ރައްޔިތުންގެ މަޖިލިސް
15 Mar 2023
"ޖަލުން ސަލާމަތްވާން ވެގެން ނަޝީދު އަދީބާއެކު ވަގު ޑީލު ހެދި"
ޖަލުން މިނިވަންވެ ވަޑައިގަންނަވަން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ނެންގެވުމަށް އަހުމަދު އަދީބާއެކު ރައީސް މުހައްމަދު ނަޝީދު ޑީލު ހެއްދެވިކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ތުހުމަތުކުރައްވައިފި އެވެ.
14 Mar 2023
މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ގުޅޭ ބިލް މަޖިލީހަށް ބަލައިގެންފި
މަސަކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިހުމާލުވާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ދިނުމާއި އިންސްޕެކްޓަރުންނަށް މަސައްކަތް ކުރާ ސައިޓުތައް ބަލާ ފާސް ކުރުމަށް ކޯޓު އަމުރަށް އެދެވޭ ގޮތަށް ސަރުކާރުން ހުށައެޅި މި ބިލް ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށައެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު ޢަބްޑުﷲ އެވެ.
14 Mar 2023
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ތިން ޕާޓީއެއްގެ ކެންޑިޑޭޓުން
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދާ ދާއިރާ އަށް ތިން ޕާޓީއަކުން ވާދަކުރާ ކަމަށާ، އެ ދާއިރާގެ ގޮނޑިއަށް ވާދަކުރާ މެމްބަރުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބު ކުރުމަށް ގުރު ނެގުން މާދަމާ އޮންނާނެ ކަމަށާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
14 Mar 2023
"ޤާނޫނު ހަދަން އުޅޭގޮތުން 200 ސްޓާފުން ނެތް ނޫސްތަކަށް އިންތިޚާބު ކަވަރެއް ނުކުރެވޭނެ"
އާންމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން އިންތިޚާބުތައް ކަވަރުކުރުމަށް ނޫސްވެރިންނަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާނެ ކަމަށް މަޖިލީހުގެ ތުުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމު ވިދާޅުވެއްޖެ އެވެ.
14 Mar 2023
"އިންޓަނެޓު ރާއްޖޭގައި މިއޮތީ ގަންނާނެހާ ގަނޑެއް ގަނެވޭ ގޮތަށް"
ދިވެހިރާއްޖޭގައި އިންޓްނެޓު އޮތީ އިމެއްނެތި އެމީހަކު ބޭނުންގޮތަކަށް ބޭނުން ކުރުމަށް ހުޅުވާލެވިފައިކަމަށް މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.
14 Mar 2023
"ޔާމިނަށް ހުކުންކުރި ފަނޑިޔާރާއެކު ހެދި ޑީލު ތަންފީޒުކޮށް ނިންމައިފި"
ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ފަނޑިޔާރާއެކު ހެދި ޑީލު ސަރުކާރުން ތަންފީޒުކޮށް ނިންމާފައިވާކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
14 Mar 2023
"ބީއެމްއެލްއަށް ފާޑުކިޔުމަކީ އިޤްތިޞާދު ފުނޑޭނެ ނުރައްކާތެރި ކަމެއް"
ދިވެހި ރައްޔިތުންގެ ބޭންކު (ބޭންކް އޮފް މޯލްޑިވްސް) އަށް ފާޑުކިޔުމަކީ ރާއްޖޭގެ އިޤްތިޞާދު ފުނޑޭނެވަރުގެ ނުރައްކާތެރި ކަމެއްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
14 Mar 2023
"ބީއެމްއެލް ގެ ބައެއް ވައްކަންތަކާއި ސައިބާ ކްރައިމްއާއި ގުޅުން އެބަހުރި"
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ވައްކަންތަކާއި ސައިބާ ކްރިމްއާއި ގުޅުން އޮތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.