ރައްޔިތުންގެ މަޖިލިސް
05 Jun 2024
19 ވަނަ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް، އައު މަޖިލީހުން ރުހުން ދީފި
19 ވަނަ މަޖިލީހުން ރުހުން ނުދެއްވި ތިން ވަޒީރުންނަށް، ވިހި ވަނަ މަޖިލީހުގެ ކޮމިޓީއިން ރުހުން ދެއްވައިފިއެވެ. މިރޭ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ތިން ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފައިވަނީ ކޮމެޓީ އަށް ހާޒިރުވެ ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.
04 Jun 2024
ފަރުމާކުރަން ޢިއުލާންކުރި ސުވެނިއަރތަކަކީ މެންބަރުންގެ ބޭނުމަށް ހަދާ ތަކެއްޗެއް ނޫން: މަޖިލިސް
މިއަދު މީޑިއާއެއްގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކަށް ރައްދުދީ މަޖިލިސް އިދާރާއިން ބުނެފައިވަނީ، ސުވެނިއަރ ތަކަކީ، ސުވެނިއަރ ޝޮޕަށް ޒިޔާރާތްކުރާ ޢާންމުންގެ ތެރެއިން އެތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ގަތުމަށް ބަހައްޓާފައި ހުންނަ ތަކެތި ކަމަށެވެ.
04 Jun 2024
ބިލު ބޭރުކުރިޔަސް ގޯތި ލިބުމަކަށް ހުރަހެއް ނެތް: ޕީއެންސީ
ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ފަރާތްތަކާއި ގޯތި ހަވާލުކުރަންޖެހޭ ކަމަށް ބުނެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބޭރު ކުރީ އެ ބިލުގައި ވަކި ކަމަކަށް ޓާގެޓް ކޮށްފައި އޮތުމުން ކަމަށާއި، މި ކަމުގެ ސަބަބުން ގޯތި ލިބުމަށް ހުރަހެއް ނޭޅޭނެކަމަށް ޕީއެންސީ އިން ބުނެފިއެވެ.
04 Jun 2024
ނިސްބަތްވާ ރަށަކަށް ބެލުމުގެ ބަދަލުގައި، ގޯތި ލިބެންޖެހޭ: ހުސްނީ
ނިސްބަތްވާ ވަކި ރަށަކަށް އިސްކަން ދިނުމުގެ ބަދަލުގައި، ބަންޑާރަ ގޯތި ނެތް ކޮންމެ ދިވެއްސަކަށް ގޯތި ލިބެންޖެހޭ ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވެއްޖެއެވެ.
04 Jun 2024
ތިން މަސްތެރޭ ގޯތި ހަވާލުކުރަން ލާޒިމުކުރާ ބިލު މަޖިލީހުން ބޭރުކޮށްލައިފި
ސަރުކާރުން ރައްޔިތުންނަށް ދޫކުރާ ގޯތިތައް ގޯތި ދޫކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް އިދިކޮޅު އެމްޑީޕީން، ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
04 Jun 2024
އިހްސާސްތައް ދަންނަކަމަށްބުނެ ކުރީ ސަރުކާރުން ހިންގާފައި ވަނީ ޖަރިމާއެއް
ރައްޔިތުންގެ އިހްސާސްތައް ދަންނަ ކަމަށްބުނެ، ކަނޑާއި ފަޅުން ގޯތި ދީގެން ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެއެވެ.
04 Jun 2024
ބިމާއި ބެހޭ ގާނުނު ފާސްކޮށްފައި އޮތީ، ކަނޑުފަޅުން ގޯތި ދިން އުސޫލުން
ނިމިދިޔަ، އެމްޑީޕީ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން، ބިމާއި ބެހޭ ގާނޫނު ފާސްކޮށްފައި އޮތީ، އެމްޑީޕީ ސަރުކާރުގައި ރައްޔިތުންނަށް ކަނޑު ފަޅުން ގޯތި ދިން އުސޫލުން ކަމަށް ހެންވޭރު ދެކުނު ދާއުރާގެ މެންބަރު ހުސައިން އިމްރާން ލަތީފް (އިއްމު) ވިދާޅުވެއްޖެއެވެ.
04 Jun 2024
މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަސް މެންބަރުން ކަނޑައަޅައިފި!
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި، ރައީސް އާއި ނާއިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުން ކަނޑައަޅައި، މިއަދު ނަންތައް ތަރުތީބުކޮށްފިއެވެ.