ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނީ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
04 Oct 2026
ޑައިހައިޑްރޮޖެން މޮނޮކްސައިޑަކީ ފެނުގެ ކެމިކަލް ނަން: އެމްއެފްޑީއޭއިން
ރާއްޖޭގައި ބަންދުކޮށްގެން ވިއްކާ ބޯފެނުގައި ނުރައްކާތެރި ކެމިކަލެއް ހުރި ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، "ޑައިހައިޑްރޮޖެން މޮނޮކްސައިޑް" އަކީ އާދައިގެ ފެނުގެ ކެމިކަލް ނަން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފިއެވެ.
04 Oct 2026
ޚަރަދުތައް ކުޑަކޮށް، ފީވަކު ކައުންސިލުން އެޅީ ގެސްޓްހައުސްއެއް
ދައުލަތުން ދޭ ބަޖެޓުން ކުރާ ޚަރަދުތައް ކުޑަކޮށް، ފައިސާ ރައްކާކޮށްގެން ށ. ފީވަކު ކައުންސިލުން އެ ރަށުގައި ތަރައްޤީކުރި ފުރަތަމަ އެކޮމޮޑޭޝަން ބްލޮކް، ގެސްޓްހައުސް، ހިންގުމަށް އަމިއްލަ ފަރާތަކާ ހަވާލުކޮށް، ކައުންސިލަށް އާމްދަނީ ލިބޭނެ ދާއިމީ ދޮރެއް ހުޅުވާލައިފިއެވެ.
04 Oct 2026
ބަނގުރާ ވިއްކި ބިދޭސީ ދެ މީހަކު ހައްޔަރުކޮށްފި
މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ހިންގި އިންޑިއާ އަދި ލަންކާގެ ދެ މީހަކު ހައްޔަރުކޮށް، 1677 ފުޅި ބަނގުރަލާއި މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
04 Oct 2026
ޝަމްޢޫން ޙަމީދު އެޗްއާރުސީއެމްގެ މެންބަރުކަމަށް ޢައްޔަންކުރައްވައިފި
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ޝަމްޢޫން ޙަމީދު ރައީސް ޑޮކްޓަރ މުޢިއްޒު މިއަދު ޢައްޔަންކުރައްވައި، ރައީސް އޮފީހުގައި ހުވާ ލައިދެއްވައިފިއެވެ.
04 Oct 2026
ކައުންސިލްގެ މުދަލާއި ސިޔާސީ ފިކުރު ޕްރޮމޯޓް ކުރަން ބޭނުންނުކުރަން އެދިއްޖެ
ސިޔާސީ ފިކުރު ކުރިއެރުވުމަށް ކައުންސިލް އިދާރާތަކުގެ މުދަލާއި ބިން ބޭނުންކުރުމަކީ ލާމަރުކަޒީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ އެފަދަ ޢަމަލުތައް ހުއްޓައިލުމަށް އެލްޖީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
04 Oct 2026
އިސްރާއީލު މީހުންނަށް ޚާއްސަ ކެފޭތަކެއް ހިންގާތީ ރައްޔިތުން ރުޅިގަދަވެއްޖެ
އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ހަމައެކަނި އިސްރާއީލުގެ ރައްޔިތުންނަށް ވަދެވޭ ގޮތަށް ޚާއްޞަކޮށްގެން ހިންގާ ކެފޭތަކާއި ވިޔަފާރިތައް އިތުރުވަމުންދާތީ، އެ ޤައުމުގެ ޢާންމު ރައްޔިތުންނާއި އެކްޓިވިސްޓުން ރުޅިގަދަވެއްޖެއެވެ.
04 Oct 2026
ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟
މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލްޗަރާއި ލޯ-ފެޓް ކާނާތަކުގެ ސަބަބުން، ސަރުބީއަކީ އެއްކޮށް ނައްތާލަންޖެހޭ އެއްޗެއްގެ ގޮތުގައި ވަނީ ދެކެވިފައެވެ. އަދި ބަރުދަން ލުއިކުރާ ބޭސްތަކުގެ ސަބަބުން ބޮޑުތަކުން ހަށިގަނޑު ހިއްކާލުމުގެ ޓްރެންޑް އަނެއްކާވެސް މިވަނީ އާލާވާން ފަށާފައެވެ.
