29 Nov 2023
ޕޯޓަލް އިން ޖެނެރޭޓްކުރާ މާކުސް، ފަހުން ބަދަލުކޮށްފައި އެބަހުރި
ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފުލެޓަށް އެދުނު ފަރާތްތަކަށް ލިބޭ މާކްސް، އެ ޕޯޓަލް އިން "އޮޓޯ އިން ޖެނެރޭޓްކުރާ" ނަމަވެސް، އެއަށްފަހު، އެ މާކްސް ބަދަލުކޮށް ޝަރުތު ހަމަ ނުވާ މީހުން ޝަރުތު ހަމަވެފައިވާ ކަމަށް ކަނޑައަޅާފައިވާ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.