ހަސަން
ކުޅިވަރު ނޫސްވެރިއެއް
ހަސަން
24 Feb 2025
ވިނީ އަދި މޮޑްރިޗްގެ ލަނޑުތަކާއެކު ޖިރޯނާ އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް
ސްޕެނިޝް ލަލީގައި އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޖިރޯނާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއި ޕޮއިންޓްގެ ގޮތުން އަރައި ހަމަކޮށްފި އެވެ.
23 Feb 2025
ރަށުން ބޭރުގައި އާސެނަލް ބަލިކޮށް ވެސްޓްހަމް އިން ރެލިގޭޝަން ޒޯނާއި ފެއަށް ޖެހިލައިފި
އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށް ވެސްޓްހަމް ޔުނައިޓެޑުން ރެލިގޭޝަން ޒޯނާއި ފެއަށް ޖެހިލައިފިއެވެ.
23 Feb 2025
ރަށުން ބޭރުގައި އެވަޓަން އަތުން ޔުނައިޓެޑަށް މޮޅެއް ނުވެވުނު
އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި އެވަޓަން އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ އަނެއްކާވެސް އެޓީމަށް މުހިންމު ދެޕޮއިންޓް ގެއްލިއްޖެއެވެ.
22 Feb 2025
ޗެންޕިއަންސް ލީގު: ކުއާޓާ ފައިނަލްގައި ބާސެލޯނާއި ބެންފީކާ ވާދަކުރަން ޖެހިއްޖެ
ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ގުރުލުން ހުކުރު ދުވަހު ބޭއްވިއިރު، ސްޕެއިންގެ ބާސެލޯނާއި ޕޯޗުގަލްގެ ބެންފީކާ ވާދަކުރަން ޖެހިއްޖެއެވެ.
22 Feb 2025
50މ ބެކްސްޓްރޯކް އަދި 50މ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢުލްޔާ އައުކޮށްފި
އޮސްޓްރޭލިއާ ގައި މިހާރު ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ (ސްވިމިންގ ވެސްޓަރން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެމްޕިއަންޝިޕްސްގައި އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އަދި 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢާއިޝަަތު ޢުލްޔާ ޝާއިޤް އައުކޮށްފިއެވެ.
22 Feb 2025
200 އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި
ޔޫކޭ ގައި މިހާރު ކުރިއަށްދިޔަ ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްސް ގައި ރާއްޖެގެ މިރާލް ޢައިން ލަތީފް އަންހެނުންގެ ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އަދި އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ.
21 Feb 2025
އިންޓަ އޮފީސް ބިލިއާޑް މުބާރާތް: އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ބީއެމްއެލް އިން ހޯދައިފި
12 ވަނަ އެމްއައިބީ އިންޓަރ އޮފީސް ބިލިއަރޑް މުބާރާތުގެ ޓީމް އިވެންޓުގެ އަންހެން ޑިވިޝަން ފައިނަލުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބީއެމްއެލް އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
21 Feb 2025
އިންޓަ އޮފީސް ބިލިއާޑް މުބާރާތް: ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ސްޓެލްކޯ އިން ހޯދައިފި
12 ވަނަ އެމްއައިބީ އިންޓަރ އޮފީސް ބިލިއަރޑް މުބާރާތުގެ ޓީމް އިވެންޓުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބަލިކޮށް ސްޓެލްކޯއިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
20 Feb 2025
ޗެންޕިއަން ރެއާލް އަތުން ބަލިވެ މެންޗެސްޓާ ސިޓީ ޗެންޕިއަންސް ލީގުން ކަޓައިފި
ޔުއެފާ ޗެންޕިއަންސް ލީގު ޕްލޭއޮފްގައި އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑް އަތުން 6-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވި، އިނގިރޭސި ޕްރެމިއާ ލީގު ޗެންޕިއަން މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފިއެވެ.
20 Feb 2025
އެސްޓަންވިލާއި އެއްވަރުވެ ލީޑުފުޅާކުރުމަށް ލިބުނު ފުރުސަތު ލިވަޕޫލް އިން ނަގާލައިފި
އިނގިރޭސި ޕްރެމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެސްޓަން ވިލާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-2 ނަތީޖާއަކުން އެއްވަރުވެ، ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލައިފިއެވެ.
19 Feb 2025
ބަޔާން ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރިއިރު، އޭސީ މިލާން މުބާރާތުން ކަޓައިފި
ޔުއެފާ ޗެންޕިއަންސް ލީގު ޕްލޭއޮފް ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުތަކަށްފަހު އޭސީ މިލާން މުބާރާތުން ކެޓިއިރު، ބަޔާން މިޔުނިކް މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ޖެހިޖެހިގެން 17 ފަހަރަށް ހޯދައިފިއެވެ.