04 Oct 2026
ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި
އެމެރިކާގެ ޓެނެސީ ސްޓޭޓުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ޤައިދީއެއް ކަމަށްވާ ކްރިސްޓާ ޕައިކްގެ ގަޔަށް ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާ ހޭނެތިފައިވާ ހާލުގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދާ ކަމަށް އޭނާގެ ވަކީލުން ބުނެފިއެވެ.
04 Oct 2026
ފުވައްމުލަކަށް އިތުރު އާރޯ ޕްލާންޓެއް؛ ފެން އުފެއްދުމުގެ ޤާބިލުކަން އިތުރުވާނެ
އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އާރޯ ޕްލާންޓް އޮޕަރޭޝަނަށް ގެނައުމާއެކު، ފުވައްމުލަކުގައި ފެން އުފެއްދުމުގެ ޤާބިލުކަން ގާތްގަނޑަކަށް 90 އިންސައްތަ އިތުރުވެގެންދާނެ ކަމަށެވެ.
03 Oct 2026
ގޭމްބްލިންގގެ ވަބާގައި ޖެހި، ދިރިއުޅުން ހަލާކުވެގެންދިޔަ ވާހަކަ
މިފަހަކަށް އައިސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އާންމުވަމުންދާ ޖުވާކުޅުން (ގޭމްބްލިންގް) ގެ ސަބަބުން ދިރިއުޅުން އެފުށްމިފުށަށް ޖެހި، ހުރިހާ އުފަލަކުން މަހްރޫމްވި ދިވެހި ޒުވާނަކު މިވަނީ އޭނާގެ ހިތްދަތި ވާހަކަތައް މުޅި މުޖުތަމަޢާ ހިއްސާކޮށްފައެވެ. އޭނާގެ މަޤްޞަދަކީ ކުށުގެ ބަދަލު ދިނުމާއި، އޭނާގެ ތަޖުރިބާއިން އެހެން ޒުވާނުންނަށް ޢިބުރަތެއް ހޯދައިދިނުމެވެ.
02 Oct 2026
އެއާޕޯޓުގެ ސްކްރީނިންގައި ހުސް ދޯރިއެއް ފެނިއްޖެ
ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ދިޔަ ދިވެހި ފިރިހެނެއްގެ އަތުން ސެކިއުރިޓީ ސްކްރީނިންގެ ތެރެއިން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
02 Oct 2026
"ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައިފި
ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ގުޅުންތައްބަދަހިކުރުމަށް، "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި އެޗްޑީސީއާއި ހެލްތު މިނިސްޓްރީ ގުޅިގެން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
02 Oct 2026
އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ހެދުން އަޅާނަމަ ފިޔަވަޅު އަޅާނެ
ދިވެހިރާއްޖޭގައި އުޅޭއިރު އާންމު އިޖުތިމާއީ އަދި އަޚްލާޤީ މިންގަނޑުތަކާ ޚިލާފަށް، ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ޚިދުމަތުން ދީފިއެވެ.
02 Oct 2026
ތަކުލީފުތަކަކަށް އޮތް ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން
މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
02 Oct 2026
ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި
އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ޢުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 105 މީހެއްގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުން ހޯދައި، އެމީހުންގެ ޖަނާޒާ ބާއްވައި ފަސްދާނުލައިފިއެވެ.
02 Oct 2026
މަސްކް އަލުން ޓްރަމްޕްގެ ސަރުކާރުގެ މަގާމަކަށް
ދުނިޔޭގެ މަޝްހޫރު ބިލިއަނަރު އީލޮން މަސްކް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ރަސްމީކޮށް ލަފާއެރުވުމުގެ މަސައްކަތަށް އަލުން އެނބުރި އަތުވެއްޖެއެވެ. މަސްކް މިފަހަރު ހަވާލުވީ އެމެރިކާގެ ޕެންޓަގަން އިން ކުރިއަށްގެންދާ ހަނގުރާމަތަކުގެ ކުރިމަގާ ބެހޭ ޚާއްސަ ދިރާސާއެއްގެ އިސް ވެރިއެއްގެ ޒިންމާއާއެވެ.
02 Oct 2026
ރޮނާލްޑޯގެ 7 ނަންބަރު ޖާޒީގައި ދެން ފެންނާނީ ރަފައެލް ލެއާއޯ
ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކޯޕަންހޭގަންގައި ކުޅުނު މެޗަށް ޕޯޗުގަލްގެ ސްކޮޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީވެ، އޭނާގެ މަޝްހޫރު 7 ނަންބަރު ޖާޒީ ރަފައެލް ލެއާއޯ އަށް ދީފިއެވެ.
