18 Oct 2022
ވޯލްޑް ކަޕް ބޮޑުއަގުގައި މީޑީއާނެޓަށް: "ބްރޯޑްކޮމް ކޮންޓްރޯލް ކުރަނީ ފައްޔާޒްކަން އެނގޭ"
ބްރޯޑްކާސްޓް ކޮމިޝަން ކޮންޓްރޯލް ކުރަނީ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ތުހުމަތު ކުރައްވައިފިއެވެ. ތޯރިގު މިފަދައިން ވިދާޅުވެފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅި ގަރާރަށް ވާހަކަދައްކަވަމުންނެވެ. އެ ގަރާރަކީ ތަފާތުކުރުމެއް ނެތި ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށާއި ރީބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން ހަލާކުކޮށްލަން ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރެކެވެ.
18 Oct 2022
"ރައްޔިތުންނަށް ހެޔޮ އަގުގައި ޓީވީ ބެލުމުގެ ފުރުސަތު ގެއްލުވައި ނުލާ"
ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް މޮނޮޕޮލައިޒްކޮށް، ރައްޔިތުންނަށް ހެޔޮ އަގުގައި ޓީވީ ބަލާލުމުގެ ފުރުޞަތު ގެއްލުވާލަން މަސައްކަތް ނުކުރުމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ބްރޯޑްކޮމް ކޮމިޝަނަށް ގޮވާލައްވައިފިއެވެ.
18 Oct 2022
"ރަބަރު ސްޓޭމްޕު ޖަހާ އުސޫލުން ޓެކްސް ބިލް ފާސްކޮށްގެން ނުވާނެ"
ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ހުށައަޅާފައިވާ ބިލު މަޖިލީހުން ރަބަރު ސްޓޭމްޕު ޖަހާ އުސޫލުން ފާސްކޮށްގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
18 Oct 2022
ހައްޖު ކޯޕަރޭޝަނުން ހާޖީންނަށް ކޮފީ އާއި ޕެނެޑޯލް ވިއްކައިފި!
1443 ވަނަ އަހަރުގެ ހައްޖުގައި ހައްޖު ކޯޕަރޭޝަނުން ހާޖީންނަށް ކޮފީ އާއި ޕެނަޑޯލް ވިއްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
17 Oct 2022
ހިސާންގެ ތާއީދު ނެތި ޖޭއެސްސީގެ ގާނޫނުގެ އިސްލާހު ފާސްކޮށްފި!
ފަނޑިޔާރުންގެ މައްސަލަތައް ބަލާ އިޖުރާއަތުތަކަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކަށް ހިސާން ތާއީދު ނުކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި އެކު އެ ބިލް މިއަދު ފާސް ކޮށްފި އެވެ.
17 Oct 2022
މަސްދަރު ހާމަކުރުން ހައިކޯޓަށް ލާޒިމް ކުރެވޭ އިސްލާހެއް!
މަސްދަރު ހާމަކުރަން ލާޒިމު ކުރެވޭނީ ހައިކޯޓަށްކަމަށް ބަޔާންކޮށް ހެއްކާއި ބެހޭ ގާނޫނަށް އިސްލާހެއް ހުށައަޅައިފިއެވެ.
17 Oct 2022
ޚިޔާނާތުން ގެއްލުނު އެންމެ ރުފިޔާއެއްވެސް އަދި ނުހޯދޭކަން ހާމަވެއްޖެ
ވައްކަމާއި ކޮރަޕްޝަންގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާަގެ ތެރެއިން މިހާތަނަށް އެންމެ ރުފިޔާއެއްވެސް ހޯދިފައި ނުވާކަން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރުގެ ވާހަކަފުޅުން ހާމަވެއްޖެއެވެ.
17 Oct 2022
ދިރާސާނުކޮށް ސަރުކާރުން ބިލު ފޮނުވާތީ އިމްތިޔާޒު ފާޑުވިދާޅުވެއްޖެ!
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށައަޅާއިރު، ދިރާސާނުކޮށް ބިލުތައް ފަރުމާކުރަމުންދާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ފާޑުވިދާޅުވެއްޖެއެވެ.