އަބްދުއްރަހީމް އަބްދުﷲ
15 Apr 2023
"ވޯޓުލާ ވަގުތު އިތުރު ކުރީ ނުފޫޒު ފޯރުވައިގެންކަމަށް އީސީގެ ރައީސް އެއްބަސްވެއްޖެ"
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލާ ވަގުތު އިތުރުކުރީ ސަރުކާރުން އިލެކްޝަން ކޮމިޝަނަށް ނުފޫޒު ފޯރުވައިގެންކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު އެއްބަސްވެވަޑައިގެންފައި ވާކަމަށް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
06 Apr 2023
"ސަރުކާރުން އުޅެނީ ކޮމަންޑޫ އިންތިޚާބަށް ހެދިގޮތް ގުރައިދޫ އިންތިޚާބަށް ހަދަން"
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ހަދަމުންދަނީ މީގެ ކުރިން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ހެދިގޮތް ކަމަށް އިދިކޮޅުން ބުނެފި އެވެ.
28 Mar 2023
"ރޯދަމަހު ރައީސް ޔާމީން ކޯޓަށް ހާޒިރުކުރީ ތަކުލީފެއް ޖައްސަން"
އޮންލައިންކޮށް ކުރިއަށް ގެންދެވެން އޮތް ޝަރީއަތަކަށް ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހާޒިރުކޮށްގެން ކުރިއަށް ގެންދިޔައީ އެމަނިކުފާނަށް ކޮންމެވެސް ގޮތަކުން ތަކުލީފެއް ޖެއްސުމަށްކަމަށް އިދިކޮޅުން ބުނެފިއެވެ.
18 Mar 2023
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާމެދު އެހެން ޕާޓީތަކުން ސުވާލު އުފައްދާނެކަމެއް ނެތް"
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ނެތްކަމަށް މިވަގުތު އިދިކޮޅު އިއްތިހާދު ހިންގެވުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
15 Mar 2023
"ރައީސް ޔާމީން ނޫން ކެންޑިޑޭޓެއް ނެރުމަށް އެދިފައެއް ނުވާނެ"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ނޫން އެހެން ކެންޑިޑޭޓެއް ނެރުމަށް އިދިކޮޅު އިއްތިހާދުން އެމަނިކުފާނުގެ ލަފާފުޅަކަށް އެދިވަޑައިގެންފައި ނޯންނާނެކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
11 Mar 2023
"ގުރައިދޫ ދާއިރާގެ ރައްޔިތުން ތިބީ މަރުހޫމް ރިޒާގެ އާއިލާގެ ނިންމުމާ އެއްގޮތަށް ކުރިއަށްދާން"
ގުރައިދޫ ދާއިރާގެ ރައްޔިތުން ތިބީ މަރުހޫމު އިބްރާހިމް ރިޒާގެ އާއިލާއިން ނިންމަވާ ކޮންމެ ނިންމެވުމަކާއެކު ކުރިއަށްދާން ތައްޔާރަށްކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
08 Mar 2023
"ހައިކޯޓުގެ ރަޖިސްޓްރާ އިދިކޮޅާއި ބައްދަލު ނުކުރަނީ ސަރުކާރުން އަންގައިގެން"
ހައިކޯޓުގެ ރަޖިސްޓްރާ ވާދަވެރި ސިޔާސީ ޕާޓީގެ ލީޑަރުންނާއި ބައްދަލު ނުކުރައްވަނީ ޖޭއެސްސީން އަންގައިގެންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
08 Mar 2023
"ޖޭއެސްސީ އިސްލާޙުކުރުން ފަސް ކުރަނީ ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަން"
ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ގައި ސިޔާސީ މީހުންނަށް ނުތިބެވޭގޮތަށް ކޮމްޕޮސިޝަން ބަދަލުކޮށް ޖޭއެސްސީ އިސްލާހުކުރުން ސަރުކާރުން ފަސްކުރަނީ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްކަމަށް ވާދަވެރި ސިޔާސީ ޕާޓީން ބުނެފި އެވެ.