24 Feb 2023
ޖޭޕީގެ ގައުމީ ކޮންފަރެންސްގެ ޗެއާ އަކަށް ޝައުގީ، ނައިބަކަށް ރިޔާޒު!
ޖުމްހޫރީ ޕާޓީއިން މިއަދާއި މާދަން ކުރިއަށް ގެންދާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ޗެއާމަނަކަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޑރ މަޚުމޫދު ޝައުގީ އައްޔަންކޮށްފި އެވެ.
24 Feb 2023
ޖޭޕީގެ އަސާސީ ގަވައިދަށް ހުށައެޅި 3 އިސްލާހު ފާސްކޮށްފި
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް ގެނައުމަށް އެޕާޓީގެ 148 ވަނަ ކައުންސިލް ބައްދަލުވުމުގައި ހުށައެޅި ތިން އިސްލާހު، މިހާރު ކުރިއަށްދާ އެޕާޓީގެ ގައުމީ ކޮންފަރެންސް ތެރެއިން ފާސްކޮށްފި އެވެ.
24 Feb 2023
"ސިޔާސީ މަޝްރަހުގައި އެކި ބޭފުޅުންގެ ފަރާތުން އަނިޔާވެރިކަން ކުރިމަތިވި"
ވޭތުވެދިޔަ ދުވަސްތަކުގައި ސިޔާސީ މަޝްރަހުގައި އެކިއެކި ބޭފުޅުންގެ ފަރާތުން އަނިޔާވެރިކަން ކުރިމަތިވި ނަމަވެސް، އެބޭފުޅުންނާ ދޭތެރޭ އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
24 Feb 2023
"ޖޭޕީ އަކީ ފުރުސަތުން ފުރިގެންވާ ޕާޓީއެއް، ގުޅިވަޑައިގަންނަވާ"
ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް ފައްޓަވާދެއްވާ ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ދޮރު ހުރީ ޕާޓީއާއި ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ހަމަ ކޮންމެ ބޭފުޅަކަށްވެސް ހުޅުވިފައި ކަމަށެވެ.
24 Feb 2023
ސަރުކާރު އެކުލަވާލަންވީމާ ޖޭޕީ ވަރެއް ނޯވޭ: ގާސިމް
ރިޔާސީ އިންތިޚާބު ތަކާއި ދިމާކޮށް ޖޭޕީ ވަރެއް ނޯންނަ ކަމަށާ، އެހެން ނަމަވެސް، އިންތިޚާބު ކާމިޔާބު ވުމުން، ސަރުކާރަށް ލިބޭ ކާމިޔާބީ ތަކުގައި ޖޭޕީގެ ހިއްސާއެއް އޮންނަ ކަމަށް ނުވާކަމަށާ، އެކަންކަން ގިނަ ފަހަރަށް ވަމުންދަނީ "ކަނދި ކަމަނާގެ މަސްތެލުލުމަށް" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
24 Feb 2023
ރައީސް ނަޝީދު ޖޭޕީގެ ކޮންގްރެސް ގައި
ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް މިއަދު ފެށިގެން ގޮސްފައިވާއިރު، ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންފިއެވެ.
23 Feb 2023
ރިޔާސީ އިންތިޚާބަށް ގޮތް ނިންމާ ބައްދަލުވުނ ޖޭޕީން މާދަން ފަށަނީ!
900 އަށްވުރެ ގިނަ މަންދޫބުންނާއެކު ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް މާދަން ފަށާނެކަން އިއުލާނުކޮށްފި އެވެ.
23 Feb 2023
"ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިޚާބުގައި ގޮތް ނިންމާ ޕާޓީ"
ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިޚާބުތަކުގައި ގޮތް ނިންމާ ޕާޓީކަމަށް ގިނަ ބަޔަކު ގަބޫލު ކުރާކަމަށް ޖޭޕީގެ އެޑްވައިޒަރު އަދި މަޖިލީހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.