އަބްދުއްރަހީމް އަބްދުﷲ
17 Jan 2023
"އެމްޑީޕީ، ރައީސް ޔާމީނަށް ދުވަހަކުވެސް ހެވެއް ނޭދޭނެ،"
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަކީ ދުވަހަކުވެސް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހެޔޮއެދޭނެ ޕާޓީއެއް ނޫންކަން ރައްޔިތުން ހަނދާން ނައްތާނުލުމަށް އިދިކޮޅުން އެދިއްޖެ އެވެ.
16 Jan 2023
"ޕީޕީއެމް އޮތީ ބަދަހިކޮށް، ބައިބައި ކުރާކަށް ޖާގައެއް ނުދޭނަން"
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނެވި މި ދަނޑިވަޅުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަން ބައި ބައި ކުރަން އެއްވެސް ފަރާތަކަށް ޖާގަ ނުދެއްވާނެކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
12 Jan 2023
"ޝަރީއަތުގެ ރިޕޯޓް ނުދެނީ އިންޑިއާއިން ހުއްދަ ނުދޭތީ ކަމަށް ވެދާނެ"
ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ދައުލަތުން ޖުރި ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް އަދިވެސް ޔާމީންގެ ވަކީލުންނާއި ހަވާލު ނުކުރަނީ އިންޑިޔާ އިން ހުއްދަ ނުދޭތީ ކަމަށްވެސް ވެދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ.
25 Dec 2022
“މިއީ އިންޑިއާ ސަރުކާރުން ބުނެގެން ކުރި ހަރާމް ހުކުމެއް؛ ހުރިހާ ސަޕޯޓަރުން މާލެ އަރާ”
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ އާރަށް މައްސަލާގައި ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި ދެކޮޅަށް އެމަނުކުފާނުގެ ހުރިހާ ސަޕޯޓަރުން ނުކުތުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.
15 Dec 2022
"މަރު ކޮމިޝަނުން ކުރިން ބުނީ ރިޟްވާންގެ މައްސަލައާއި ރައީސް ޔާމީނާއި ގުޅުވޭނެ ހެއްކެއް ނެތްކަމަށް"
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި ގުޅުވޭނެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެންމެ ފުރަތަަމަ އެކުލަވައިލެއްވި މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެެއެވެ.
15 Dec 2022
"އިންޑިއާއިން ނަގާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓުތައް ގަވަރުނަރަށްވެސް އެނގިވަޑައިނުގަންނަވާ"
އިންޑިއާއިން ނަގަމުންދާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓުތަކަކީ ކޮބައިކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމަށް ވިދާޅުވެނުދެއްވުނުކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފިއެވެ.
13 Dec 2022
"މި ސަރުކާރު ވައްކަން ކުރަނީ ރާވައިގެން، މުލުގައި ހުންނެވީ ސޯލިހު"
މި ސަރުކާރުން ވައްކަން ކުރަނީ އެންމެން ގުޅިގެންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
06 Nov 2022
ރައްޔިތުން ތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ކެތް މަދުވެފަ: އަބްދުއްރަހީމް
އިއްޔެ ބޭއްވި އިދިކޮޅު ކޯލިޝަންގެ ދާއިރާތަކުގެ އިންތިޚާބުންވެސް އެނގިގެން ދިޔައީ، ރައްޔިތުން ތިބީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ގެންނަން ކެތްމަދުވެފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެެއެވެ.