީ އެ ކޮމިޝަނުގެ ލިސްޓު ނޫންކަން އެ ކޮމިޝަނުން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
17 Apr 2024
ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ސަބަބު ދެނެގަތުމަށް ދިރާސާއެއް ހަދަނީ!
ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި އެކަން ހުއްޓުވުމަށް ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް އެންޓިކޮރޮޕްޝަން ކޮމިޝަން ( އޭސީސީ ) އިން އެކަމަށް ޙާއްސަ ދިރާސާއެއް ހެދުމަށް ނިންމައި، އެ ދިރާސާއާ ގުޅޭ މަސައްކަތް ފަށައިފިއެވެ.