18 Feb 2025
ލީގުގައި ލެވަންޑޮސްކީ ކާމިޔާބުކުރި 20 ވަނަ ލަނޑާއެކު ބާސެލޯނާ އެއްވަނައަށް
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ރަޔޯ ވަޔޮކާނޯ ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
17 Feb 2025
ޔުނައިޓެޑް ބަލިކޮށް ޓޮޓެންހަމް އިން ގަދަ 10 ގެ އުންމީދު ދަމަހައްޓައިފި
އިނގިރޭސި ޕްރެމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޓޮޓެންހަމް އިން ލީގު ތާވަލުގެ 12 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
17 Feb 2025
ވާދަވެރި ކުޅުމަކަށްފަހު ވުލްވްސް ބަލިކޮށް ލިވަޕޫލުން ލީޑު ފުޅާކޮށްފި
އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗު، ވާދަވެރި ކުޅިމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލުން ލީގު ތާވަލުގެ ކުރީގައި ބޮޑު ލީޑެއް ނަގައިފިއެވެ.
16 Feb 2025
ޑިއާލޯއަށް އަނިޔާވެ ޔުނައިޓެޑަށް އިތުރު މަޔޫސްކަމެއް
ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އައިވަރީކޯސްޓްގެ ހުނަރުވެރި ފޯވާޑް، އަމަދު ޑިއާލޯއަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
15 Feb 2025
ހަފްތާއެއްގެ ތެރޭގައި ބްރައިޓަން އިން ޗެލްސީ ދެވަނަ ފަހަރަށް ބަލިކޮށްފި
އިނގިރޭސި ޕްރެމިއާ ލީގުގައި ހުކުރު ދުވަހުގެ ރޭ ރަށުން ބޭރުގައި ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ.
14 Feb 2025
"މީމުތާ ފުޓްސަލް ޗެލެންޖް 2025"ނަމުގައި މާލޭގެގައި ފުޓްސަލް މުބާރާތެއް ބާއްވަނީ
ޓޯނަމެންޓް އެމްވީގެ ފަރާތުން އިންތިޒާމުކޮށް ހުޅުމާލޭ ސިޓީގައި ކުރިއަށް އޮތް ރޯދަމަހު "މީމުތާ ފުޓްސަލް ޗެލެންޖް 2025" ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
13 Feb 2025
ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ސީއައިސީ އައިޔޫ އިން ހޯދައިފި
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ އަންހެން ޑިވިޝަން ފައިނަލުގައި މިރޭ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑް އިންވެސްޓިގޭޝަން ޔޫނިއަން (ސީއައިސީ އައިޔޫ) އާއި މާލޭ ފުރޮންޓްލައިން ޕޮލިސް (އެމްއެފްޕީ) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 5-7 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެންޕިއަންކަން ސީއައިސީ އައިޔޫ އިން ހޯދައިފިއެވެ.
13 Feb 2025
ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް ފިރިހެން ޑިވިޝަން ޗެންޕިއަންކަން އެސްއޯއާރުސީ އިން ހޯދައިފި
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ ފިރިހެން ޑިވިޝަން ފައިނަލްގެ މެޗުގައި ސްޕެޝަަލް އޮޕަރޭޝަންސް ރެކްރިއޭޝަން ކުލަބު (އެސްއޯއާރުސީ) އާއި ސްޕެޝަަލް ކުލަބު ޕްރޮޓެކްޝަން ޑިޕާޓްމަންޓް (ކުލަބު އެސްޕީޑީ) ވާދަކުރި މެޗު 12-17 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެންޕިއަންކަން އެސްއޯއާރުސީ އިން ހޯދައިފިއެވެ.
13 Feb 2025
މިއަހަރުގެ އެތްލެޓިކްސް ކަލަންޑަރުގައި 11 މުބާރާތެއް ހިމަނައިފި!
އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން 2025 ވަނަ އަހަރު ބޭއްވުމަށް ތާވަލުކޮށްފައިވާ މުބާރާތްތަކުގެ ކަލަންޑަރު މިއަދު އާންމުކޮށްފިއެވެ.
13 Feb 2025
ލިވަޕޫލައި އެވަޓަންގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު
އިނިގިރޭސި ޕްރެމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެވަޓަން އާއި ދެކޮޅަށް ލިވަޕޫލުން ކުޅުނު ފޯރިގަދަ މެޗު 2-2 ގެ ނަތީޖައަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
12 Feb 2025
ޕީސީ ގާލްސް ކަޓުވާލުމަށްފަހު ފައިނަލްގެ ދެވަނަ ޖާގަ ސީއައިސީއައިޔޫ އިން ހޯދައިފި
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ އަންހެން ޑިވިޝަން ސެމީ ފައިނަލް ދެވަނަ މެޗުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާން އިންވެސްޓިގޭޝަން ޔޫނިއަން (ސީއައިސީއައިޔޫ) އާއި ސީޕީ ގާލްސް ވާދަކުރި މެޗު 13-8 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ސީއައިސީއައިޔޫ އިން ހޯދައިފިއެވެ.
