އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
07 Feb 2024
ބިންވެރިޔާ ސްކީމުގެ ދަށުން ބިންދޫކުރިގޮތް ތަހުގީގުކުރަނީ
މިދިޔަ ސަރުކާރު ނިމެމުންދަނިކޮށް ރިޔާސީ އިންތިހާބަށް ކަޑަޖަހާ އުސޫލުން ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރި ގޯތިތައް ދޫކޮށްފައިވާގޮތް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) ބުނެފިއެވެ.
07 Feb 2024
ޝަރުތު ހަމަނުވި މީހުންގެ ލިސްޓު އާއްމުކުރުމާއި މެދު ގޮތެއް ނުނިމޭ: އޭސީސީ
ނިމިދިޔަ ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރު ނިމެން ގާތްވެފައި ވަނިކޮށް "ގެދޮރު ވެރިޔާ ސްކީމު" ގެ ދަށުން ޝަރުތު ހަމަނުވާ 60 އިންސައްތަ މީހުންނަށް ފުލެޓް ދޫކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވާއިރު، އެމީހުންގެ ލިސްޓް އަދި އާއްމުކުރުމަށް ނިންމާފައި ނުވާކަމަށް އޭސީސީން ބުނެފިއެވެ.
05 Feb 2024
2400 ފުލެޓް ދޫކޮށްފައިވަނީ ޝަރުތު ހަމަނުވާ މީހުންނަށް: އޭސީސީ
ނިމިދިޔަ ރައީސް އިބުރާހިމް މުހައްމަދު ޞާލީހްގެ ސަރުކާރުގެ އެންމެފަހު ދުވަސްކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި 4000 ފުލެޓްގެ ތެރެއިން 2400 ފުލެޓް ދޫކޮށްފައިވަނީ ޝަރުތު ހަމަ ނުވާ މީހުންނަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
04 Feb 2024
"ގެދޮރުވެރިޔާ ސްކީމް" ގެ މައްސަލައާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި
ކުރީ ސަރުކާރުން 2022 ވަނަ އަހަރު "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ދޫކުރި ފްލެޓް ތަކާއި މައްސަލައާއި ގުޅޭ ގޮތުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވާފައިވާ ސިޓީ އާއި ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި މަޝްވަރާކޮށްފިއެވެ.
02 Feb 2024
‏އޭސީސީއިން ނިންމާ ނިންމުމައް އިހްތިރާމް ކުރާނަން
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފުކެޓާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން ނިންމާ ނިންމުންތަކަށް އިހްތިރާމް ކުރައްވާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
02 Feb 2024
4000 ފުކެޓް ދޫކުރުމުގެ ހުއްދަ ދީފި
ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް އިއުލާންކުރި 4000 ފުލެޓު، ދޫކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް އެންގި އެންގުން ނިމުމަކަށް ގެނެސްފި އެވެ.
30 Jan 2024
މިދިޔަ އަހަރު ސީޕީއައި ގައި ރާއްޖެ އެއް ދަރަޖަ ފަހަތަށް!
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލަ އިން ކޮންމެ އަހަރަކު ވެސް އާންމު ކުރާ އެކި ގައުމުތަކުގެ ދައުލަތް ހިންގުމުގައި ކޮރަޕްޝަން އެކުލެވޭ މިންވަރު ބަލާ "ކޮރަޕްޝަން ޕާސްޕެކްޝަން އިންޑެކްސް" (ސީޕީއައި) ގައި ރާއްޖެ އެއް ދަރަޖަ ފަހަތަށް ޖެހިލައިފިއެވެ.
22 Jan 2024
މޯލްޑިވް ގޭސް ގެ ކުރީގެ އެމްޑީގެ މައްޗަށް ރިޝްވަތު ނެގިކަމުގެ 7 އެއް ދައުވާ
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) އަބްދުﷲ މަޢުމޫނުގެ މައްޗަށް ރިޝްވަތު ނެގިކަމުގެ 7 އެއް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.