08 Nov 2023
ފްލެޓް މައްސަލައިގައި 100 އަށް ވުރެ ގިނަ މީހުންގެ ސިޓީ އޭސީސީއަށް
ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ނެރުނު ލިސްޓާއި ގުޅިގެން މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް 100 ސިޓީ އޭސީސީއަށް ހުށައަޅައިފިއެވެ.
07 Nov 2023
ބިންތަކެއް ކުއްޔަށްދޭން އުޅޭ މައްސަލައެއްގައި އޭސީސީން އާބަންކޯއަށް!
ހުޅުމާލޭގެ ބިންތަކެއް ކުއްޔަށް ދޭން އުޅޭ މައްސަލައެއްގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯ އަށް ވަދެއްޖެ އެވެ.
06 Nov 2023
ފްލެޓްގެ މައްސަލައިގައި އޭސީސީން ހައުސިން މިނިސްޓްރީއަށް
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު، ގެދުރުވެރިޔާ ގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ 4000 ފްލެޓަށް ޝަރުތުހަަމަވާ މީހުން ކަނޑައަޅައި އާއްމުކޮށްފައިވާ ލިސްޓުގެ މައްސަލައިގެ ތަހުގީގަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން، ހައުސިން މިނިސްޓްރީއަށް ވަދެއްޖެއެވެ.
05 Nov 2023
ޝަކުވާތައް ނުބަލާ ފްލެޓު ހަވާލު ނުކުރަންއަންގައިފި
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ނުދީ ފްލެޓު އެގްރިމެންޓުގައި ސޮއި ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.
02 Nov 2023
"މަޝްރޫއުތައް ހުއްޓާލަން އަންގަނީ ގެއްލުންތަކެއް ލިބިދާނެތީ"
އިންތިޤާލީ މަރުހަލާ ކުރިއަށްދާއިރު މި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ ބައެއް މަޝްރޫއުތައް ހުއްޓާލަން އަންގަނީ އެ މަޝްރޫއުތައް ކުރިއަށް ގެންދާނަމަ ދައުލަތާއި ރައްޔިތުންނަށް އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބިދާނެކަމުގެ އިހުތިމާލު އޮތުމުންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފަ އެވެ.
01 Nov 2023
ފްލެޓުތައް ވަކި ބަޔަކަށް ބަހާލަން އުޅޭ މައްސަލަ އޭސީސީއަށް!
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތަރައްގީކުރި 4000 ހައުސިން ޔުނިޓު އެއްވެސް އުސޫލެއް ނެތި ވަކިބަޔަކަށް ބަހާލަން އުޅޭކަމަށް ބުނެ އެ މައްސަލަ ބަލާދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށައަޅައިފި އެވެ.
23 Oct 2023
ޚލިޔެކިޔުން ނައްތާލުން ހުއްޓުވުމަށް އޭސީސީން ފުލުހަށް!
ދައުލަތުގެ ލިޔެކިޔުން ނައްތައިލުން ހުއްޓުވައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދިވެހި ފުލުހުންގެ ކިނބައިން އެދިއްޖެއެވެ.
18 Oct 2023
ފެނަކައިގެ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަން އޭސީސީގައި
ދައުލަތުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނަށް ތުހުމަތުކުރެވޭ ގާތްގަނޑަކަށް 72 މިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.