12 Feb 2025
އެސްއޯއާރުސީ ހާޓް ބީޓް ބަލިކޮށް އެމްއެފްޕީ ފައިނަލުން ޖާގަހޯދައިފި
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ އަންހެން ޑިވިޝަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސްޕެޝަލް އޮޕަރޭޝަންސް ރެކްރިއޭޝަން ކުލަބު ހާޓް ބީޓް (އެސްއޯއާރުސީ ހާޓް ބީޓް) އާއި މާލޭ ފްރޮންޓްލައިން ޕޮލިސް (އެމްއެފްޕީ) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 6-7 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ އެމްއެފްޕީ އިން ކަށަވަރުކޮށްފިއެވެ.
12 Feb 2025
މެޗުގެ އެންމެ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ރެއާލް އިން ސިޓީ ބަލިކޮށްފި
ޔުއެފާ ޗެންޕިއަންސް ލީގު ޕްލޭއޮފް ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖައަކުން މެންޗެސްޓާ ސިޓީ ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ރައުންޑް އޮފް 16 ގެ ފުރުސަތު ބޮޑުކޮށްފިއެވެ.
11 Feb 2025
ވާދަވެރި ކުޅުމަކަށްފަހު އެމްއެފްޕީ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ އެސްއޯއާރުސީ އިން ހޯދައިފި
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ ފިރިހެން ޑިވިޝަން ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ސްޕެޝަަލް އޮޕަރޭޝަންސް ރެކްރިއޭޝަން ކުލަބު (އެސްއޯއާރުސީ) އާއި މާލޭ ފްރޮންޓްލައިން ޕޮލިސް (އެމްއެފްޕީ) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 23-18 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލުގެ ވަނަ ޖާގަ އެސްއޯއާރުސީ އިން ހޯދައިފިއެވެ.
11 Feb 2025
އެޗްއެމްޕީ ކަޓުވާލުމަށްފަހު ފައިނަލުގެ ފުރަތަމަ ޖާގަ އެސްޕީޑީ އިން ހޯދައިފި
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ ފިރިހެން ޑިވިޝަން ސެމީފައިނަލް ފުރަތަަމަ މެޗުގައި ކުލަބު ސްޕެޝަަލް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (ކުލަބު އެސްޕީޑީ) އާއި ހުޅުމާލޭ ޕޮލިސް (އެޗްއެމްޕީ) ވާދަކުރި މެޗު 12-8 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކުލަބު އެސްޕީޑީ އިން ކަށަވަރުކޮށްފިއެވެ.
10 Feb 2025
ފަސޭހަކަމާއެކު ސީއައިސީ ކަނބަލުން ބަލިކޮށް ސެމީގެ ފަހު ޖާގަ ޕީސީ ގާލްސްއަށް
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ އަންހެން ޑިވިޝަން ކުއާޓާ ފައިނަލް ހަތަރުވަނަ މެޗުގައި ޕީސީ ގާލްސް އާއި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްސް ކަނބަލުން (ސީއައިސީ ކަނބަލުން) ވާދަކުރި މެޗު ފަސޭހަކަމާއެކު 7-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެމީގެ ފަހު ޖާގަ ޕީސީ ގާލްސް އިން ހޯދައިފިއެވެ.
10 Feb 2025
އެމްއެފްޕީ އަތުން ބަލިވެ ފޮރެންސިކް ފްރެންޑްސް މުބާރާތުން ކަޓައިފި
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ އަންހެން ޑިވިޝަން ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި 16-8 ގެ ނަތީޖާއަކުން މާލޭ ފްރޮންޓް ޕޮލިސް (އެމްއެފްޕީ) އަތުން ބަލިވެ ފޮރެންސިކް ފްރެންޑްސް މުބާރާތުން ކަޓައިފިއެވެ.
10 Feb 2025
ލިއުޝާގެ މޮޅުކުޅުމާއެކު ކުލަބު އެޗުއާރު ބަލިކޮށް ސީއައިސީ އައިޔޫ ސެމީފައިނަލަށް
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ އަންހެން ޑިވިޝަން ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާން އިންވެސްޓިގޭޝަން ޔޫނިއަން (ސީއައިސީއައިޔޫ) އާއި ކުލަބު އެޗުއާރު ވާދަކުރި މެޗު 14-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސީއައިސީއައިޔޫ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
10 Feb 2025
ޑީސީއައިއެސްޑީ ކަޓުވާލުމަށްފަހު އެސްއޯއާރުސީ ހާޓް ބީޓް ސެމީފައިނަލުން ޖާގަހޯދައިފި
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ އަންހެން ޑިވިޝަން ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ސްޕެޝަލް އޮޕަރޭޝަންސް ރެކްރިއޭޝަން ކުލަބު ހާޓް ބީޓް (އެސްއޯއާރުސީ ހާޓް ބީޓް) އާއި ޑިޕްލޮމެޓިކް ކްރެޓިކަލް އިންފްރާސްޓްރަކްޗަރ ސެކިއުރެޓީ ޑިޕާޓްމަންޓް ރެކްރިއޭޝަން ކުލަބު (ޑީސީއައިއެސްޑީއާރުސީ) ވާދަކުރި މެޗު 13-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެސްއޯއާރުސީ ހާޓް ބީޓް މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.