އަބްދުއްރަހީމް އަބްދުﷲ
11 May 2023
"ސިޔާސީ ޚިޔާލުތަފާތުވުމަކީ ޤައުމީ ވިސްނުން ތަފާތުވާން ޖެހޭ ސަބަބެއް ނޫން"
ސިޔާސީ ޚިޔާލުތަފާތުވުންތަކަކީ ޤައުމީ ކަންކަމުގައި ގެންގުޅޭ ވިސްނުން ތަފާތުވާން ޖެހޭ ސަބަބެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
01 May 2023
"ސަރުކާރުގެ އަމާޒަކީ ރައީސް ޔާމީން ސިޔާސީ މައިދާނުން ގެއްލުވާލުން"
މި ސަރުކާރުގެ އަމާޒަކީ ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ސިޔާސީ މައިދާނުން ގެއްލުވާލުންކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
26 Apr 2023
ކޮތަޅު ޖަލްސާ ފަސްކޮށް ހުކުރު ދުވަހުގެ ރޭ އިދިކޮޅުން ބާއްވަނީ "ޗަ ގޯސް" ޖަލްސާ!
ފޯޅަވަހި މައްސަލައިގައި ދައުލަތުގެ ސްޓޭންޑު ބަދަލުކުރުމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރަމުންދާ މި ދަނޑިވަޅުގައި ޤައުމީ މަސްލަހަތު އިސްކޮށް ހުކުރު ދުވަހުގެ ރޭ އިދިކޮޅުން ފޯޅަވަހި މައްސަލައާއި ގުޅިގެން "ޗަ ގޯސް" ގެ ނަމުގައި ޚާއްސަ ޖަލްސާއެއް ބާއްވާނެކަން އިއުލާނުކޮށްފި އެވެ.
24 Apr 2023
ޕީޕީއެމުން ބާއްވާ "ކޮތަޅު" ޖަލްސާ ހުކުރު ދުވަހު
ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށުމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ އަޑު އިއްވައި ދިނުމަށް އަންނަ ހުކުރު ދުވަހު "ކޮތަޅު"ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
19 Apr 2023
"ދޮގު ޚަބަރު ފަތުރަނީ ޕީޕީއެމް ބައިކުރަން، އަޑީގައި އޮތީ ސަރުކާރު"
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ގުޅިގެން ޕާޓީގެ ލީޑަަޝިޕްގައި ޚިޔާލުތަފާތުވުންތަކެއް އުޅޭކަމަށް ބުނެ މީޑިއާތަކުގައި ޚަބަރުތައް ފަތުރަމުންދަނީ ޕީޕީއެމް ބައިބައި ކުރުމަށް ކަމަށާއި، އެކަމުގެ ފަހަތުގައި އޮތީ ސަރުކާރު ކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
19 Apr 2023
"ރަމީޒުގެ ސުލޫކީ މައްސަލައާއި ރިޔާސީ ޓިކެޓާއި ގުޅުމެއް ނެތް"
އާދަމް ރަމީޒުގެ ސުލޫކީ މައްސަލައެއް ބަލަން ފެއްޓީ ފަހަރެއްގައި ރިޔާސީ ޓިކެޓާއި ގުޅިގެން، ނުވަތަ އެފަދަ މައްސަލައަކާއި ގުޅުމެއް އޮތް ކަމެއްގައި ނޫން ކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
15 Apr 2023
"ވޯޓުލާ ވަގުތު އިތުރު ކުރީ ނުފޫޒު ފޯރުވައިގެންކަމަށް އީސީގެ ރައީސް އެއްބަސްވެއްޖެ"
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލާ ވަގުތު އިތުރުކުރީ ސަރުކާރުން އިލެކްޝަން ކޮމިޝަނަށް ނުފޫޒު ފޯރުވައިގެންކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު އެއްބަސްވެވަޑައިގެންފައި ވާކަމަށް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
06 Apr 2023
"ސަރުކާރުން އުޅެނީ ކޮމަންޑޫ އިންތިޚާބަށް ހެދިގޮތް ގުރައިދޫ އިންތިޚާބަށް ހަދަން"
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ހަދަމުންދަނީ މީގެ ކުރިން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ހެދިގޮތް ކަމަށް އިދިކޮޅުން ބުނެފި އެވެ.