މުހައްމަދު އިސްމާއިލް
13 Feb 2024
ގިނަ ބައެއްގެ ތާއީދާއިއެކު މުހައްމަދު އިސްމާއީލް ގެ ކެންޑިޑެސީ ފޯމު ހުށައަޅައިފި
ގިނަ ބައެއްގެ ތާއީދާއިއެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރުމަށް މުހައްމަދު އިސްމާއީލް ގެ ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަން (އީސީ) އާއި ހަވާލުކޮށްފިއެވެ.
30 Jan 2024
ރައީސްގެ ވެރިކަން ބަލިކަށި ކުރުން ހިލަފަރުބަދަ ކެޑުން ފަދަ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމާއި ތޮޅެ، ވެރިކަން ބަލިކަށި ކުރަން މަސައްކަތް ކުރުމަކީ ހިލަ ފަރުބަދައެއް ކެނޑުން ފަދަ ކަމެއް ކަމަށް، ޕީޕީއެމް/ޕީއެންސީގެ ހަރަކާތު ކޮމިޓީގެ ޗެއާރ މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
28 Jan 2024
ވިލިމާލެ ދާޢިރާއަށް ސަރުކާރުގެ ޓިކެޓް މުހައްމަދު އިސްމާޢިލް ކަށަވަރު ކުރައްވައިފި
މި އަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރެއްވުމަށް ސަރުކާރުގެ ޓިކެޓް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ކަށަވަރު ކުރައްވައިފިއެވެ.
17 Dec 2023
ރައީސް މުޢިއްޒާ ވެރިކަން ހަވާލު ކުރީ މަޖިލީހަކުން ނޫން
ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް، އެމްޑީޕީ މެންބަރުންގެ ވޯޓުން އެކަނިވެސް މަޖިލީހުގެ ތެރެއިން ވަކި ކުރެވޭ ގޮތަށް އެޕާޓީން ހުށަހެޅި އިސްލާހާއި ދެކޮޅަށް، މަޖިލިސް ކުރާގޭ ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ކުރަންޖެހޭ ކަމަށް ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާރ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
26 Oct 2023
"މުޢިއްޒަށް ޖެއްސުން ކުރާނެކަން އެމްޑީޕީން އިއުލާން ކޮށްފި"
ހުވާ ކުރުމުގެ ރަސްމިއްޔާތުން ފެށިގެން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ޖެއްސުން ކުރާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ އޮތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ, އެމްޑީޕީން އިއުލާން ކޮށްފައިވާ ކަމަށް ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާ އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
24 Oct 2023
މުޢިއްޒުގެ ވެރިކަމާ ތޮޅޭ ބަޔަކާ ދެކޮޅަށް ނުކުންނާނަން"
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމާއި ތޮޅެން ނުކުންނަ ބަޔަކާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވާނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
22 Oct 2023
ޢިމްރާން އަށް ހުރިހާ އެއްޗަކީވެސް ފައިސާއާއި މަގާމު: މުހައްމަދު
ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله އަށް ހުރިހާވެސް އެއްޗަކީ ފައިސާ އާއި މަގާމު ކަމަށް ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާ، އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
07 Oct 2023
އިންތިޚާބުގައި ލިބުނު ކާމިޔާބީ ވިލިމާލޭ ދާއިރާގެ ޕީޕީއެމް ސްޓިއަރިން ކޮމެޓީން ފާހަގަކޮށްފި!
ރިޔާސީ އިންތިޚާބު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ކާމިޔާބުކޮށް ޑރ މުހައްމަދު މުއިއްޒު އިންތިޚާބުވުމާއި ގުޅިގެން ޕީޕީއެމް ވިލިމާލެ ދާއިރާގެ ސްޓިއަރިން ކޮމެޓީއާއި އާންމު ރައްޔިތުން ގުޅިގެން އުފާ ފާޅުކުރުމަށް ބޮޑު ކެއުމެއް ބާއްވައިފި އެވެ.