19 Feb 2023
ރައީސް ޞާލިހުގެ އަރިސް ބޭފުޅުން، ގާސިމްގެ އަރިހަށް
ރައީސުލްޖުމްހޫޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ އަރިސް ބޭފުޅުންގެ ވަފުދެއް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްއާ ބައްދަލުކުރައްވައިފިއެވެ.
19 Feb 2023
ވޯޓު ލުމެއް ނެތި ޖޭޕީގެ ލީޑަރު ކަމަށް ޤާސިމް ހޮވިއްޖެ
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގެ އިތުރު ދައުރަކަށް މިހާރުވެސް އެ މަގާމުގައި ހުންްނެވި ގާސިމް އިބްރާހިމް، ވޯޓެއް ނެތި އިންތިހާބު ވެއްޖެ އެވެ.
18 Feb 2023
ޖޭޕީގެ ޑެޕިޔުޓީ ލީޑަރުގެ މަޤާމަށް ޓްރާންސްޕޯޓް މިނިސްޓަރ ކުރިމަތި ލައިފި
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިޔުޓީ ލީޑާރުގެ މަޤާމަށް ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ކުރިމަތި ލައްވާފިއެވެ.
18 Feb 2023
ޖޭޕީ ގެ ލީޑަރު ކަމަށް ޤާސިމް ކުރިމަތިލައްވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް އެޕާޓީގެ ލީޑަރުގެ މަޤާމުގައި ހުންނެވި ޤާސިމް އިބްރާހިމް ކުރިމަތިލައްވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސް މިމަހުގެ 24 އަދި 25 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ތާރީޚަށް މިހާރު އެޕާޓީގެ އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަޤާމުގެ މުއްދަތު ހަމަވާނެއެވެ. ޤާސިމް ޖޭޕީގެ ލީޑަރު ކަމަށް ކުރިމަތި ލެއްވިއިރު އެމަނިކުފާނު މީގެ ދުވަސްކޮޅެއް ކުރިން ވަނީ ޕާޓީގެ ލީޑަރުގެ މަގާމާއި ހަތަރު ޑެޕިއުޓީ ލީޑަރުންގެ މަގާމު އުވާލަން ހުށައަޅުއްވާފައެވެ.
16 Feb 2023
އިމިގްރޭޝަން ކޮންޓްރޯލާވެސް ޑެޕިޔުޓީ ލީޑަރުންގެ ރޭހަށް
އިމިގްރޭޝަން ކޮންޓްރޯލަރ މަޤާމުގައި ހުންނެވި މުހައްމަދު އަހްމަދު ހުސެއިން ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރުގެ މަޤާމަށް ނަންހުށައަޅުއްވައިފިއެވެ.
14 Feb 2023
"މަޑުން ތިބެފައި ޖޭޕީ އިން ބަސް ބުނާނީ ވަގުތު ޖެހުނީމަ"
އަބަދު މަގުމަތީގައި ސިޔާސީ ހަރަކާތްތައް ނުހިންގި ނަމަވެސް ވަގުތު ޖެހުމުން ޖުމްހޫރީ ޕާޓީއިން ބަސް ބުނަމުން ގެންދާނެކަމަށް އެޕާޓީގެ އެޑްވައިޒަރު އަދި މަޖިލީހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
14 Feb 2023
"ރިޔާސީ އިންތިޚާބުގައި ޤާސިމް ވާދަކުރައްވާނެކަން ނިންމާނީ ކޮންގްރެސްއަށްފަހު"
މިއަަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއިން ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ކުރިއަށް އޮތް އެޕާޓީގެ ކޮންގަރެސްއަށް ފަހު އެކުލަވާލާ ކައުންސިލުންކަމަށް ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
13 Feb 2023
"ގާނޫނު އަސާސީއާއި ޚިލާފު އެއްވެސް ޤަވާއިދަކަށް އަމަލުކުރާކަށް ނުޖެހޭނެ"
ޤާނޫނު އަސާސީއާއި ޚިލާފަށް އެކުލަވާލާ އެއްވެސް ޤަވާއިދަކަށް ބޯލަނބަން ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.