02 Oct 2026
ޚާރިޖީ ސިޔާސަތުގައި އިންޑިޔާ އެންމެ އިސްކުރަންޖެހޭ
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަވަށްޓެރި އިންޑިއާއަށް އެންމެ އިސްކަންދޭން ޖެހޭ ކަމަށާއި، އެއީ ދިވެހިންނަށް ދެވޭ އެއްވެސް ނިކަމެތިކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
02 Oct 2026
ރަސްމާލެ މަޝްރޫޢުއެއް ކުރިއަށް ދިއުމަށް އެމްޑީޕީން ޖާގަ ދީގެން ނުވާނެ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ (ފުށިދިއްގަރުފަޅު) މަޝްރޫޢަކީ ސިއްރު އެއްބަސްވުމެއްގެ ދަށުން ހިންގާ ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އެ މަޝްރޫޢު ކުރިއަށްގެންދަން އެއްވެސް ޖާގައެއް ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
02 Oct 2026
މަސްޖިދުއްނަބަވީއަށް ކަރަންޓު ފޯރުކޮށްދޭ ސްޓޭޝަނަކަށް ހޫޘީން ހަމަލާދީފި
ޔަމަނުގައި ހަރަކާތްތެރިވާ އީރާނުގެ ވާގިވެރިކަން ލިބޭ ހޫޘީ ޖަމާއަތުން، މާތްވެގެންވާ މަދީނާގައި ހުންނަ ކަރަންޓު ފޯރުކޮށްދޭ މަރުކަޒަކަށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ސައުދީ އިސްވެ އޮންނަ އަރަބި ކޯލިޝަނުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.
01 Oct 2026
އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމު އުވައިލަނީ
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅާ އާ އަސާސީ ގަވާއިދުގައި ރައީސާއި ނައިބު ރައީސްގެ މަގާމު އުވައިލައި، ޕާޓީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ޗެއާޕާސަން ހަމަޖެއްސުމަށް ވަނީ ހިމަނައިފައެވެ.
01 Oct 2026
މަޖިލީހުގެ ތިންވަނަ ދައުރު ހޯމަ ދުވަހު ފަށަނީ
ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާއިރު، ފުރަތަމަ ޖަލްސާގައި މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަނުކުރުމާއި އެންޓި-ކޮރަޕްޝަން މުޢާހަދާގެ މައްސަލަ ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
01 Oct 2026
ގަވާއިދާ ޚިލާފަށް ޕާކުކުރާ ކޮންމެ ފަހަރު 500ރ ޖޫރިމަނާއެއް އަންނާނެ
ގަވާއިދާ ޚިލާފަށް ޕާކުކުރާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާކުރުމާއި، ނުރައްކާތެރިކޮށް ދުއްވައިގެން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް އެކުލަވާލާފައިވާ އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނަށް މިއަދު ޢަމަލުކުރަން ފަށައިފިއެވެ.
01 Oct 2026
ދެވަނަ ޙިއްޞާގެ ބާޒާރަށް ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރާއްޖޭގައި ދެވަނަ ޙިއްޞާގެ ބާޒާރެއް ޤާއިމުކުރުމަށް ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ "ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް" ރައީސް ޑޮކްޓަރ މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
01 Oct 2026
އިސްރާއީލުން ފަތުރާ ދޮގުތަކާއި ފަހަތުގައިވާ ސިޔާސީ މަކަރުވެރި ހަގީގަތް
މި ހާދިސާގެ އެއްވެސް ރަސްމީ ތަހުގީގެއް ނުނިމެނީސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވަނީ މިއީ "ޖިހާދީ ޓެރަރިސްޓް ހަމަލާއެއް" ކަމަށާއި އީރާނުގެ އަތެއް ވޭތޯ ބަލާނެ ކަމަށް ބުނެ ވާހަކަ ދައްކަން ފަށާފައެވެ. އަދި ހަމަލާދިން ޕައިލެޓަކީ އޮމާން މީހެއް ކަމަށާއި އޭނާ "الله އަކްބަރު" ގޮވި ކަމަށް ބުނެ ދޮގު ވާހަކަތައް އިސްރާއީލުގެ އޮފިޝަލުން މީޑިއާއަށް ދޫކޮށްލިއެވެ.